ދީނަށް އިހާނެތިކޮށް ހިތި ކޮންމެ ވެރިއެއްގެ ނިމުން އައީ ހިތިކޮށް- އުމަރު ނަސީރު
ރާއްޖޭގައި އިސްލާމްދޫނަށް އިހާނެތިކޮށް ހިތި ކޮންމެ ވެރިއެއްގެ ނިމުން އައިސްފައިވަނީ ހިތިކޮށް ކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އޭނާގެ ފޭސްބުކު ޕޭޖުގައި އުމަރު ނަސީރު ވިދާޅުވެފައިވަނީ ރާއްޖޭގައި އިސްލާމް ދީނުގެ ބެލެނިވެރި ފަރާތަކީ ދިވެހި ދައުލަތްކަމަށެވެ. އަދި ދައުލަތުގެ އެންމެ އިސްވެރިއާ އިސްލާމްދީން ހިމާޔަތްކުރައްވާނެ ކަމަށް ހަމައެކަނި ވިދާޅުވުމަކުން ނުފުދޭކަމަށް އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ ރާއްޖޭގައި ތިބި ލާދީނީ މީހުންގެ ތެރެއިން އިސްލާމްދީނަށާއި ކީރިތި ރަސޫކާއަށް ފުރައްސާރަކުރާ ފަރާތްތަކާއި އެއްޖިއްސުން ގުޅުން ހިންގަން ހިތްވަރުދޭވޭ ފަރާތްތަލަށް ޖަލު ހުކުމް އަންނަންޖެހޭނެ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
އުމަރު މިފަދައިން ވިދާޅުވެފައިވާއިރު ސަރުކާރަށް ތާއީދުކުރާ ބައެއް ފަރާތްތަކަށް އިސްލާމްދީނާއި އިދިކޮޅަށް ޚިޔާލުތަށް ފާޅުކުރަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް