އަންނަ އަހަރުގެ ތެރޭގައި ބޯހިޔާވަހިކަމުގެ މަޝްރޫއުއެއް އިއުލާންކުރަނީ
މިފެށޭ 2020ވަަަނަ އަހަރުގެ ތެރޭގައި ބޯހިޔާވަހިކަމުގެ މަޝްރޫއުއެއް ސަރުކާރުން އިއުލާންކުރާނެކަމަށް ބުނެފިއެވެ.
މިކަން ހާމަކޮށްފައިވަނީ ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާނު އިބްރާހިމް ހޫދުއެވެ.
ހޫދު ވިދާޅުވީ އަންނަ އަހަރުގެ ތެރޭގައި މާލޭ ސަރަހައްދަށް އަމާޒުކޮށްގެން ހައުސިންގ ޕްރޮޖެކްޓެއް ފެށިގެންދާނެކަމަށެވެ. މި މަޝްރޫއު އަންނަ އަހަރުގެ މެދެއްހާ ހިސާބުގައި ފެށިގެން ދާނެކަމަށް ހޫދު ލަފާކުރެއްވިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މި އަހަރުގެ ތެރޭގައި ސަރުކާރުން ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެނައުމަށްޓަކައި އެކަށީގެންވާ މަސައްކަތެއް ކުރެވިފައި ނުވާކަމަށް ބުނެ އާންމުންގެ ތެރެއިން ގިނަބަަޔަކު ދަނީ ޝަކުވާ ކުރަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް