މެލޭޝިޔާއިން ރާއްޖޭގެ ޑްރައިިވިންގ ލައިސަންސް ގަބޫލުކުރާގޮތަށް ހަދަނީ
ދިވެހިރާއްޖޭގެ ޑްރައިވިންގ ލައިސަންސް ބޭނުންކޮށްގެން މެލޭޝިޔާގައި ދުއްވޭނެގޮތަށް އަމަލުކުރުމަށް މަޝްވަރާތައް ބާއްވައިފިއެވެ.
މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާއާއި މެލޭޝިޔާގެ ޓްރާންސްޕޯޓް މިނިސްޓަރ ލޯކް ސިއު ފޫކް އާއެކު ބޭއްވެވި ބައްދަލު ކުރެއްވުމުގެ ތެރެއިންނެވެ.
މި ބައްދަލުވުމުގައި ވަނީ ރާއްޖޭގެ ލައިސެންސް މެލޭޝިޔާގައި ބޭނުންކުރުމާއި ރާއްޖޭގެ އެއްގަމުގެ ދަތުރުފަތުރާއި އޭވިއޭޝަން ދާއިރާއަށް މެލޭޝިޔާއިން އެހީތެރިވުމުގެ ގޮތުން އެމްއޯޔޫއެއްގައި ސޮއިކުރުމާ ގުޅޭގޮތުންވެސް ދެފަރާތުގެ މެދުގައި މަޝްވަރާތައް ބާއްވާފައެވެ.
މީގެ އިތުރުން މެލޭޝިޔާގައި ދިވެހި ދަރިވަރުން ހަދާ އޭވިއޭޝަން ދާއިރާއާ ގުޅުންހުރި ކޯސްތަކަކީ ބައިނަލްއަގުވާމީ ގޮތުން ގަބޫލުކުރެވޭ ފެންވަރުގެ ކޯސްތަކަކަށް ހެދުމާ ގުޅޭ ގޮތުން މަޝްވަރާކުރެއްވިކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން މައުލޫމާތުދެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް