މާލޭގެ ޕާކުތަކުން ދިރާގުގެ ވައިފައި މިހާރު ލިބޭނެ
މާލޭ ސަރަހައްދުގެ ޕާކުތަކުން ދިރާގުގެ ވައިފައި ދޫކުރަން ފަށައިފިއެވެ.
މި ހިދުމަތް އިފްތިތާހު ކުރުމަށް ރަސްރަނި ބަގީޗާގައި މިއަދު ހެނދުނު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.
މި ރަސްމިއްޔާތުގައި މާލޭ މޭޔަރު ޝިފާ މުހައްމަދާއި ދިރާގުގެ ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދު ބައިވެރިވެވަޑައިގެންނެވި އެވެ.
މި ރަސްމިއްޔާތުގައި ދިރާގުގެ ސީއީއޯ ވިދާޅުވީ މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގައި މީހުން ގިނައިން އެއްވާ ތަންތަން ބެލުމަށް ފަހު ވައިފައި ހޮޓްސްޕޮޓުތައް ގާއިމްކޮށް، ހިދުމަތް ދޭން ފަށާފައިވާ ކަމަށެވެ. ފޯނުގައި ކްރެޑިޓް ނެތް ނަމަވެސް ފުރަތަމަ 30 މިނިޓް ހިލޭ ވައިފައި ބޭނުން ކުރެވޭނެ ކަމަށް އޭނާ އިސްމާއިލް ފާހަގަކުރެއްވިއެވެ.
މޭޔަރު ޝިފާ ވިދާޅުވީ ސްކޫލް ދަރިވަރުންނަށާއި އާއްމުންނަށް ވެސް ވަރަށް ބޭނުންތެރި ހިދުމަތެއް ކަމަށެވެ. އެހެންކަމުން، ހުރިހާ ފަރާތްތަކުން ވެސް މި ހިދުމަތުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފުމަށް އެކަމަނާ އިލްތިމާސް ކުރެއްވި އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް