ހަވާ އެރުވުމުގެ ފޯރިގަދަ ހަރަކާތެއް މިރޭ މާލޭގައި!
ހަވާއެރުވުމުގެ ފޯރިގަދަ ހަރަކާތެއް މިރޭ މާލޭގައި ބޭއްވުމަށް ނިންމައިފިއެވެ.
ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ މި ހަވާއެރުވުމުގެ ހަރަކާތް އޮންނާނީ މިރޭ މިރޭ 20:30 އާއި 21:00 އާއި ދެމެދުގައެވެ.
ހަވާއެރުވުމުގެ ކަންކަން ކުރިއަށްދާނީ ދެ ނަންބަރު ޖެޓީ ކައިރިންނެވެ.
މި ހަރަކާތް ބާއްވަނީ ފަރުކޮޅުފުށީގައި ބޭއްވުމަށް ހަމަޖެހިފައިވާ ޓުއަރިޒަމް އިންޑަސްޓްރީ ޖޮބާ ފެއާ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިންނެވެ.
އެ ރަސްމިއްޔާތުގައި ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދުގެ އިތުރުން، އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލް ބައިވެރިވެޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. އެ ދެބޭފުޅުން އެ ރަސްމިއްޔާތުގައި ވާހަކަދެއްކުމަށްފަހު ރަސްމިއްޔާތު ނިންމާލުމަށް ހަމަޖެހިފައިވަނީ ހަވާ އެރުވުމުގެ ހަަރަކާތުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް