ކޮފްސީ ސިރަޕް އިމްޕޯޓްކޮށް ވިއްކުމުގެ ހުއްދަ ދީފި
ކެއްސާތީދޭ ބޭހެއް ކަމަށްވާ ކޮފްސީ ސިރަޕު އިމްޕޯޓް ކުރުމާއި، ވިއްކުމާއި ބޭނުން ކުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން ދީފިއެވެ.
މީގެ ކުރިން އެމްއެފްޑީއޭއިން ނެރުނު އިއުލާނެއްގައި، އިންޑިޔާގެ އެމްއެމްސީ ހެލްތުކެއަރގެ ކޮފްސީ ސިރަޕުން ކުޑި ކޮޅުތަކެއް ހުންނަކަން ފާހަގަވެފައިވާތީ، މި މައްސަލަ އޮތޯރިޓީން ބެލުމަށްފަހު ވަކި ގޮތެއް އަންގަންދެން މި ބޭސް ރާއްޖެ އެތެރެކުރުމާއި ވިއްކުމާއި ބޭނުންކުރުމަކީ މަނާ ކަމެއް ކަން ވަނީ ހާމަކޮށްފައެވެ.
އެހެންނަމަވެސް، މިއަދު އެމްއެފްޑީއޭއިން ނެރުނު އެލާޓްގައި ބުނީ، މި ބޭހުގެ މާކެޓުން ލިބެން ހުރި ބެޗްތަކުގެ ސާމްޕަލް ނަގައި އިތުރަށް ޓެސްޓްކޮށް ބަލަން ޖެހޭ ބެލުންތައް ބެލުމަށްފަހު ބޭހުގައި މައްސަލައެއް ނެތްކަން ފާހަގަވެފައިވާ ކަމަށެވެ.
އެހެންކަމުން، އެމްއެފްޑީއޭއިން ވަނީ މިއަދުން ފެށިގެން، ކުރިއެކޭ އެއްގޮތަށް މި ބޭސް އިމްޕޯޓްކުރުމާއި، ވިއްކުމާއި، ބޭނުންކުރުމުގެ ހުއްދަ ދީފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް