ފުވައްމުލަކު އެއާޕޯޓްގެ ސެކިއުރިޓީންނާ މާރާމާރީ ހިންގި މައްސަލައެއް، ތިން މީހަކު ހައްޔަރު
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ފުވައްމުލަކު ސިޓީ އެއާޕޯޓްގެ ފެންސްމަތީން އަރަން އުޅުނު ބަޔަކު ހުއްޓުވާ އެއާޕޯޓްގެ ސެކިއުރިޓީ މުވައްޒިފުންނަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލައެއް ބަލަން ފަށައިފި އެވެ.
މި ހާދިސާ ހިނގީ މިދިޔަ މަހުގެ 28 ވަނަ ދުވަހު އެވެ. ފުލުހުން ބުނީ މި މައްސަލައިގެ ތުހުމަތުގައި ތިން މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެ މީހުންގެ ބަންދާއިމެދު ގޮތް ނިންމަން ކޯޓަށް ހާޒިރުކުރމުން 15 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް