ސޯސަން މަގުން ހޮވި 2،000 ރުފިޔާގެ ވެރިފަރާތް ހޯދަނީ
މާލޭގެ ސޯސަންމަގުން ހޮވި 2،000 ރުފިޔާގެ ވެރިފަރާތް ހޯދަން ފުލުހުން އިއުލާންކޮށްފި އެވެ.
ފުލުހުން ބުނީ މި ފައިސާ އަކީ މި މަހުގެ 1 ވަނަ ދުވަހު ސޯސަން މަގުގައި ހުންނަ "ޝޮޕް އެންޑް ސޭވް" ފިހާރަ ކުރިމަތިން ފެނުނު ފައިސާތަކެއް ކަމަށެވެ.
ފުލުހުން ވަނީ ކާކުކަން އެނގޭނެ ލިޔުމަކާ އެކީ ހެންވޭރު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ފައިސާއާ ހަވާލުވާން އެދިފައިއެވެ.
މީގެ އިތުރުން، ފައިސާ ވެރިފަރާތުން 9400053 އަށް ގުޅުމަށް އެދިފައިވާއިރު، ފުލުހުން ބުނީ އެ ކޭސްގެ އިންސިޑެންޓް ނަންބަރަކީ 603601 ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް