ނ.ކުޑަފަރީގައި އޭޓީއެމްގެ ހިދުމަތް ފެށުމުގެ ތެރެއިން... ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ
ނ.ކުޑަފަރީގައި އޭޓީއެމްގެ ހިދުމަތް ފެށުމުގެ ތެރެއިން... ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ
ވިޔަފާރި 15 May 2025 | 08:51

ރަށްރަށުގެ އޭޓީއެމްތަކުން ކުރި މުއާމަލާތް 1.3 ބިލިއަން ރުފިޔާގައި!

އަބްދުﷲ ހުސައިން

ލިޔުންތެރިޔާ

އަބްދުﷲ ހުސައިން

އަތޮޅުތެރޭގައި ޤާއިމްކޮށްފައިވާ އޭޓީއެމްތަކުން މިއަހަރުގެ ފުރަތަމަ 4 މަސްދުވަހުގެ ތެރޭގައި 1.3 ބިލިއަން ރުފިޔާގެ މުއާަމަލާތް ކޮށްފައިވާކަމަށް ބޭންކް އޮފް މޯލްޑިވްސްއިން ހާމަކޮށްފިއެވެ.

ބީއެމްއެލްއިން މިއަދު ވަނީ ނ.އަތޮޅުގެ ބައެއް ރަށްތަކުގައި އޭޓީއެމްގެ ހިދުމަތް ދޭން ފަށާފައެވެ. މިގޮތުން ކުޑަފަރީ އަދި ކުޑަފަރީ އަދި މަގޫދޫގައި މިއަދު ވަނީ ރަސްމީކޮށް އޭޓީއެމްގެ ހިދުމަތްތައް ފަށާފައެވެ. ނއަތޮޅުގެ ރަށްތަކުގައި އޭޓީއެމްގެ ހިދުމަތް ފެށުމުގެ ގޮތުން ވާހަކަދައްކަވަމުން ބީއެމްއެލް ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ، އޭޕްރިލްމަހުގެ ނިޔަލަށް އަތޮޅުތެރޭގެ އޭޓީއެމްތަކަށް 1.3 ބިލިއަން ރުފިޔާ ޖަމާކޮށްފައިވާކަމަށެވެ.

ޝަރީފް ވިދާޅުވީ، އަތޮޅުތެރޭގެ ރަށްރަށަށް އޭޓީއެމްގެ ހިދުމަތް ލިބެންފެށުމާއެކު، ދަތުރު ކުރަން ނުޖެހި ޚިދުމަތް ލިބުމުގެ އިތުރުން ރައްޔިތުން އަތުގައި ހުރި ފައިސާ ބޭންކިން ނިޒާމަށްވެސް ވަންނަމުންދާކަމަށެވެ. ކޮންމެ ރަށެއްގައި އޭޓީއެމް ގާއިމްކުރުމަކީ ފަސޭހަކަމެއް ނޫން ނަމަވެސް އެއީ ކޮންމެހެން ބޭނުންތެރިކަމެއްކަމަށާއި ބޭންކުގެ އަމާޒަކީ އެއްވެސް ރައްޔިތެއް އަދި އެއްވެސް ރަށެއް ބާކީ ނުކުރުންކަމަށް އޭނާ ވިދާޅުވިއެވެ.

ނ. ކުޑަފަރީގައި ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ފެށުން.. ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ

އަތޮޅުތެރޭގައި ޤާއިމްކުރި އޭޓީއެމް ހިދުމަތް ބޭނުންކުރެވެމުންދާ މިންވަރާ ގުޅޭގޮތުން ޝަރީފް ވިދާޅުވީ، އިންޓަރނެޓް މެދުވެރިކޮށް ކުރާ މުއާމަލާތުގެ އަދަދު ބޮޑު އިންސައްތައެއް ހިއްސާކުރިނަމަވެސް އޭޓީއެމްތަކުން ކުރާ މުއާމަލާތްތައްވެސް އިތުރުވަމުން އަންނަ ކަމަށެވެ. މިގޮތުން ބީއެމްއެލް އޭޓީއެމްތަކުން ދުވާލެއްގެ މައްޗަށް ކުރާ މުއާމަލާތް 38 ހާހަށް އަރާކަމަށް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ މީގެ ދެ މަހެއްހާ ދުވަސް ކުރިން ދ. އަތޮޅުގައި ބަހައްޓާފައިވާ އޭޓީއެމްތަކަށް މިދިޔަ އޭޕްރީލްގެ ނިޔަލަށް 14 މިލިއަން ރުފިޔާ ޖަމާކޮށްފައިވާކަމަށެވެ. އެއީ 2000 އަށްވުރެ ގިނަ މުއާމަލާތްކަން ފާހަގަކުރައްވަމުން ޝަރީފް ވިދާޅުވީ، އޭޓީއެމް ހިދުމަތް ލިބެން ނެތްނަމަ އެއީ ހިދުމަތް ހޯދުމަށް ކުރަންޖެހޭ 2000 ދަތުރު ކުރަންޖެހޭނޭ ކަމަށެވެ.

