ދައުވާގެ ލިޔެކިއުންތައް ރައީސް ޔާމީނާއި ހަވާލުކޮށްފި
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ މަނީ ލޯންޑްރިންގެ ދައުވާގެ ލިޔުންތައް އެމަނިކުފާނާއި ހަވާލުކޮށްފިއެވެ
ކްރިމިނަލް ކޯޓުން ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ ޔާމީންގެ މައްސަލައިގެ ލިއުންތައް މިއަދުގެ ވަގުތެއްގައި އެކޯޓުން ޔާމީންގެ ވަކީލުންނާއި ހަވާލުކޮށްފައިވާކަމަށެވެ.
ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާކޮށް ކްރިމިނަލް ކޯޓަށް ފޮނުވިކަން ޕީޖީން ހާމަކޮށްފައިވަނީ މިދިއަ ހަފުތާގެ ތެރޭގައެވެ.
ޔާމީންގެ މައްޗަށް މަނީލޯންޑަރިންގެ ދައުވާކޮށް މައްސަލައިގެ ލިޔެކިއުންތައް ފޮނުވާފައިވާއިރު އެބޭފުޅާގެ މައްޗަށް ދައުވާކުރުމުގެ ކުރިން ފުލުހަށް ހާޒިރުކޮށް ސުވާލުކޮށްފައިވެއެވެ. އަދި އެމައްސަލައިގެ ތަހުގީގު ތެރޭގައި ފުލުހުންގެ އެދުމަކަށް ޔާމީންގެ އެކައުންޓްތައްވެސް ވަނީ ފުރީޒްކޮށްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް