ދިފާއީ ވަޒީރު
ދިފާއީ ވަޒީރު
ހަބަރު 03 Nov 2026 | 18:43

އެއްވެސް ބާރެއްގެ ބަނޑުދޮށުގައި އޮތުމުގެ ބަދަލުގައި މަސައްކަތް ކުރަން ޖެހެނީ އަމިއްލަ ފައިމައްޗަށް ތެދުވަން: ދިފާއީ ވަޒީރު

އެއްވެސް ބާރެއްގެ ބަނޑުދޮށުގައި އޮތުމުގެ ބަދަލުގައި މަސައްކަތް ކުރަން ޖެހެނީ އަމިއްލަ ފައިމައްޗަށް ތެދުވުމަށް ކަމަށާ ނޮވެންބަރު ތިނެއްގެ ހާދިސާއިން ލިބޭ އެންމެ ބޮޑު އިބްރަތަކީ އެއީ ކަމުގައި ދިފާއީ ވަޒީރު ހަސަން ރަޝީދު ވިދާޅުވެއްޖެ އެވެ.

ވަޒީރު މިހެން ވިދާޅުވީ 38 ވަނަ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. ވަޒީރު ވިދާޅުވީ ނޮވެންބަރު ތިނެއްގެ ހާދިސާއިން ލިބޭ އެންމެ ބޮޑު އެއް އިބްރަތަކީ ގައުމީ މަސްލަހަތަށް އިސްކަންދޭން ޖެހުމެވެ. އަދި އެކަން ކުރެވޭނީ އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ ގައުމެއް ބިނާކުރެވިގެން ކަމުގައި ވިދާޅުވި އެވެ.

"އެއްވެސް ބާރެއްގެ ބަނޑުދޮށުގައި އޮތުމުގެ ބަދަލުގައި މަސައްކަތް ކުރާން ޖެހެނީ އަމިއްލަ ފައިމައްޗަށް ކޮޅަށް ތެދުވުމަށްކަން" ނަސްރުގެ ދުވަހުގެ އިބްރަތްތައް ހަނދާންކޮށްދެއްވާ ވަޒީރު ވިދާޅުވި އެެވެ.

މީގެ އިތުރުން ވަޒީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދިފާއީ ސިޔާސަތަކީ އެއްވެސް ބޭރުގެ ބަޔަކަށް ބަރޯސާނުވެ ދިވެހިން އަމިއްލައަށް ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް ދެމެހެއްޓުން ކަމަށެވެ. އަދި އެކަން ކަށަވަރުކޮށް ދެއްވުމަށް ދިވެހި އަސްކަރިއްޔާގެ ގާބިލުކަން އިތުރުކުރުމަށް މިހާތަނަށް ވަރަށް ގިނަ މަސައްކަތް ކުރެވިފައިވާ ކަމުގައި ވިދާޅުވި އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އިޓަލީ ސަރުކާރުންދޭ ހިތްވަރުގަދަކަމުގެ އެންމެ މަތީ ޝަރަފު މަރުޙޫމް މުޙައްމަދު މަހުދީގެ ހަނދާނަށް އަރުވައިފި
04 Nov 2026 ހަބަރު

އިޓަލީ ސަރުކާރުންދޭ ހިތްވަރުގަދަކަމުގެ އެންމެ މަތީ ޝަރަފު މަރުޙޫމް މުޙައްމަދު މަހުދީގެ ހަނދާނަށް އަރުވައިފި

ވ. އަތޮޅުގައި ކަނޑުއަޑީގެ ހޮހަޅައަކަށް ގެއްލުނު އިޓަލީވިލާތުގެ ފަތުރުވެރިންތަކެއް ސަލާމަތްކުރުމުގެ އޮޕަރޭޝަނުގައި އުޅުއްވަނިކޮށް ނިޔާވި، އެމްއެންޑީއެފްގެ ސާޖަންޓް ފަސްޓް ކްލާސް މަރުޙޫމް މުޙައްމަދު މަހުދީގެ ޚިދުމަތާއި އާދަޔާޚިލާފު ހިތްވަރުގެ އަގުވަޒަންކޮށް، އިޓަލީ ސަރުކާރުން ދޭ ހިތްވަރުގަދަކަމުގެ އެންމެ މަތީ ޝަރަފު އޭނާގެ ހަނދާނަށް އަރުވައިފިއެވެ.

ގިރާވަރުފަޅުން 115 ހެކްޓަރުގެ ބިން ހިއްކައިފި
04 Nov 2026 ހަބަރު

ގިރާވަރުފަޅުން 115 ހެކްޓަރުގެ ބިން ހިއްކައިފި

ގިރާވަރުފަޅުން ޖުމްލަ 167.15 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު، މިހާތަނަށް ހިއްކުނު 115 ހެކްޓަރާއެކު މުޅި މަޝްރޫއުގެ 68 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައި

ރައީސް ޑރ. މުޢިއްޒުގެ ދަތުރުފުޅާއެކު ޕާކިސްތާނާއި ރާއްޖޭގެ ގުޅުން އާ އުސްމިންތަކަކަށް ވާސިލްވެއްޖެ: ސަފީރު ލޯދީ
04 Nov 2026 ހަބަރު

ރައީސް ޑރ. މުޢިއްޒުގެ ދަތުރުފުޅާއެކު ޕާކިސްތާނާއި ރާއްޖޭގެ ގުޅުން އާ އުސްމިންތަކަކަށް ވާސިލްވެއްޖެ: ސަފީރު ލޯދީ

ޕާކިސްތާނުގެ ވަރލްޑް އީކޯ ނިއުސްއަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައި ސަފީރު ލޯދީ ވިދާޅުވީ، މިއީ 11 އަހަރުގެ މެދުކެނޑުމަކަށްފަހު ދިވެހި ދައުލަތުގެ އެންމެ އިސްވެރިޔާ ޕާކިސްތާނަށް ކުރެއްވި ފުރަތަމަ ދަތުރުފުޅު ކަމަށެވެ. އަދި މި ދަތުރުފުޅު ކުރައްވާފައިވަނީ ދެ ޤައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށް ކަމަށްވުމުން، މިއީ ވަރަށް މުހިންމު އަދި ތާރީޚީ ދަތުރުފުޅެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

ތ. އަތޮޅު ހޮސްޕިޓަލް ޒަމާނީ ފެންވަރަށް ތަރައްޤީކުރަން ކުވެއިތު ފަންޑުން 9.7 މިލިއަން ޑޮލަރުގެ ލޯނެއް
04 Nov 2026 ހަބަރު

ތ. އަތޮޅު ހޮސްޕިޓަލް ޒަމާނީ ފެންވަރަށް ތަރައްޤީކުރަން ކުވެއިތު ފަންޑުން 9.7 މިލިއަން ޑޮލަރުގެ ލޯނެއް

މިއީ ފާއިތުވި 50 އަހަރުގެ ތެރޭގައި ރާއްޖޭގެ ޞިއްޙީ ދާއިރާއަށް އެ ފަންޑުން އެހީތެރިކަން ފޯރުކޮށްދިން ފުރަތަމަ ފަހަރެވެ.

ބުޅަލަށް އަނިޔާކުރުން ފޮއްދޫގައި އާންމުވެ، އެކަން ހުއްޓައިލުމަށް ކައުންސިލުން އަންގައިފި
04 Nov 2026 ހަބަރު

ބުޅަލަށް އަނިޔާކުރުން ފޮއްދޫގައި އާންމުވެ، އެކަން ހުއްޓައިލުމަށް ކައުންސިލުން އަންގައިފި

ފޮއްދޫ ކައުންސިލުން ނެރުނު އިއުލާނެއްގައި، އެ އިދާރާއިން ވަނީ ރަށުގައި އުޅޭ ބުޅާތަކަށް ބައެއް ފަރާތްތަކުން އަނިޔާކޮށް ފުރާނައަށް ގެއްލުންދެމުންދާ ކަމުގެ ޝަކުވާތައް މިފަހަކަށް އައިސް ލިބެމުން އަންނަ ކަމަށް ބުނެފައެވެ. އެގޮތުން ކައުްނސިލުން ވަނީ އެކަން ވަނީ އެ ރަށު ކައުންސިލުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.

ރަށްރަށުގެ ތާރީހު ރައްކާތެރިކުރަން ތަރިކައާ ބެހޭ ކޯހެއް ހިންގުމަށް މީހުން ހޯދަނީ
04 Nov 2026 ހަބަރު

ރަށްރަށުގެ ތާރީހު ރައްކާތެރިކުރަން ތަރިކައާ ބެހޭ ކޯހެއް ހިންގުމަށް މީހުން ހޯދަނީ

ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ބުނީ މުޅިން އަލަށް ފަށާ މި ކޯހަކީ ދިވެހިންގެ ސަގާފީ އަދި ތާރީހީ ހަނދާންތައް އެއްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ނިންމެވުމުގެ ދަށުން ކުރިއަށްގެންދާ މުހިންމު މަސައްކަތެއް ކަމަށެވެ

ފަނޑިޔާރު އަލީ ރަޝީދަށް ޝަރަފުވެރިކަމާއެކު ވަކިވުމުގެ ފުރުސަތުދޭން ޖޭއެސްސީން ނިންމައިފި 
04 Nov 2026 ހަބަރު

ފަނޑިޔާރު އަލީ ރަޝީދަށް ޝަރަފުވެރިކަމާއެކު ވަކިވުމުގެ ފުރުސަތުދޭން ޖޭއެސްސީން ނިންމައިފި 

އެ ކޮމިޝަނުން ބުނީ އޮކްޓޯބަރު 28 ވަނަ ދުވަހު ބޭއްވި އެ ކޮމިޝަނުގެ ޖަލްސާގައި ފަނޑިޔާރު އަލީ ރަޝީދު އެދިވަޑައިގެންނެވި ގޮތަށް ޝަރަފުވެރިކަމާއެކު ރިޓަޔާކޮށްދޭން އެ ކޮމިޝަނުން ފާސްކޮށްފައިވާ ކަމަށެވެ.