މިދިޔަ ރޯދަމަސްތެރޭ އަޅުގަނޑުމެން ވާނީ ހއ އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމް ހިދުމަތް ފަށާފަ. ހއ. އަތޮޅުގައި ބަހައްޓާފައިވާ އޭޓީއެމްތަކުން މިދިޔަ އޭޕްރީލް މަހުގެ ނިޔަލަށް ފައިސާ ޖަމާކުރުމަށް ވަނީ 8000 މުއާމަލާތް ހިންގާފަ. އެއީ 45 މިލިއަން ރުފިޔާގެ މުއާމަލާތްތައް. އެ އަތޮޅުގައި ފައިސާ ނެގުމަށް ވަނީ 27,000 މުއާމަލާތް ކޮށްފަ. އެއީ 52 މިލިއަން ރުފިޔާގެ މުއާމަލާތް. މިއީ ގާތްގަނޑަކަށް 5 ހަފްތާތެރޭ ކޮށްފައިވާ މުއާމަލާތްތައް

ބީއެމްއެލްގެ ސީއީއޯ ޝަރީފް ވިދާޅުވިއެވެ

ބީއެމްއެލްގެ އޭޓިއެމް ހިދުމަތުގެ މުއާމަލާތްތަކާ ގުޅޭގޮތުން ޝަރީފް ވިދާޅުވީ، މުޅި ރާއްޖެއިންވެސް ފެނިގެންދަނީ އޭޓީއެމްގެ ހިދުމަތުގެ މުއާމަލާތްތައް އިތުރުވަމުންދާތަން ކަމަށެވެ.

ބީއެމްއެލްގެ އަމާޒަކީ މިއަހަރު ނިމެންވާއިރަށް 100 އަށްވުރެ ގިނަ ރަށުގައި އޭޓިއެމް ބެހެއްޓުމެވެ. އެއާއެކު މުޅި ރާއްޖޭގައި ބީއެމްއެލްގެ 250 ހަށްވުރެ އޭޓީއެމް ގާއިމްކުރެވިގެންދާނޭކަމަށް ބީއެމްއެލުން ފާހަގަކުރެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

ރުފިޔާ އެކައުންޓްތަކަށް ދޫކޮށްފައިވާ ކާޑުތަކުން އަހަރުގެ މިހާތަނަށް 336 މިލިއަން ޑޮލަރުގެ މުއާމަލާތްކޮށްފި: ބީއެމްއެލް
10 Oct 2026 ހަބަރު

ރުފިޔާ އެކައުންޓްތަކަށް ދޫކޮށްފައިވާ ކާޑުތަކުން އަހަރުގެ މިހާތަނަށް 336 މިލިއަން ޑޮލަރުގެ މުއާމަލާތްކޮށްފި: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސްއިން ކަސްޓަމަރުންނަށް ދޫކޮށްފައިވާ ދިވެހި ރުފިޔާ ކާޑުތަކުން މިއަހަރުގެ މިހާތަނަށް ކުރި، ބޭރު ފައިސާގެ މުއާމަލާތްތަކުގެ އަގު 336 މިލިއަން ޑޮލަރަށް އަރާފައިވާ ކަމަށް އެ ބޭންކުން ހާ...

ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް
09 Oct 2026 ހަބަރު

ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް

މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހަކީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް ކަަމަށް އެ ބެންކުން ބުނެފި އެވެ. އެ ބެންކުން ވަނީ މި އަހަރުގެ ނިމުނު މުއްދަތުގެ މާލީ ނަތީޖާތައް އާންމުކޮށްފަ އެ...

އޭޓީއެމުން ޑޮލަރު ނެގޭނެ ލިމިޓެއް؛ ދެން ނެގޭނީ މަހަކު 3،500 ޑޮލަރު
01 Oct 2026 ހަބަރު

އޭޓީއެމުން ޑޮލަރު ނެގޭނެ ލިމިޓެއް؛ ދެން ނެގޭނީ މަހަކު 3،500 ޑޮލަރު

އޭޓީއެމް މެދުވެރިކޮށް ކަސްޓަމަރަކަށް މަހެއްގެ މައްޗަށް ނަގުދު ފައިސާ އިން ޑޮލަރު ނެގޭ އަދަދު 3,500 ޑޮލަރު ކަމުގައި ހަމަޖައްސައިފި އެވެ. ބެންކު އޮފް މޯލްޑިވްސް އިން ބުނީ ދިވެހިރާއްޖޭގައި ޒަމާނީ، "ޑިޖިޓ...

ސަރުކާރުން ޓީބިލަށް ފައިސާ ދެއްކުމާ އެ ބޭންކާ ގުޅުމެއް ނެތް: ބީއެމްއެލް
19 Sep 2026 ހަބަރު

ސަރުކާރުން ޓީބިލަށް ފައިސާ ދެއްކުމާ އެ ބޭންކާ ގުޅުމެއް ނެތް: ބީއެމްއެލް

ސްޓޭޓް ބޭންކް އޮފް އިންޑިއާ ސަރުކާރުން ދައްކަންޖެހޭ ޓްރެޜަރީ ބިލް ފެސިލިޓީގެ ބާކީ 50 މިލިއަން ޑޮލަރު ދެއްކުމުގައި ބޭންކް އޮފް މޯލްޑިވްސްއިން ފައިސާ ނަގާފައިވާކަމަށް ދެކެވެމުންދާ ވާހަކަތައް އެ ބޭންކުން...

ބީއެމްއެލްއިން 8 މަސް ތެރޭ 653 މިލިޔަން ޑޮލަރު ކަސްޓަމަރުންނަށް ވިއްކައިފި
15 Sep 2026 ވިޔަފާރި

ބީއެމްއެލްއިން 8 މަސް ތެރޭ 653 މިލިޔަން ޑޮލަރު ކަސްޓަމަރުންނަށް ވިއްކައިފި

މިއަހަރުގެ ފުރަތަމަ އަށް މަސް ދުވަހުގެ ތެރޭގައި ކާޑު މުޢާމަލާތްތަކާއި ޓީޓީ އާއި ދަތުރުފަތުރާއި ތަޢުލީމީ އަދި ޞިއްޙީ ބޭނުންތަކަށް ޖުމްލަ 653 މިލިޔަން ޑޮލަރު ވިއްކާފައިވާ ކަމަށް ބީއެމްއެލުން ހާމަކޮށްފިއ...