ޓޮމާޓޯ ބިސް- ފޮޓޯ/ ދިވެހި ކާނާ ފޭސްބުކްޕޭޖު
ޓޮމާޓޯ ބިސް- ފޮޓޯ/ ދިވެހި ކާނާ ފޭސްބުކްޕޭޖު
ލައިފްސްޓައިލް 20 Mar 2024 | 05:16

މިއަދު ރޯދަ ވީއްލަން ފޭކު ހަވާދުލީ ބިސް ނުވަތަ ޓޮމާޓޯލީ ބިސް ކިހިނެއް ވާނެ؟

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

ހަވާދުލީ ބިހަކީ އެކި މީހުން އެކި ގޮތަށް ތައްޔާރު ކުރާ އެއްޗެކެވެ. ބައެއް މީހުން ހަވާދުލައިގެން ހަވާދުލީ ބިސް ހަދާއިރު އަނެއް ބަޔަކު ހަދަނީ ޓޮމާޓޯ ޕޭސްޓް ލައިގެން “ހަވާދުލީ” ބިހެވެ. ނުވަތަ ޓޮމާޓޯލީ ބިހެވެ. މިއަދު ވޮއިސް ގެ ބަދިގެއިން މި ގެނެސްދެނީ ޓޮމާޓޯ ހަވާދުލީ ބިހުގެ ރެސިޕީ އެވެ.

ފުށްގަނޑު ތައްޔާރުކުރުން

ބޭނުންވާ ތަކެތި

3/4 1 ޖޯޑު ފުށް

1 ސައިސަމުސާ ލޮނު

3/4 ޖޯޑު ތެޔޮ

ހޫނު ފެން

ތައްޔާރުކުރާނެ ގޮތް:

1. ބޯތަށްޓެއްގައި ފުށާއި ލޮނާއި ތެޔޮ ފޮދު އެއްކޮށްލާށެވެ.

2. ދެން މަޑުމަޑުން ހޫނު ފެންފޮދު އަޅަމުން ފުށްގަނޑު މޮޑެން ފަށާށެވެ. ފުށްގަނޑު މޮޑޭނީ އެ މަޑުކޮށް އަދި ކުޑަކޮށް އިލާސްޓިކްކޮށް އޮންނަ ވަރު ވަންދެނެވެ.

3. މޮޑުނު ފުށްގަނޑުން ވަށްކޮށް ގުޅަ ހަދާލާށެވެ. ގާތް ގަނޑަކަށް 20 ގުޅަ ހެދޭނެއެވެ.

މަސްގަނޑު ތައްޔާރު ކުރުން

ބޭނުންވާ ތަކެތި:

1 ފިޔާ (ތުނިކޮށް ކޮށާފައި)

1/2 ޖޯޑު ހުނި

1/2 ސައިސަމުސާ ގާނާފައިހުރި އިނގުރު

1/4 ސައި ސަމުސާ ލޮނު (ނޫނީ ރަހަލާ ވަރަށް)

1/2 ލުނބޯ

1 މަސްދަޅު

1/4 ސައިސަމުސާ ރީނދޫ

ގިތެޔޮ މިރުސް (ތުނިކޮށް ކޮށާފައި)

ހިކަނދިފަތް (ތުނިކޮށް ކޮށާފައި)

ތައްޔާރުކުރާނެ ގޮތް:

1) ބޯތަށްޓަކަށް ފިޔާއާއި، އިނގުރާއި، ލޮނާއި، އަޅާފައި ލުނބޯ ހުތް ޖަހައިގެން ރަނގަޅަށް މޮޑޭށެވެ.

2) ދެން ހިކަނދިފަތާއި، ގިތެޔޮމިރުހާއި، މަސްދަޅާއި، ރީނދޫކޮޅުވެސް އެއަށް އަޅާފައި އަނެއްކާވެސް ހުރިހާ އެއްޗެއް ރަނގަޅަށް އެއްވަންދެން މޮޑެލާނީއެވެ. އެއަށްފަހު ހުނި ކޮޅު އަޅާލައިގެންވެސް ރަނގަޅަށް މޮޑެލާށެވެ.

3) ދެން މޮޑުނު މަސްގަނޑުންވެސް 20 ގުޅަ ޖަހާލާށެވެ.

4) އެއަށްފަހު ފުށް ގުޅަ ފަތާ ކޮށްލުމަށްފަހު އޭގެ ތެރެއަށް މަސްހުނި ގުޅައެއް ލުމަށްފަހު މަސްގަނޑުގެ ވަށައިގެން ފުށްގަނޑު ލައްޕާލާށެވެ. ދެން ބިހެއްގެ ބައްޓަން ނިކުންނާނެގޮތަށް ވަށާލާށެވެ.

5) ދެން 5 ޖޯޑު ފެނުގެ ތެރެއަށް ½ މޭޒުމަތީ ސަމުސާ ތެޔޮ އެޅުމަށްފަހު އެ ކެކި ގަތުމުން ބިސްތައް އެއަށް އަޅައި 15 މިނެޓް ވަންދެން ކައްކާލާފައި ތައްޓެއްގެ ތެރެއަށް ލުހެލާށެވެ.

ބިހުގައި ޓޮމާޓޯ ލުން

ބޭނުންވާ ތަކެތި:

3 މޭޒުމަތީ ސަމުސާ ޓޮމާޓޯ ޕޭސްޓް

1/3 ޖޯޑު ފްރައިޑް ޗިކަން ސޯސް

1 ސައި ސަމުސާ ސޯޔާ ސޯސް

1/2 ސައި ސަމުސާ އޮއިސްޓަރ ސޯސް

1 ސައި ސަމުސާ ކުކުޅު ހަވާދު

1 ބޮޑު ފިޔާ (ތުނިކޮށް ކޮށާފައި)

2 ލޮނުމެދު (ކުދިކޮށް ކޮށާފައި)

1/2 ސައި ސަމުސާ އިނގުރު (ގާނާފައި)

ހިކަނދިފަތް

ލޮނު (ރަހަ ލާވަރަށް)

1/2 ޖޯޑު ކާށީ ކިރު ނުވަތަ ފެން

ރާނބާފަތް

ގިތެޔޮ މިރުސް

ތެޔޮ

ތައްޔާރުކުރާނެ ގޮތް

1) ތެއްޔަކަށް ތެޔޮ ފޮދެއް އަޅައި ހޫނު ކޮށްލުމަށްފަހު، ފިޔާއާއި، ލޮނުމެދު، އިނގުރު، ހިކަނދިފަތް އަދި ރާނބާފަތް އެއަށް އަޅައި މަޑު ގިނީގައި އެ ތަކެތި މޯޅި ވަންދެން ކައްކާލާށެވެ.

2) ދެން އޭގެ ތެރެއަށް ގިތެޔޮ މިރުހާއި ޓޮމާޓޯ ޕޭސްޓާއި، ސޯޔާ ސޯހާއި، އޮއިސްޓަރ ސޯސް، ފްރައިޑްޗިކަން ސޯސް އަދި ހަވާދު ކޮޅު އެޅުމަށްފަހު ގާތްގަނޑަކަށް 3 މިނެޓް ވަރު ވަންދެން ކައްކާލާށެވެ.

3) އެއަށްފަހު ކާށީގެ ކިރު ފޮދު އަދި ލޮނު ކޮޅުވެސް އަޅާލައި އެކުލަވައި ލުމަށްފަހު އޭގެ ތެރެއަށް ކެއްކި ބިސްތައް އަޅާލާށެވެ.

4) ރަނގަޅަށް ބިސްތަކުގެ ބޭރުގައި ޓޮމާޓޯ އުނގުޅުމަށްޓަކައި ބިސްތައް ސޯސް ގަނޑުގެ ތެރޭގައި ފުރޮޅާލާ ހަދާށެވެ.

5) ރަނގަޅަށް އެކުލެވުމިން އުނދުން ނިއްވާލާށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މިހާރުގެ އެންމެ ޓްރެންޑިންގ ކިޔުކަންބާ ޝޮޓް ގެ އަޖުމަ ބަލާލައިފިންތަ؟ މިއޮތީ ތައްޔާރުކުރާނެ ގޮތް
08 Oct 2026 ލައިފްސްޓައިލް

މިހާރުގެ އެންމެ ޓްރެންޑިންގ ކިޔުކަންބާ ޝޮޓް ގެ އަޖުމަ ބަލާލައިފިންތަ؟ މިއޮތީ ތައްޔާރުކުރާނެ ގޮތް

މިދުވަސްވަރު ޓިކްޓޮކާއި އިންސްޓަގްރާމްގައި އެންމެ ވައިރަލް އެކައްޗަކީ ކިޔުކަންބާ ޝޮޓް އެވެ. މިއީ ދިވެހިން އާއްމުކޮށް ކައިއުޅޭ މަޖާ ކަހަލަ ހުތް-ކުޅި އެއްޗެހި މީރު މީހުންނަށް ވަރަށް ކަމުދާނެ ރިފްރެޝިން ...

މިއަދު މެންދުރު ފޮނި އެއްޗަކަށް ބްރައުނީ ކިހިނެއްވާނެ؟ މިއޮތީ ރެސިޕީ
08 May 2026 ލައިފްސްޓައިލް

މިއަދު މެންދުރު ފޮނި އެއްޗަކަށް ބްރައުނީ ކިހިނެއްވާނެ؟ މިއޮތީ ރެސިޕީ

ހުކުރު ދުވަހު މެންދުރު ކެއުމަށްފަހު ފޮނި އެއްޗެއް ކާލުމަކީ ގިނަ މީހުންގެ އާދައަކަށް ވެފައިވާ ކަމަށެވެ. އެހެންވީމާ މިއަދު މި ގެނެސްދެނީ ފަސޭހައިން، ތަންކޮޅެ މަދު ތަކެތި ބޭނުން ކޮށްގެން ތައްޔާރު ކޮށްލެވ...

މި ހުކުރު ދުވަހު މީރުކޮށް ކުކުޅެއް ފިހެލަމާ؛ މިއޮތީ ރެސިޕީ
24 Apr 2026 ލައިފްސްޓައިލް

މި ހުކުރު ދުވަހު މީރުކޮށް ކުކުޅެއް ފިހެލަމާ؛ މިއޮތީ ރެސިޕީ

މި ހުކުރު 'ވޮއިސް' ގެ ބަދިގެއިން މި ގެނެސްދެނީ މީރުކޮށް ކުކުޅެއް ފިހެލާނެ ގޮތެވެ. މިއީ ތައްޔާރު ކޮށްލަން ވެސް ފަސޭހަ ޑިޝްއެކެވެ. މި ޑިޝް ޗިކަން ޑިޕިންގ އާއި އެކު ނުވަތަ ފަރާޓާ ނޫނީ ބަތާއި އެކު ކާލަންވ...

މިއޮތީ ވަރަށް ރިފްރެޝިން ބުއިމެއްގެ ރެސިޕީ؛ މިއަދު ޓްރައިކޮށްލާ ކަހަލަދޯ؟
17 Apr 2026 ލައިފްސްޓައިލް

މިއޮތީ ވަރަށް ރިފްރެޝިން ބުއިމެއްގެ ރެސިޕީ؛ މިއަދު ޓްރައިކޮށްލާ ކަހަލަދޯ؟

ފިނި ދުވަހެއްވިޔަސް ހޫނު ދުވަހެއްވިޔަސއ ރިފްރެޝިން ބުއިމެއް ބުއިލުމަކީ ވަރަށް ތާޒާކަން އިހްސާސް ކުރުވައިދޭ ކަމެކެވެ. އެހެންކަމުން މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ސިއްހަތަށް ފައިދާ ހުރި، ހަށިގ...

މިއޮތީ ތައްޔާރު ކޮށްލަން ފަސޭހަ، ރަހަމީރު ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީ
06 Mar 2026 ލައިފްސްޓައިލް

މިއޮތީ ތައްޔާރު ކޮށްލަން ފަސޭހަ، ރަހަމީރު ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީ

ކޯން ޕިއްޒާ އަކީ މިހާރު އެންމެ ޓްރެންޑިން ގިނަ ބައެއްގެ މެދުގައި ވަރަށް މަގުބޫލު އެއްޗަކަށް މިވަނީ ވެފައެވެ. އެހެންކަމުން މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ޗިކަން ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީއެވ...

މިއަދު މިއޮތީ ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވޭ ފޮނި އެއްޗެއްގެ ރެސިޕީ
27 Feb 2026 ލައިފްސްޓައިލް

މިއަދު މިއޮތީ ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވޭ ފޮނި އެއްޗެއްގެ ރެސިޕީ

ރޯދަ ވީއްލާ ގަޑީގައި ކުޅި އެއްޗެއް ކައިލުމަށްފަހު ފޮނި އެއްޗެއްގެ ރަހަބަލާލުމަށް ބޭނުންވާ މީހުން މަދެއް ނޫނެވެ. މިއީ އެފަދަ މީހުން ތައްޔާރު ކޮށްލަން ރަނގަޅު، ފަސޭހަ ގޮނި އެއްޗެއްގެ ރެސިޕީއެވެ. ބޭނުންވ...