ކުރީގެ އެކްޓިންގް ސީޕީ ނަވާޒް ޖޭޕީއަށް
ކުރިީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ދައުރުގެ ފަހުކޮޅުގައި އެކްޓިންގް ކޮމިޝަނަރ އޮފް ޕޮލިސްެގެ މަގާމު އަދާކުރެއްވި އަބްދުﷲ ނަވާޒް ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގެންފިއެވެ.
ނަވާޒް ޖޭޕީއާއި ގުޅިވަޑައިގެންނެވީ އެޕާޓީގެ މައި ޖަގަހަ ކަމުގައިވާ ކުނޫޒުގައި މިރޭ އޮތް ޚާއްސަ ހަފްލާއެއްގައެވެ.
ޖުމްހޫރީ ޕާޓީގެ ފަރާތުން ނަވާޒްގެ ފޯމާއި ހަވާލުވެ ވަޑައިގެންނެވީ އެޕާޓީގެ ލީޑަރ ގާސިމް އިބްރާހިމްއެވެ.
ނަވާޒް އެންމެފަހުން ހުންނެވީ އެންވަޔަރަމެންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ކަމުގެ މަގާމުގައެވެ.
އެކްޓިން ކޮމިޝަނަރަކަށް ހުންނެވި ނަވާޒް އެ މަގާމުން ވަކިކޮށް އެންވަޔަރުމެންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް އައްޔަންކުރެވުނީ ރައީސް ޔާމީން ރިޔާސީ އިންތިޚާބުން ނާކާމިޔާބުވެވަޑައިގަތުމާ އެކުގަ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް