ނޮވެންބަރު ތިނެއްގެ ޝަރަފުގެ ޚާއްސަ އައްޑަނަ ސިފައިންގެއިން ނިކުތް ބަތަލުންނަށް
ނޮވެންބަރު ތިނެއްގެ ޝަރަފުގެ ޚާއްސަ އައްޑަނަ ފަސް ބޭފުޅަކަށް މިރޭ އަރުވައިފި އެވެ.
ޖުމްހޫރީ މައިދާނުގައި އޮތް ނަސްރުގެ ދުވަހުގެ ޚާއްސަ ޖަލްސާގައި ނޮވެންބަރު ތިނެއްގެ ޝަރަފުގެ ޚާއްސަ އައްޑަނަ ދެއްވީ ނޮވެންބަރު ތިނެއްގެ އެ ބިރުވެރި ވަގުތު ސިފައިންގެއިން ހަނގުރާމާއިގެ މައިދާނަށް ނިކުންނެވި ފަސް ބޭފުޅުންނެވެ. މިއީ ސިފައިންގެ ރެކީ ޕެޓްރޯލްގެ ބޭފުޅުންނެވެ.
އެ ބޭފުޅުންނަށް ޝަރަފުގެ ޚާއްސަ އައްޑަނަ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެވެ.


ނޮވެންބަރު ތިނެއްގެ ޝަރަފުގެ ޚާއްސަ އައްޑަނަ އެރުވީ ސާޖަންޓް ފަސްޓް ކުލާސް ރިޔަޓާޑް އިބްރާހިމް ޝަރީފް އާއި ސްޓާފް ސާޖަންޓް ރިޔަޓާޑް ހުސައިން އަލީ އާއި ސާޖަންޓް ރިޔަޓާޑް ހުސައިން މަނިކާއި ކޯޕްރަލް ރިޔަޓާޑް ޢަބްދުﷲ ނަސީމާއި ލާސްކް ކޯޕްރަލް ރިޔަޓާޑް ޢަބްދުﷲ މުފީދަށެވެ.


ނޮވެންބަރު ތިނެއްގެ އުދުވާނީ ހަމަލާ ކުރިމަތިވި ދުވަހު ސިފައިންގޭގައި ތިއްބަވާ ހަނގުރާމައިގެ މައިދާނަށް ނިކުންނެވީ ނުވަ ބޭފުޅެކެވެ. އޭގެ ތެރެއިން ތިން ބޭފުޅަކު ޝަހީދުވި އެވެ. ރެކީ ޕެޓްރޯލްގެ ކޮމާންޑަރަކަށް ހުންނެވި ކުރީގެ ޑިފެންސް މިނިސްޓަރު އަދި ކުރީގެ ޗީފް އޮފް ޑިފެންސް ރިޓަޔާޑް މޫސާ އަލީ ޖަލީލެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް