މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން- ފޮޓޯ/ މަޖިލިސް
މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން- ފޮޓޯ/ މަޖިލިސް
ހަބަރު 04 Nov 2026 | 07:40

މާލެސިޓީ ކައުންސިލުގެ ދަށުގައި އޮތް 14 ބިމެއް ދައުލަތަށް ނެގުމާ ދެކޮޅު ގަރާރު ބޭރުކޮށްލައިފި

މާލޭ ސިޓީ ކައުންސިލްގެ ބެލެނިވެރިކަމުގައި ހުރި 14 ބިމެއް ދައުލަތުގެ މިލްކިއްޔާތަށް ބަދަލުކުރަން ހައުސިންގ މިނިސްޓްރީން ނިންމި ނިންމުމާ ދެކޮޅަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ގަރާރު، ބޭރުކޮށްލައިފިއެވެ.

މިއަދު ބޭއްވި ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 63 މެންބަރުންގެ ތެރެއިން 52 މެންބަރުން ވޯޓު ދެއްވީ ގަރާރަށް ބަހުސް ކުރުމާ ދެކޮޅަށެވެ. ގަރާރާ އެއްކޮޅަށް ވޯޓު ދެއްވީ 11 މެންބަރުންނެވެ.

މީކާއީލްގެ ގަރާރުގައި ފާހަގަކޮށްފައިވާ ގޮތުގައި، ޤައުމީ މަޝްރޫޢުތަކަށް ކައުންސިލެއްގެ ސަރަޙައްދުން ބިން ނެގުމުގެ ބާރު މިނިސްޓަރުންގެ މަޖިލީހަށް ލިބިދީފައި އޮތް ނަމަވެސް، ލާމަރުކަޒީ ޤާނޫނުގައި އެކަމަށް ކަނޑައެޅިފައިވާ އިޖުރާއަތުތަކެއް ފުރިހަމަ ކުރަން ޖެހެއެވެ. އެ ގޮތުން ބިން ވަކިކުރުމުގެ ކުރިން ހިންގާ މަޝްރޫޢުގެ ތަފުސީލު ކައުންސިލާ ހިއްސާކޮށް، ކައުންސިލުގެ ޚިޔާލު ހޯދަން ޤާނޫނުގައި ލާޒިމުކޮށްފައިވެއެވެ.

ނަމަވެސް ހައުސިންގ މިނިސްޓްރީން މި ނިންމުން ނިންމީ ސިޓީ ކައުންސިލާ އެއްވެސް މަޝްވަރާއެއް ކުރުމެއް ނެތި، ބިންތަކުގައި ހިންގާނެ މަޝްރޫޢުތަކުގެ ނަން ފިޔަވައި އެހެން ތަފުސީލެއް ހާމަ ނުކޮށް ކަމަށް ގަރާރުގައި ބުނެފައިވެއެވެ. މީގެ އިތުރުން، މި ބިންތަކަކީ މިސްކިތްތައް ބެލެހެއްޓުމާއި އިދާރީ ހިންގުމުގެ ޚަރަދުތައް ހަމަޖެއްސުމަށް ކައުންސިލަށް އާމްދަނީ ލިބެމުން އައި ބިންތައް ކަމުން، އެ ބިންތައް ނެގުމުން ކައުންސިލުގެ މާލީ ހާލަތަށް ބޮޑެތި ގެއްލުންތައް ލިބޭނެ ކަމަށް ވެސް ގަރާރުގައި ބަޔާންކޮށްފައިވެއެވެ.

ގަރާރުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، ތޮއްޖެހުން ކުޑަކުރުމަށް ޕާކިންގ އިމާރާތްތަކާއި ހިތްފަސޭހަ މައިޒާންތައް ތަރައްޤީކުރުމުގެ ޕްލޭންތައް ކައުންސިލުން އެކުލަވާލަމުން ދަނިކޮށް ސަރުކާރުން މިފަދަ ނިންމުމެއް ނިންމުމަކީ މާލޭ ރައްޔިތުންނަށް ލިބޭ ގެއްލުމެއް ކަމަށާއި، ލާމަރުކަޒީ ނިޒާމަށް ހުރަސް އެޅޭނެ ކަމެއް ކަމަށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ސައީދުގެ އިތުބާރު އޮތް ކަމަށް މަޖިލީހުން ފާސްކޮށްފި
04 Nov 2026 ހަބަރު

ސައީދުގެ އިތުބާރު އޮތް ކަމަށް މަޖިލީހުން ފާސްކޮށްފި

ސައީދުގެ އިތުބާރު ނެތް ކަމަށްބުނެ އެމްޑީޕީގެ 13 މެންބަރުންގެ ސޮޔާއެކު މަޖިލީހަށް ހުށަހެޅި މައްސަލަ ފާސްކުރަން ވޯޓް ދެއްވީ އެންމެ 10 މެންބަރުންނެވެ. ފާސްނުކުރަން 54 މެންބަރުން ވަނީ ވޯޓު ދެއްވާފައެވެ.

ތަކުރާރުކޮށް މިސްކިތަށް ބޮޑުކަމުދާ ނައުޝާދު ބަންދުން ދޫކޮށްލުމުން އެނބުރި މިސްކިތަށް
04 Nov 2026 ހަބަރު

ތަކުރާރުކޮށް މިސްކިތަށް ބޮޑުކަމުދާ ނައުޝާދު ބަންދުން ދޫކޮށްލުމުން އެނބުރި މިސްކިތަށް

މިމަހުގެ 10 ވަނަ ދުވަހު ފަތިހު 4:14 ހާއިރު ފުރުގާން މިސްކިތަށް ވަދެ، މިސްކިތަށް ބޮޑުކަމުގޮސް، މިސްކިތުގެ ހުރުމަތް ކެނޑޭފަދަ އިޖުތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތަކެއް ހިންގި މައްސަލައިގައި ނައުޝާދު ހައްޔަރުކޮށް ބަންދު މުއްދަތު ޖަހަން ކޯޓަށް ހާޒިރު ކުރުމުން ބަންދަށް ދިނީ 15 ދުވަހެވެ.

ކުރަނީ ހަގީގަތާ ޚިލާފް ތުހުމަތުތަކެއް؛ ރަސްމީ ރޭޓްގައި ޑޮލަރު ދޫކުރި މިންވަރު %80 އިތުރު: ސަޢީދު
04 Nov 2026 ހަބަރު

ކުރަނީ ހަގީގަތާ ޚިލާފް ތުހުމަތުތަކެއް؛ ރަސްމީ ރޭޓްގައި ޑޮލަރު ދޫކުރި މިންވަރު %80 އިތުރު: ސަޢީދު

ޑޮލަރު ރޭޓާއި ގުޅިގެން އެމަނިކުފާނަށް ކުރައްވަނީ ދޮގު ތުހުމަތުތަކެއް ކަމަށާ، ރަސްމީ ރޭޓްގައި މި ސަރުކާރުން ދޫކުރި ޑޮލަރުގެ ނިސްބަތް 80% އިތުރު ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

އެއްވެސް ބާރެއްގެ ބަނޑުދޮށުގައި އޮތުމުގެ ބަދަލުގައި މަސައްކަތް ކުރަން ޖެހެނީ އަމިއްލަ ފައިމައްޗަށް ތެދުވަން: ދިފާއީ ވަޒީރު
03 Nov 2026 ހަބަރު

އެއްވެސް ބާރެއްގެ ބަނޑުދޮށުގައި އޮތުމުގެ ބަދަލުގައި މަސައްކަތް ކުރަން ޖެހެނީ އަމިއްލަ ފައިމައްޗަށް ތެދުވަން: ދިފާއީ ވަޒީރު

"އެއްވެސް ބާރެއްގެ ބަނޑުދޮށުގައި އޮތުމުގެ ބަދަލުގައި މަސައްކަތް ކުރާން ޖެހެނީ އަމިއްލަ ފައިމައްޗަށް ކޮޅަށް ތެދުވުމަށްކަން" ނަސްރުގެ ދުވަހުގެ އިބްރަތްތައް ހަނދާންކޮށްދެއްވާ ވަޒީރު ވިދާޅުވި އެެވެ.

ނޮވެންބަރު ތިނެއްގެ ޝަރަފުގެ ޚާއްސަ އައްޑަނަ ސިފައިންގެއިން ނިކުތް ބަތަލުންނަށް
03 Nov 2026 ހަބަރު

ނޮވެންބަރު ތިނެއްގެ ޝަރަފުގެ ޚާއްސަ އައްޑަނަ ސިފައިންގެއިން ނިކުތް ބަތަލުންނަށް

ނޮވެންބަރު ތިނެއްގެ ޝަރަފުގެ ޚާއްސަ އައްޑަނަ ފަސް ބޭފުޅަކަށް މިރޭ އަރުވައިފި އެވެ.

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި
02 Nov 2026 ހަބަރު

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި

ނުކުޅެދުންތެރިކަމެއް ނުވަތަ ނަފުސާނީ މައްސަލައެއްގެ ސަބަބުން ސްކޫލަކަށް ގޮސް ކިޔަވަން އުޒުރުވެރިވާ ދަރިވަރުން ގޭގައި ތިބެގެން ތަޢުލީމް ހާސިލް ކުރެވޭނެ މަގުފަހިކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއް ހުށަހެޅުއްވީ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް އެވެ.

އަންނަ އަހަރަށް ލަފާކޮށް 59.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅައިފި
29 Oct 2026 ހަބަރު

އަންނަ އަހަރަށް ލަފާކޮށް 59.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅައިފި

2027 ވަނަ އަހަރަށް ލަފާކޮށް ޖުމްލަ 59.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅައިފިއެވެ. މިއީ 2026 ވަނަ އަހަރަށް ފާސްކުރި ބަޖެޓާ އަޅާބަލާއިރު 4.5 ބިލިއަން ރުފިޔާ ދަށް އަދަދެކެވެ..

ރައީސް ނަޝީދު ހޯމް ސްކޫލިން ގުޅުވާލީ ދީނާ؛ އެކަމާ ދެކޮޅަށް ހަރުކަށި އިތުރު ޕޯސްޓެއް
29 Oct 2026 ހަބަރު

ރައީސް ނަޝީދު ހޯމް ސްކޫލިން ގުޅުވާލީ ދީނާ؛ އެކަމާ ދެކޮޅަށް ހަރުކަށި އިތުރު ޕޯސްޓެއް

ނުކުޅެދުންތެރިކަމެއް ނުވަތަ ނަފުސާނީ މައްސަލައެއްގެ ސަބަބުން ސްކޫލަކަށް ގޮސް ކިޔަވަން އުޒުރުވެރިވާ ދަރިވަރުން ގޭގައި ތިބެގެން ތަޢުލީމް ހާސިލްކުރެވޭނެ މަގުފަހިކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލަކީ އަންހެން ކުދިން "ޖާރިޔާއިންނަށް" ހެދުމަށް ހުށަހެޅި ބިލެއްގެ ގޮތުގައި ސިފަކުރައްވައި، ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެ ބިލާ ދެކޮޅަށް އިތުރު ހަރުކަށި ޕޯސްޓެއް ކުރައްވައިފިއެވެ.