ހަފްތާއެއްގެ ތެރޭގައި އަދާލަތާއި އެމްޑީޕީން އެއްބަސްވުމަކަށް ދަނީ
ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އަދާލަތު ޕާޓީއާއި އެމްޑީޕީން އެއްބަސްވުމަކާއި ހިސާބަށް ދެވޭނެކަމަށް އެމްޑީޕީން ބުނެފިއެވެ.
އެޕާޓީގެ ފަރާތުން މިހެން ބުނެފައިވަނީ އެމްޑީޕީގެ މަޖިލިސް ކެމްޕޭނުގެ ސްޕޯކްސްޕާސަން އަފްޝަން ލަތީފް، މިއަދު އޮތް ނޫސްވެެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އަފްޝަން ވިދާޅުވީ އަދާލަތު ޕާޓީ އާއި އެކު މަޝްވަރާ ކުރެވުމުންދާކަމަށާއި ކުރިއަށް އޮތް ހަފްތާ ތެރޭގައި އެއްބަސްވުމާއި ހަމައަށް ދެވޭނެކަމަށެވެ.
އަފްޝަން އިތުރަށް އަދާލަތު ޕާޓީ އާއި އެކު މަސައްކަތް ކުރަން އެމްޑީޕީއަށް ވަރަށް ފަސޭހަކަމަށާއި އެމްޑީީޕީ ފަދައިން އެޕާޓީއަކީ ތަރުތީބުކުރެވިގެން ހިނގާ ޕާޓީއެއްކަމަށްވެސް ވިދާޅުވިއެވެ.
މަޖްލިސް މެޖޯރިޓީ އެމްޑީޕީން ހޯދުމަށް ކުރަމުންދާ މަސައްކަތުގައި އަދާލަތު ޕާޓީއަކީ މުހިއްމު ބައިވެރިއެއްކަމަށް ވެސް އަފްޝަން ވަނީ މިއަދު ފާހަގަކުރައްވާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް