ޗިލީ ބޯވަ- ފޮޓޯ/ އިންޓަނެޓް
ޗިލީ ބޯވަ- ފޮޓޯ/ އިންޓަނެޓް
ލައިފްސްޓައިލް 07 Jun 2025 | 05:32

ޢީދު ދުވަސްތަކު ޢާއިލާ މީހުންތައް ގޭގައި ތިބޭއިރު މިކަހަލަ މީރު އެއްޗެއް ތައްޔާރު ކޮށްލަން ކިހިނެއްވާނެ؟

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

ބޯވާއަކީ ތަދު އެއްޗެއް ނަމަވެސް، އެފަދަ ޚާއްސަ އެއްޗެއް ޢާއިލާ އެންމެން އެއްވާ ދުވަހަކު ތައްޔާރުކޮށްގެން ކާލުމަކީ އެއްވުން އިތުރަށް ފުރިހަމަވެގެންދާނެ ކަމެކެވެ. އެހެންކަމުން މިއަދު ”ވޮއިސް“ ގެ ބަދިގެއިން މި ގެނެސްދެނީ މީރުކޮށް ޗިލީ ބޯވާ ތައްޔާރު ކުރާނެ ގޮތުގެ ރެސިޕީއެވެ.

ބޭނުންވާތަކެތި

ބޮޑު ބޯވައެއް (ހަން ނޮޅައި ސާފުކޮށް، ކުދިކޮށް ކޮށާފައި)

1 ފިޔާ (ތުނިކޮށް ކޮށާފައި)

2 ލޮނުމެދު ޗޮޕް ކޮށްފައި

1 ބެލްޕެޕާ (ކިޔުބްކޮށް ކޮށާފައި)

1/3 ޖޯޑު ލީކްސް ( ތުނިކޮށް ކޮށާފައި)

1/2 ޖޯޑު ކެރެޓު (ކިޔުބްކޮށް ކޮށާފައި)

1/3 ސައި ސަމުސާ އިނގުރު ޕޭސްޓް

1 ދަޅު ޓޮމާޓޯ ޕޭސްޓް

1 މޭޒުމަތީ ސަމުސާ އޮއިސްޓާ ސޯސް

1 ސައި ސަމުސާ ސޯޔާ ސޯސް

1/3 ޖޯޑު ފްރައިޑް ޗިކަން ޗިލީ ސޯސް

2 މޭޒުމަތީ ސަމުސާ ތެޅި މިރުސް

1 ސައިސަމުސާ ކުކުޅު ހަވާދު

ގިތެޔޮ މިރުސް (ކޮށާފައި)

4 ހިކިމިރުސް (ކޮށާފައި)

ހިކަނދިފަތް، ރާނބާފަތް

ތެޔޮ ފޮދެއް

1/2 ޖޯޑު ކާށި ކިރު

ނޫސްޑްލް ސޫޕް ޕެކެޓް

ލޮނު

ތައްޔާރު ކުރާނެގޮތް

1) ފިޔާ، ލޮނުމެދު، ހިކިމިރުސް، ގިތެޔޮ މިރުސް، ހިކަނދިފަތް، ރާނބާފަތް އަދި އިނގުރުޕޭސްޓް ތެޔޮ ފޮދެއްގެ ތެރޭގައި މީރުކޮށްލާށެވެ.

2) ދެން ބެލްޕެޕާ، ކެރެޓް، އަދި ލީކްސްވެސް އެއަށް އަޅައި ތަކުރާރީކޮޅު ރޯފިލަންދެން ކައްކާލާށެވެ. އަދި އޮއިސްޓާ ސޯހާއި ސޯޔާސޯސް، ޓޮމާޓޯޕޭސްޓް، ތެޅިމިރު މިރުސް އަދި ކުކުޅު ހަވާދު އަޅައި އެކުލަވާލާށެވެ.

3) އެއަށްފަހު، ނޫޑްލްސް ސޫޕް ޕެކެޓް އެޅުމަށްފަހު، ބޯވާކޮޅު އަޅާލައި އެކުލަވާލާށެވެ. އަދި މަތި ޖަހައިގެން ބޯވައިން ނުކުންނަ ފެންފޮދު ހިނދި، ބޯވާ މަޑުވަންދެން ކައްކާލާށެވެ. (ދޭތެރެއިން މަތި ނަގައި ހަލުވާލަން ވާނެއެވެ.)

4) ދެން ކާށިކިރާއި، ޕްރައިޑްޗިކަން ސޯސް އަޅައި އެކުލަވާލާށެވެ. އަދި އޮލަވެލަންދެން އަނެއްކާވެސް ކައްކާލައި ލޮނު ހެޔޮވަރު ކޮށްލާށެވެ.

ޗިލީ ބޯވާ އެހުރީ ތައްޔާރު ވެފައެވެ. ފަރާޓާ ނޫނީ އާދައިގެ ރޮއްޓާއެކު ކާލަންވެސް މި ބޯވަ ވަރަށް މީރުވާނެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މިހާރުގެ އެންމެ ޓްރެންޑިންގ ކިޔުކަންބާ ޝޮޓް ގެ އަޖުމަ ބަލާލައިފިންތަ؟ މިއޮތީ ތައްޔާރުކުރާނެ ގޮތް
08 Oct 2026 ލައިފްސްޓައިލް

މިހާރުގެ އެންމެ ޓްރެންޑިންގ ކިޔުކަންބާ ޝޮޓް ގެ އަޖުމަ ބަލާލައިފިންތަ؟ މިއޮތީ ތައްޔާރުކުރާނެ ގޮތް

މިދުވަސްވަރު ޓިކްޓޮކާއި އިންސްޓަގްރާމްގައި އެންމެ ވައިރަލް އެކައްޗަކީ ކިޔުކަންބާ ޝޮޓް އެވެ. މިއީ ދިވެހިން އާއްމުކޮށް ކައިއުޅޭ މަޖާ ކަހަލަ ހުތް-ކުޅި އެއްޗެހި މީރު މީހުންނަށް ވަރަށް ކަމުދާނެ ރިފްރެޝިން ...

މިއަދު މެންދުރު ފޮނި އެއްޗަކަށް ބްރައުނީ ކިހިނެއްވާނެ؟ މިއޮތީ ރެސިޕީ
08 May 2026 ލައިފްސްޓައިލް

މިއަދު މެންދުރު ފޮނި އެއްޗަކަށް ބްރައުނީ ކިހިނެއްވާނެ؟ މިއޮތީ ރެސިޕީ

ހުކުރު ދުވަހު މެންދުރު ކެއުމަށްފަހު ފޮނި އެއްޗެއް ކާލުމަކީ ގިނަ މީހުންގެ އާދައަކަށް ވެފައިވާ ކަމަށެވެ. އެހެންވީމާ މިއަދު މި ގެނެސްދެނީ ފަސޭހައިން، ތަންކޮޅެ މަދު ތަކެތި ބޭނުން ކޮށްގެން ތައްޔާރު ކޮށްލެވ...

މި ހުކުރު ދުވަހު މީރުކޮށް ކުކުޅެއް ފިހެލަމާ؛ މިއޮތީ ރެސިޕީ
24 Apr 2026 ލައިފްސްޓައިލް

މި ހުކުރު ދުވަހު މީރުކޮށް ކުކުޅެއް ފިހެލަމާ؛ މިއޮތީ ރެސިޕީ

މި ހުކުރު 'ވޮއިސް' ގެ ބަދިގެއިން މި ގެނެސްދެނީ މީރުކޮށް ކުކުޅެއް ފިހެލާނެ ގޮތެވެ. މިއީ ތައްޔާރު ކޮށްލަން ވެސް ފަސޭހަ ޑިޝްއެކެވެ. މި ޑިޝް ޗިކަން ޑިޕިންގ އާއި އެކު ނުވަތަ ފަރާޓާ ނޫނީ ބަތާއި އެކު ކާލަންވ...

މިއޮތީ ވަރަށް ރިފްރެޝިން ބުއިމެއްގެ ރެސިޕީ؛ މިއަދު ޓްރައިކޮށްލާ ކަހަލަދޯ؟
17 Apr 2026 ލައިފްސްޓައިލް

މިއޮތީ ވަރަށް ރިފްރެޝިން ބުއިމެއްގެ ރެސިޕީ؛ މިއަދު ޓްރައިކޮށްލާ ކަހަލަދޯ؟

ފިނި ދުވަހެއްވިޔަސް ހޫނު ދުވަހެއްވިޔަސއ ރިފްރެޝިން ބުއިމެއް ބުއިލުމަކީ ވަރަށް ތާޒާކަން އިހްސާސް ކުރުވައިދޭ ކަމެކެވެ. އެހެންކަމުން މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ސިއްހަތަށް ފައިދާ ހުރި، ހަށިގ...

މިއޮތީ ތައްޔާރު ކޮށްލަން ފަސޭހަ، ރަހަމީރު ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީ
06 Mar 2026 ލައިފްސްޓައިލް

މިއޮތީ ތައްޔާރު ކޮށްލަން ފަސޭހަ، ރަހަމީރު ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީ

ކޯން ޕިއްޒާ އަކީ މިހާރު އެންމެ ޓްރެންޑިން ގިނަ ބައެއްގެ މެދުގައި ވަރަށް މަގުބޫލު އެއްޗަކަށް މިވަނީ ވެފައެވެ. އެހެންކަމުން މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ޗިކަން ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީއެވ...

މިއަދު މިއޮތީ ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވޭ ފޮނި އެއްޗެއްގެ ރެސިޕީ
27 Feb 2026 ލައިފްސްޓައިލް

މިއަދު މިއޮތީ ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވޭ ފޮނި އެއްޗެއްގެ ރެސިޕީ

ރޯދަ ވީއްލާ ގަޑީގައި ކުޅި އެއްޗެއް ކައިލުމަށްފަހު ފޮނި އެއްޗެއްގެ ރަހަބަލާލުމަށް ބޭނުންވާ މީހުން މަދެއް ނޫނެވެ. މިއީ އެފަދަ މީހުން ތައްޔާރު ކޮށްލަން ރަނގަޅު، ފަސޭހަ ގޮނި އެއްޗެއްގެ ރެސިޕީއެވެ. ބޭނުންވ...