ބިޑްނުކޮށް މަޝްރޫއުތައް ދޭ މައްސަލަ އޭސީސީގެ ސަމާލުކަމަށް!
ސަރުކާރުން ހިންގާ ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ބިޑް ކުރުމެއް ނެތި ހަވާލުކުރާ މައްސަލައިގައި އޭސީސީން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އޭސީސީން ބުނީ ބިޑްކުރުމަކާ ނުލައި، ދައުލަތުގެ މަޝްރޫޢުތައް އެކި ފަރާތްތަކަށް ޙަވާލުކުރުމަކީ، އެކަމުގެ ސަބަބުން ކޮރަޕްޝަނަށް މަގުފަހިވާ އަދި ދައުލަތުގެ މާލިއްޔާއަށް އިންތިހާއަށް ގެއްލުންވުމުގެ އިޙްތިމާލް އޮތް ކަމެއް ކަމަށެވެ.
އަދި، މިކަމަކީ ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ގަވާއިދުގެ ރޫޙާ ޚިލާފަށްކުރާކަމަށްވެ، ކޮރަޕްޝަންގެ ހިރާސްއޮތް ކަމަކަށްވާތީ، ކޮމިޝަނުން ކަންބޮޑުވާކަމަށް ވަނީ ބުނެފައެވެ.
އެހެންކަމުން އޭސީސީން ވަނީ ދައުލަތުގެ ޕްރޮކިއުމަންޓް ކަންތައްތައް ކުރިޔަށް ގެންދިއުމުގައި ދެފުށްފެންނަ، ހާމަކަންބޮޑު އަދި ވާދަވެރި ބީލަމެއްގެ ތެރެއިން ދައުލަތުގެ ޕްރޮކިއުމަންޓް އުސޫލުތަކާއި އެއްގޮތަށް ކުރިއަށް ގެންދިއުމަށް އިލްތިމާސްކޮށްފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ދާދިފަހުން ސަރުކާރުން ސޮއިކުރި ގުޅީފަޅު ހިއްކުމުގެ މަޝްރޫއުއާއި އައްޑޫގެ ކަރަންްޓް ވިއުގައިގެ މަސައްކަތް ބިޑްކުރުމަކާއި ނުލައި ހަވާލުކޮށްފައިވާތީ ގިނަބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް