ސައީދުގެ އިތުބާރު އޮތް ކަމަށް މަޖިލީހުން ފާސްކޮށްފި
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ އިތުބާރު އޮތް ކަމަށް މަޖިލީހުގެ އަޣުލަބިއްޔަތުން ފާސްކޮށްފިއެވެ.
ސައީދުގެ އިތުބާރު ނެތް ކަމަށްބުނެ އެމްޑީޕީގެ 13 މެންބަރުންގެ ސޮޔާއެކު މަޖިލީހަށް ހުށަހެޅި މައްސަލަ ފާސްކުރަން ވޯޓް ދެއްވީ އެންމެ 10 މެންބަރުންނެވެ. ފާސްނުކުރަން 54 މެންބަރުން ވަނީ ވޯޓު ދެއްވާފައެވެ.
މި މައްސަލަ އެމްޑީޕީން ހުށަހެޅީ، ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާ ހަވާލުކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކުރުމުގައި ގާނޫނު އަސާސީއާ ކަނޑައެޅިގެން ޚިލާފުވެ، ވަޒީރުންގެ މަޖިލީހުގެ މެންބަރުން ކުރުން މަނާކޮށްފައިވާ އަމަލުތަކެއް ހިންގާފައިވާ ކަމަށް ބުނެއެވެ.
އެ މައްސަލައިގައި ފާހަގަކޮށްފައިވާ މައިގަނޑު ކަންކަމަކީ؛
ޑޮލަރުގެ އަގު ކަޅުބާޒާރުގައި އުފުލި ތަކެތީގެ އަގު ބޮޑުވުން
ދައުލަތުގެ މުދަލާއި ފައިސާ ރައްކާތެރިކަމާއެކު ނުބެލެހެއްޓުން،
ބަންކަރިންގެ ހިދުމަތުން ލިބޭނެ ކަމަށް ލަފާކުރި 400 މިލިއަން ޑޮލަރު ނުލިބޭ މައްސަލަ
ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުމަށް ހުރަސްއެޅުއްވުން
ނަމަވެސް، މަޖިލީހުގައި މި ތުހުމަތުތަކުން ދިފާއުވެވަޑައިގެން ވާހަކަދައްކަވަމުން މިނިސްޓަރު ސައީދު ވަނީ އެ ހުރިހާ ވާހަކަތަކެއް ދޮގުކުރައްވައި، ރާއްޖޭގެ އިގްތިސާދީ ހާލަތު އަންނަނީ ރަނގަޅުވަމުން ކަމަށް ވިދާޅުވެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް