ނިހާން ފުލުހުންގެ ވެހިކަލްގެ ދަށަށް ގާބުރިއެއް ލީ މައްސަލަ ބަލަނީ
ކުރީގެ ރައީސް އަބްދުﷲ ޔާމީން ދޫކޮށްލުމަށް ގޮވާލައި ޕްރޮގްރެސިވް ކޯލިޝަނުން ކުރި މުޒާހަރާގެ ތެރެއިން، ޕީޕީއެމްގެ ޕީޖީ ލީޑަރ އަހުމަދު ނިހާން ހުސައިން މަނިކު ފުލުހުންގެ ވެހިކަލްދަށަށް ގާބުރިއެއް ލީ މައްސަަލަ ބަލަން ފަށައިފިއެވެ.
އެކަން ވަނީ ފުލުހުންވެސް ޔަގީންކޮށްދީފައެވެ.
ޓްވިޓަރގައި ދައުރުވަމުންދާ ވީޑިޔޯއަކުން ފެންނަ ގޮތުގައި ނިހާން ވަނީ ކާނިވާ ސަރަހައްދު ކައިރިން މުޒާހަރާގެ ބައިވެރިންނާއި އެކު ހިންގަވާފައި ވަޑައިގަންނަވަމުން، މަގުމަތިން ގާބުރިއެއް ނަންގަވައި، ފުލުހުންގެ ވެހިކަލްގެ ދަށަށް ލައްވަވާފައެވެ.
ނިހާން މިކަން ކުރި ވަގުތު، އެހެނިހެން އެކްޓިވިސްޓުން ވަނީ އެކަން ހުއްޓުވުމަށް މަސައްކަތް ކޮށްފައެވެ.
ނިހާން ފަހުން ވިދާޅުވީ އެކަން ކުރީ އެ ވެހިކަލުން އާންމުންނަށް ވެދާނެ ގެއްލުމެއް ހުއްޓުވުމަށްޓަކައިކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް