އައިސީސީއާރު ގެ ސްކޮލަރޝިޕްތަަކަށް ކުރިމަތިލުމަށް ހުޅުވާލައިފި
އިންޑިއަން ކައުންސިލް ފޯ ކަލްޗަރަލް ރިލޭޝަންސް (އައިސީސީއާރު) އިން ރާއްޖެއަށް ދިން 17 ސްކޮލަރޝިޕްއަކަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.
މި ސްކޮލަރިޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައި ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވަނީ އިއުލާންކޮށްފައެވެ.
އޭގެ ތެރޭގައި 8 ބެޗްލާސް ޑިގްރީގެ ފުރުސަތާއި އަދި 9 މާސްޓާސް ޑިގްރީގެ ފުރުސަތު ހިމެނެއެވެ.
އެ ފުރުސަތުތަކުގެ ދަށުން މެޑިކަލް އަދި ފެޝަން ދާއިރާ ފިޔަވައި އެހެން ދާއިރާތައް ފިޔަވައި އެހެން ދާއިރާތަކުގެ ކޯސްތަކަށް ކުރިމަތިލެވޭނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެ ސްކޮލަރޝިޕްގެ ދަށުން އެޑްމިޝަން ލިބޭ ފަރާތްތައް ހުންނަން ޖެހެނީ ޔުނިވަރސިޓީގެ ހޮސްޓެލްގައި ކަމަށެވެ.
އެ ކޯސްތަކަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މާޗް މަހުގެ 14 ވަނަ ދުވަހުގެ 14:00 ގެ ކުރިން އެޕްލިކޭޝަންއާއި އެހެނިހެން ލިޔެކިޔުންތައް މިނިސްޓްރީގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް ހުށަހަޅަން ޖެހޭނެ ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް