ހާބަރު ސަރަހައްދު---ފޮޓޯ: ވޮއިސް
ހާބަރު ސަރަހައްދު---ފޮޓޯ: ވޮއިސް
ވިޔަފާރި 16 Feb 2025 | 09:47

އެފްޓީއޭގެ ދަށުން ޗައިނާއިން 1 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކުރި: ސައީދު

ޗައިނާއާއިއެކު ދިވެހި ސަރުކާރުން ހަދާފައިވާ ފްރީ ޓްރޭޑް އެއްބަސްވުމުގެ ދަށުން ޗައިނާއިން 1 ބިލިއަން ރުފިޔާގެ މުދާ ރާއްޖެއަށް އިމްޕޯޓްކޮށްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ޕީއެސްއެމްއާއި ރައީސް އޮފީހުން އިންތިޒާމްކުރި "އަހާ" ސިލްސިލާގެ ދަށުން ރޭ ބޭއްވި 4 ވަނަ ފޯރަމްގައި ވާހަކަދައްކަވަމުންނެވެ.

މި ފޯރަމްގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ ފަހަކަށް އައިސް އިމްޕޯޓް ޑިއުޓީގެ އާމްދަނީ ދަށްވުމަކީ އެފްޓީއޭއާ ގުޅުމެއް ނެތް ކަމެއް ކަމަށެވެ. އޭނާ ވިދާޅުވީ ޗައިނާއިން އިމްޕޯޓްކުރާ މުދަލުގެ ޖުމްލަ އަގު ގާތްގަނޑަކަށް 340 މިލިއަން ރުފިޔާގައި ހުރިއިރު، އެފްޓީއޭ އިން ލިބުނު ހަގީގީ ޑިއުޓީގެ ފައިދާއަކީ 23 މިލިއަން ރުފިޔާ ކަމަށެވެ. އެއީ ޖުމްލަ އިމްޕޯޓްގެ އެންމެ އެއް ޕަސެންޓްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ފްރީ ޓްރޭޑްއާއި މެދު ބައެއް ފަރާތްތަކުގެ ހިޔާލު ތަފާތުވިޔަސް، މި އެއްބަސްވުމަކީ ވިޔަފާރީގެ ހުރަސްތައް ކުޑަކުރުމަށް އެހީތެރިވެދޭ އަދި އިގްތިސާދީ ކުރިއެރުން ފަހިކޮށްދޭ އެއްބަސްވުމެއް ކަންވެސް އޭނާ ފާހަގަކުރެއްވި އެވެ.

2020 ވަނަ އަހަރުގެ މެއި މަހުގެ 1 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފެށި މޯލްޑިވްސް-ޗައިނާ އެފްޓީއޭގެ ދަށުން ރާއްޖެއިން ޗައިނާގެ އިމްޕޯޓްގެ 70 އިންސައްތަ ޑިއުޓީ އުވާލާފައި ވެއެވެ. މި އަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން ޗައިނާއަށް ބޭރުކުރާ ރާއްޖޭގެ އެކްސްޕޯޓްގެ ގާތްގަނޑަކަށް 95 އިންސައްތައިން ނަގާ ޓެރިފް ވެސް އުވާލާފައި ވެއެވެ. މީގެ އިތުރުން ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި ޗައިނާގެ އިމްޕޯޓްތަކުން ޑިއުޓީ މައާފުކުރުން 20 އިންސައްތަ އިތުރުވާގޮތަށް އެއްބަސްވެފައި ވެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި 2014 ވަނަ އަހަރު ފުރަތަމަ ސޮއިކުރެއްވި މި އެއްބަސްވުން 2018 ވަނަ އަހަރަށް ފަހު ތަންފީޒު ކުރުން ލަސްވި ނަމަވެސް 2017 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުން މި އެއްބަސްވުން ތަސްދީގުކުރި އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މާލެސިޓީގެ ޕާކިން ބިލްޑިންތަކުގެ މަސައްކަތް އަންނަ އަހަރުގެ ނޮވެންބަރަށް ނިންމަނީ
13 Oct 2026 ހަބަރު

މާލެސިޓީގެ ޕާކިން ބިލްޑިންތަކުގެ މަސައްކަތް އަންނަ އަހަރުގެ ނޮވެންބަރަށް ނިންމަނީ

ސަލާމަތީ ސަބަބުތަކަށްޓަކައި ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
08 Oct 2026 ދުނިޔެ

ސަލާމަތީ ސަބަބުތަކަށްޓަކައި ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި

ސަލާމަތީ ސަބަބުތަކަށްޓަކައި، ލޮޖިސްޓިކްސް ކުންފުނި "ޒިޕެލް" ޗައިނާގެ ޝިޕިން ގްރޫޕް ކޮސްކޯ އަށް ވިއްކާލުން ޖަރުމަނުވިލާތުގެ ސަރުކާރުން ހުއްޓުވާފައިވާ ކަމަށް އެ ގައުމުގެ އިކޮނޮމީ މިނިސްޓްރީން އިއްޔެ ބުނ...

އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
04 Oct 2026 ހަބަރު

އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު

މާލެ ސަރަހައްދަށް އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައިވާ އުޅަނދުތަކުގެ މައްސަލަތައް ގިނަ ކަމަށާ އެ މައްސަލަތައް ބަލާ ފިޔަވަޅު އަޅާނެ ކަމަށް ޓްރާސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ. އޮޅު...

ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރުމަށް ދަނީ ތައްޔާރުވަމުން: ސައީދު
04 Oct 2026 ހަބަރު

ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރުމަށް ދަނީ ތައްޔާރުވަމުން: ސައީދު

މާލެ ސަރަހައްދުގެ ޓްރެފިކް މައްސަލައަށް ހައްލު ހޯދުމުގެ ގޮތުން ސްކޫލް ދަރިވަރުންނަށް ޚާއްޞަ ބަސް ރޫޓުތަކާއި ބާރުބޮޑު ގަޑިތަކުގައި ދަތުރުކުރާނެ ބަސްތައް ފެށުމަށް މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށް ...

ޗައިނާއަކީ ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެއް؛ ގުޅުން އިތުރަށް ބަދަހިކުރަން މަސައްކަތްކުރާނަން: ރައީސް މުޢިއްޒު
01 Oct 2026 ހަބަރު

ޗައިނާއަކީ ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެއް؛ ގުޅުން އިތުރަށް ބަދަހިކުރަން މަސައްކަތްކުރާނަން: ރައީސް މުޢިއްޒު

ޗައިނާއަކީ އަބަދުވެސް ރާއްޖޭގެ ތަރައްޤީގެ ދަތުރުގައި ދެމިއޮތް ވަރުގަދަ ބައިވެރިއެއް ކަމަށާއި، ދެ ޤައުމުގެ ގުޅުމުގެ ސަބަބުން ދިވެހި ރައްޔިތުންނަށް މުހިންމު ފުރުޞަތުތަކެއް ފަހިވަމުންދާ ކަމަށް ރައީސުލްޖު...

ތިލަފުށީ ޕޯޓަކީ ވިޔަފާރިއާއި އިޤްތިޞާދީ ތަރައްޤީއާ އެންމެ ބޮޑަށް ގުޅިފައިވާ އެއް މަޝްރޫޢު: ސައީދު
30 Sep 2026 ހަބަރު

ތިލަފުށީ ޕޯޓަކީ ވިޔަފާރިއާއި އިޤްތިޞާދީ ތަރައްޤީއާ އެންމެ ބޮޑަށް ގުޅިފައިވާ އެއް މަޝްރޫޢު: ސައީދު

ތިލަފުށީ ޕޯޓަކީ ރާއްޖޭގެ ވިޔަފާރި އާއި އިޤްތިޞާދީ ތަރައްޤީއާ އެންމެ ބޮޑަށް ގުޅިފައިވާ އެއް މަޝްރޫޢުކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނ...