ހަނދާ ބެހޭ ގޮތުން ވަކި ގޮތެއް ކަނޑައަޅަންދެން ތަރާވީހު ނަމާދު ކުރިއަށް ގެންދަން ވާނެ: މިނިސްޓަރު
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ހަނދާ ބެހޭ ގޮތުން ވަކި ގޮތެއް ކަނޑައަޅަންފެން ތަރާވީހު ނަމާދު ކުރިއަށް ގެންދާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މީޑިއާތަކަށް ފޮނުއްވެވި މެސެޖެއްގަ އެވެ. މިނިސްޓަރު އެކަން ސާފުކޮށް ދެއްވީ މިރޭ ތަރާވީސް ނަމާދު ކުރުމާ ބެހޭ ގޮތުން ގިނަ ބަޔަކު ސުވާލް ކުރަމުން ގެންދާތީ އެވެ.
މިނިސްޓަރު ވިދާޅުވީ ހަނދާ ބެހޭ ގޮތުން ވަކި ގޮތެއް ކަންޑައަޅައި އިޢުލާން ކުރަންދެން ޢާއްމު އުޞޫލުން ތަރާވީޙް ނަމާދު ކުރިއަށް ގެންދަންވާނެ ކަމަށެވެ.
ޝައްވާލު މަހުގެ ހަނދާބެހޭ ގޮތުން ގޮތް ނިންމަން މިރޭ ފަލަކީ ކޮމެޓީ ބައްދަލު ކުރާނެ އެވެ. އިޝާ ނަމާދު ފަހުން އަށެއް ޖަހާކަން ހާއިރު ނުވަތަ އޭގެ ކުޑައިރުކޮޅެއްގެ ފަހުން ހަނދާ ބެހޭ ބަޔާން އިއްވާނެ އެވެ. މާދަމާ އަކީ ރަމަޟާން މަހުގެ ފަހު ދުވަސްތޯ ނުވަތަ ޝައްވާލު މަހުގެ ފަހު ދުވަސްތޯ ކަނޑައަޅާ އެ ބަޔާނުގައި ހާމަކުރައްވާނެ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް