މި ދައުރުގައި މިހާތަނަށް 806 ޒުވާނަކަށް ސިފައިންގެ ވަޒީފާ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި މިހާތަނަށް 806 ޒުވާނުންނަށް ސިފައިންގެ ހިދުމަތުން ފުރުސަތު ދީފައިވާ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އިބްރާހިމް ހިލްމީ ވިދާޅުވެއްޖެ އެވެ.
ޗީފް މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި މިއަދު، ޖުމްހޫރީ މައިދާނުގައި ކުރިއަށްގެންދިޔަ ސިފައިންގެ އަސްކަރީ ހުށަހެޅުން ފެށުމުގެ ކުރީން ދެއްކެވި ވާހަކަފުޅުގަ އެވެ. ޗީފް ވިދާޅުވީ މި ދައުރަކީ ސިފައިންގެ އަދަދު އިތުރުކުރެއްވުމަށް ހާއްސަ އިސްކަމެއް ދީފައިވާ ދައުރެއް ކަމަށެވެ. އެގޮތުން މި ދައުރުގައި މިހާތަނަށް 806 ޒުވާނުން ސިފައިންގެ ވަޒީފާއަށް ނިކުމެފައިވާ ކަމުގައި ވިދާޅުވި އެވެ.
މީގެ އިތުރުން ޗީފް ވަނީ މިއީ ރާއްޖޭގެ އަސްކަރީ ތާރީހުގައި އެންމެ ގިނަ ވަސީލަތްތައް އެ ދާއިރާއަށް ފަހިކޮށްދީ އަދި އެންމެ ބޮޑު ހޭދައެއް ކުރި ދައުރުކަން ފާހަގަ ކުރައްވާފަ އެވެ. އެގޮތުން މިހާތަނަށް ކުރެވިފައިވާ ގިނަ ކަންތައްތައް ހިއްސާ ކުރެއްވި އެވެ. އަދި މިހާރު ހިނގަމުންދާ ކަންކަމާއި އަލަށް ހޯއްދަވައިދެއްވި ވަސީލަތްތަކާއި އަދި ހޯއްދަވައި ދެއްވަން ނިންމާފައިވާ ވަސީލަތްތަކުގެ ތަފްސީލު ދެއްވި އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް