ވަޒީރު ސައީދު.. ފޮޓޯ: ރައީސް އޮފީސް
ވަޒީރު ސައީދު.. ފޮޓޯ: ރައީސް އޮފީސް
ހަބަރު 04 Oct 2026 | 17:33

ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރުމަށް ދަނީ ތައްޔާރުވަމުން: ސައީދު

މާލެ ސަރަހައްދުގެ ޓްރެފިކް މައްސަލައަށް ހައްލު ހޯދުމުގެ ގޮތުން ސްކޫލް ދަރިވަރުންނަށް ޚާއްޞަ ބަސް ރޫޓުތަކާއި ބާރުބޮޑު ގަޑިތަކުގައި ދަތުރުކުރާނެ ބަސްތައް ފެށުމަށް މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށް އިގްތިސާދީ ތަރައްޤީ އާއި ދަތުރުފަތުރާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހާއި ޕީއެސްއެމް ގުޅިގެން ބާއްވާ އަހާ ފޯރަމުގެ މިފަހަރުގެ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، މާލޭ މަގުތަކުގެ 82 އިންސައްތަ މިހާރު އޮތީ ވެހިކަލްތަކުން ފުރިބާރުވެފައިކަމަށެވެ. އެގޮތުން މާލެ ސަރަހައްދުގައި ޖުމްލަ 130,806 ވެހިކަލް ރަޖިސްޓްރީކޮށްފައިވާއިރު އޭގެ ތެރޭގައި 14,911 ކާރާއި 115,895 ސައިކަލު ހިމެނޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މާލޭގެ ޖާގަ އިތުރަށް ފުޅާކުރެވެން ނެތުމާ އެކު ސަރުކާރުން ރާވާފައިވަނީ މާލެ ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރެވޭ ސަރަހައްދަކަށް ބަދަލުކޮށް ޢާންމު ދަތުރުފަތުރުގެ ނިޒާމަށް ބަރޯސާވުން އިތުރުކުރުން ކަމަށް ވަޒީރު ވިދާޅުވިއެވެ.

އެ މަސައްކަތް ކުރިއަށް ގެންދިޔުމަށްޓަކައި ޓްރެފިކް މައްސަލަތަކަށް ޚާއްޞަ މިނިވަން އޮފީހެއް ޤާއިމުކޮށް ޢަމަލީ މަސައްކަތް ފެށިފައިވާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

ކުރިއަށް ރޭވިފައިވާ ބަސް ޚިދުމަތާ ގުޅޭ ގޮތުން ވަޒީރު ވިދާޅުވީ "ފޭސް 2 އަދި ފޭސް 1އިން އެކި ބޭނުންތަކަށް މާލެއަށް ވަޑައިގަންނަވާ ބޭފުޅުންނާއި އަދި މާލެއިން އެކި ބޭނުންތަކަށް ރަޝް އަވާސްތަކުގައި ހުޅުމާލެއަށް ވަޑައިގަންނަވާ ބޭފުޅުންނަށް މި ޕްލޭންގެ ތެރޭގައި ހިމެނޭނެ ފޭސް 2އިން ވެލަނާގެ ސަރަހައްދަށް އަދި ގްރީން ޒޯންތަކަށް ވަކި ގަޑިތަކެއްގައި ދަތުރުކުރާ ބަސްތަކެއް ތައާރަފްކުރުން. އަދި އަޅުގަނޑުމެން މި ގަސްތުކުރަނީ ސްކޫލްތަކަށް ދަތުރުކުރާ ސްކޫލް ފްރެންޑްލީ ބަސްތަކެއް ތަޢާރަފްކުރުމަށްވެސް"

ވަޒީރު މުހައްމަދު ސައީދު

މީގެ އިތުރުން މާލޭ ރިންގް ރޯޑުގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާ ކަމާއި ޓްރެފިކް ލައިޓް ހަރުކުރުމާއި މަގުމަތީ ފުލުހުންގެ ދައުރު އިތުރުކުރުމާއި ވަކި ސީސީތަކަކުން ފީ ނެގުން ފަދަ ފިޔަވަޅުތައް މާސް ޓްރާންސްޕޯޓް މޮބިލިޓީ ޕްލޭންގެ ދަށުން ރޭވިފައިވާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ސަޢީދު ވިދާޅުވި ގޮތުގައި މި މަސައްކަތްތައް ރޭވުންތެރިކަމާ އެކު ކުރިއަށް ގެންގޮސް ކުރިއަށް އޮތް ތިން އަހަރު ތެރޭގައި މާލޭގެ ޓްރެފިކް މައްސަލައަށް އެދެވޭ ހައްލެއް ލިބޭނެ ކަމަށް އުއްމީދުކުރައްވާކަމަށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މާލެސިޓީގެ ޕާކިން ބިލްޑިންތަކުގެ މަސައްކަތް އަންނަ އަހަރުގެ ނޮވެންބަރަށް ނިންމަނީ
13 Oct 2026 ހަބަރު

މާލެސިޓީގެ ޕާކިން ބިލްޑިންތަކުގެ މަސައްކަތް އަންނަ އަހަރުގެ ނޮވެންބަރަށް ނިންމަނީ

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ
13 Oct 2026 ހަބަރު

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ

މިހާދިސާ ހިނގީ ރޭ ގާތް ގަނޑަކަށް 9 ޖަހާލާ ކަންހާއިރު، 3 މީހުންނާއެކު ކައްޓެޅި ބާނަން ގޮސް އޮތް ބޮއްކުރާގައި ބަނދަރުން ނުކުމެގެން ދަތުރުކުރި ލޯންޗުން ޖެހިގެންނެވެ.

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...