މިއޮތީ ފަސޭހައިން ހަދާލެވޭ ރޯސްޕާނުގެ ރެސިޕީ
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ރޯސް ޕާނަކީ ހަދާލަން މާ ގިނަ ވަގުތެއް ނުނަގާ ވަރަށް މީރު ފޮނި ބާވަތެކެވެ. މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ މީރުކޮށް ރޯސްޕާން ހަދާނެ ގޮތެވެ.
ބޭނުންވާ ތަކެތި:
10 ބިސް
1 ޕާން ( ކައިރި ނަގައި، މެދުން ފަޅާފައި )
1 ދަޅު ގެރިކިރު
ބަޓަރ
ތައްޔާރުކުރާނެ ގޮތް
1) ބިހާއި، ގެރިކިރު އެއްކޮށްލައި ރަނގަޅަށް ގިރާލާށެވެ.
2) ޕާން ފޮތިތައް ފަހަރަކު ތިން ފޮތި ވަރު ގެރިކިރު-ބިސް މިކްސްޗަރ އަށް ލައި ރަނގަޅަށް ފޯ ކޮށްލާށެވެ.
3) ދެން ތަވާ ރަނގަޅަށް ހޫނު ކޮށްލުމަށް ފަހު ކުޑަ ބަޓަރ ކޮޅެއް އުނގުޅާލުމަށްފަހު، ތައްޔާރުކުރި ޕާން ތަވައަށް އަޅާލާށެވެ. އަދި ދެފަރާތް ރަނގަޅަށް ފިހެލާށެވެ. ގިނި ބަހައްޓަންވާނީ ވަރަށް މަޑު ކޮށެވެ.
4) ހުރިހާ ޕާން ފޮތިތައް މިގޮތަށް ފިހެ ނިންމާލާށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް