މޯލްޑިވިއަން ފްލައިޓެއް
މޯލްޑިވިއަން ފްލައިޓެއް
ވިޔަފާރި 25 Sep 2025 | 12:20

މޯލްޑިވިއަންގެ ދެކުނު ކޮރެއާ އޮޕަރޭޝަންތަކަށް ޖެނެރަލް ސޭލްސް އޭޖެންޓަކު ހޯދަނީ

އަބްދުﷲ ހުސައިން

ލިޔުންތެރިޔާ

އަބްދުﷲ ހުސައިން

އައިލެންޑް އޭވިއޭޝަނުން މޯލްޑިވިއަންގެ ދެކުނު ކޮރެއާ ދަތުރުތަކަށް ޖެނެރަލް ސޭލްސް އޭޖެންޓަކު ހޯދުމަށް އިއުލާނުކޮށްފިއެވެ.

މިކަމާ ގުޅިގެން އައިލެންޑް އޭވިއޭޝަނުން ގެޒެޓްގައި ކުރި އިއުލާނެއްގައި ބުނެފައިވަނީ، މޯލްޑިވިއަން A330-200 ބޯޓު ދެކުނު ކޮރެއާއަށް ކުރުމަށް ހަމަޖެހިފައިވާ ދަތުރުތަކަށް ޖެނެެރަލް ސޭލްސް އޭޖެންޓަކު ބޭނުންވާތީވެ، އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާކަމަށެވެ.

އައިލެންޑް އޭވިއޭޝަނުން ބުނީ ޝައުގުވެރިވާ ކުންފުނިތަކުން މިހިނގާ ސެޕްޓެމްބަރުމަހުގެ 30 ވަނަ ދުވަސް ނިމުމުގެ ކުރިން އެކަމަށް އެދި ހުށަހެޅޭނޭކަމަށެވެ. މޯލްޑިވިއަނުން ދެކުނު ކޮރެއާއަށް ދަތުރުތައް ފެށުމަށް ނިންމާފައިވަނީ 2026 ވަނަ އަހަރެވެ. ކޮރެއާއަށް ފެށުމަށް ހަމަޖެހިފައިވަނީ ސީދާ ދަތުރުތަކެވެ.

އެއްބަސްވުން ހަވާލުކުރުމަށް އަންނަ އޮކްޓޯބަރުމަހުގެ 31 ވަނަ ދުވަސް ތާވަލްކޮށްފައިވާއިރު، ނޮވެމްބަރުމަހުގެ 6 ވަނަ ދުވަހު އެއްބަސްވުމުގައި ސޮއިކުރެވޭނޭކަމަށް އައިލެންޑް އޭވިއޭޝަނުން ވަނީ ކަނޑައަޅާފައެވެ.

ޖެނެރަލް ސޭލްސް އޭޖެންޓުގެ ޒިންމާތަކުގެ ތެރޭގައި ކޮރެއާ މާކެޓްގައި މޯލްޑިވިއަން އިސްތިހާރުކުރުމާއި މާކެޓިން ހަރަކާތްތަކާއި އެނޫންވެސް ދަތުރުތައް އިސްތިހާރުކުރުމުގެ ކަންކަން ހިމެނެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް