ބުޅަލެއް --- ފޮޓޯ: ވޮއިސް
ބުޅަލެއް --- ފޮޓޯ: ވޮއިސް
ހަބަރު 04 Nov 2026 | 13:26

ބުޅަލަށް އަނިޔާކުރުން ފޮއްދޫގައި އާންމުވެ، އެކަން ހުއްޓައިލުމަށް ކައުންސިލުން އަންގައިފި

ބުޅަލަށް އަނިޔާކުރުން ށ. ފޮއްދޫގައި އާންމުވެ، އެކަން ހުއްޓައިލުމަށް އެ ރަށު ކައުންސިލުން މިއަދު އަންގައިފިއެވެ.

ފޮއްދޫ ކައުންސިލުން ނެރުނު އިއުލާނެއްގައި، އެ އިދާރާއިން ވަނީ ރަށުގައި އުޅޭ ބުޅާތަކަށް ބައެއް ފަރާތްތަކުން އަނިޔާކޮށް ފުރާނައަށް ގެއްލުންދެމުންދާ ކަމުގެ ޝަކުވާތައް މިފަހަކަށް އައިސް ލިބެމުން އަންނަ ކަމަށް ބުނެފައެވެ. އެގޮތުން ކައުްނސިލުން ވަނީ އެކަން ވަނީ އެ ރަށު ކައުންސިލުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.

މީގެ އިތުރުން، ބުޅަލަށް އަނިޔާކުރުމާއި އޭގެ ފުރާނައަށް ގެއްލުންދިނުމަކީ ގާނޫނީ ގޮތުން ކުށެއް ކަމަށް ކައުންސިލުން ފާހަގަކޮށް، މިފަދަ އަމަލުތައް ހިންގާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެ އިދާރާއިން ވަނީ ދީފައެވެ.

ކައުންސިލުން ބުނެފައިވާ ގޮތުގައި، މިފަދަ އަމަލުތަކަކީ އެއްވެސް ވަރަކަށް ބަލައިގަނެވޭނެ ކަންކަމެއް ނޫނެވެ. އެހެންކަމުން، މިފަދަ އަމަލުތައް ނުހިންގުމަށް ރަށުގެ އެންމެހާ ފަރާތްތަކަށް ކައުންސިލުން ވަނީ ނަސޭހަތްތެރިވެފައެވެ.

މީގެ އިތުރުން، ޖަނަވާރު އޮޅުކޮށްގެން ގެންގުޅޭ ފަރާތްތަކުން އާންމު ރައްޔިތުންނަށް އުނދަގޫ ނުވާގޮތަށް ގެންގުޅުމަށް ކައުންސިލުން ވަނީ އިރުޝާދުދީފައެވެ. އަދި ޖަނަވާރަށް ކާންދޭން ބޭނުންވާ ފަރާތްތަކުން އެކަން ކުރަންޖެހޭނީ ހަމައެކަނި ގްރީން ހައުސް ސަރަހައްދުގައި، ލޯކަލް ބީޗާ ކައިރިނުވާ ސަރަހައްދެއްގައި ކަމަށް ވެސް ކަނޑައަޅާފައިވެއެވެ.

ހަމައެއާއެކު، އާންމު އިޖުތިމާއީ ސަރަހައްދުތަކާއި، މީހުންގެ ގެވަޅުތަކާއި، އަދި ފަޅުގޯތި ގޯއްޗަށް ކާން އެޅުމަކީ މަނާކަމެއް ކަމަށް ކައުންސިލުން ވަނީ އަންގާފައެވެ. މި އުސޫލާ ހިލާފުވާ ފަރާތްތަކާމެދު ވެސް ފިޔަވަޅު އެޅޭނެ ކަމަށާއި، މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް ކައުންސިލުން ވަނީ ޝުކުރު އަދާކޮށްފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ރަށްރަށުގެ ތާރީހު ރައްކާތެރިކުރަން ތަރިކައާ ބެހޭ ކޯހެއް ހިންގުމަށް މީހުން ހޯދަނީ
04 Nov 2026 ހަބަރު

ރަށްރަށުގެ ތާރީހު ރައްކާތެރިކުރަން ތަރިކައާ ބެހޭ ކޯހެއް ހިންގުމަށް މީހުން ހޯދަނީ

ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ބުނީ މުޅިން އަލަށް ފަށާ މި ކޯހަކީ ދިވެހިންގެ ސަގާފީ އަދި ތާރީހީ ހަނދާންތައް އެއްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ނިންމެވުމުގެ ދަށުން ކުރިއަށްގެންދާ މުހިންމު މަސައްކަތެއް ކަމަށެވެ

ފަނޑިޔާރު އަލީ ރަޝީދަށް ޝަރަފުވެރިކަމާއެކު ވަކިވުމުގެ ފުރުސަތުދޭން ޖޭއެސްސީން ނިންމައިފި 
04 Nov 2026 ހަބަރު

ފަނޑިޔާރު އަލީ ރަޝީދަށް ޝަރަފުވެރިކަމާއެކު ވަކިވުމުގެ ފުރުސަތުދޭން ޖޭއެސްސީން ނިންމައިފި 

އެ ކޮމިޝަނުން ބުނީ އޮކްޓޯބަރު 28 ވަނަ ދުވަހު ބޭއްވި އެ ކޮމިޝަނުގެ ޖަލްސާގައި ފަނޑިޔާރު އަލީ ރަޝީދު އެދިވަޑައިގެންނެވި ގޮތަށް ޝަރަފުވެރިކަމާއެކު ރިޓަޔާކޮށްދޭން އެ ކޮމިޝަނުން ފާސްކޮށްފައިވާ ކަމަށެވެ. 

މާރާމާރީގެ މައްސަލައެއްގައި ހައްޔަރުކުރި ޒުވާނަކު އެދުނީ ”ކިޔަވާ ކުއްޖެއް“ ވީމާ ދޫކޮށްލަން
04 Nov 2026 ހަބަރު

މާރާމާރީގެ މައްސަލައެއްގައި ހައްޔަރުކުރި ޒުވާނަކު އެދުނީ ”ކިޔަވާ ކުއްޖެއް“ ވީމާ ދޫކޮށްލަން

މާލޭގެ މަޖީދީމަގުގައި ހިންގި މާރާމާރީއެއްގެ ތުހުމަތުގައި ހައްޔަރުކުރި ޒުވާނަކު، އޭނާއަކީ ކިޔަވާ ކުއްޖެއް ކަމަށާއި ކުރެވެނީ ކުޑަ ތުހުމަތެއް ކަމަށް ބުނެ ބަންދުން ދޫކޮށްލުމަށް އެދުނު ނަމަވެސް، ކްރިމިނަލް ކޯޓުން އޭނާ ބަންދުކުރުމަށް އަމުރުކޮށްފިއެވެ.

ނޭޝަނަލް ތެލެސީމިއާ ސެންޓަރުގައި ލޭ ހަދިޔާކުރުމުގެ ހަރަކާތެއް ބާއްވަނީ
04 Nov 2026 ހަބަރު

ނޭޝަނަލް ތެލެސީމިއާ ސެންޓަރުގައި ލޭ ހަދިޔާކުރުމުގެ ހަރަކާތެއް ބާއްވަނީ

ނޭޝަނަލް ތެލެސީމިއާ ސެންޓަރުގައި ލޭ ހަދިޔާކުރުމުގެ ޚާއްޞަ ހަރަކާތެއް ބާއްވަން ނިންމައި އެ ހަރަކާތުގައި ވީހާވެސް ގިނަ ފަރާތްތަކަކުން ބައިވެރިވެ، ލޭ ހަދިޔާކުރުމަށް މޯލްޑިވްސް ބިޒްނަސް ސްކޫލް (އެމްބީއެސް) އިން އާންމުކޮށް ހުޅުވާލައިފިއެވެ

ސައީދުގެ އިތުބާރު އޮތް ކަމަށް މަޖިލީހުން ފާސްކޮށްފި
04 Nov 2026 ހަބަރު

ސައީދުގެ އިތުބާރު އޮތް ކަމަށް މަޖިލީހުން ފާސްކޮށްފި

ސައީދުގެ އިތުބާރު ނެތް ކަމަށްބުނެ އެމްޑީޕީގެ 13 މެންބަރުންގެ ސޮޔާއެކު މަޖިލީހަށް ހުށަހެޅި މައްސަލަ ފާސްކުރަން ވޯޓް ދެއްވީ އެންމެ 10 މެންބަރުންނެވެ. ފާސްނުކުރަން 54 މެންބަރުން ވަނީ ވޯޓު ދެއްވާފައެވެ.

ނ. ފޮއްދޫގައި ބުޅާ ގިނަވެ، ދިރޭ ތަކެއްޗަށް ކާން އެޅޭނެ ވަކި ސަރަހައްދެއް ކައުންސިލުން ކަނޑައަޅައިފި
16 Oct 2026 ހަބަރު

ނ. ފޮއްދޫގައި ބުޅާ ގިނަވެ، ދިރޭ ތަކެއްޗަށް ކާން އެޅޭނެ ވަކި ސަރަހައްދެއް ކައުންސިލުން ކަނޑައަޅައިފި

ކައުންސިލުން ބުނީ ޖަނަވާރު ގެންގުޅުމުގައި އަމަލުކުރަންވާގޮތް ކައުންސިލުން އެންގިނަމަވެސް، ބައެއް ފަރާތްތަކުން އެގޮތަށް އަމަލުކުރަމުން ނުދާކަން ފާހަގަކުރެވޭކަމަށެވެ. އެގޮތުން އާންމު ސަރަހައްދުތަކަށް ބުޅަލަށް ކާން އެޅުމާއި، އެކަމުގެ ސަބަބުން ސާފުތާހިރުކަން ގެއްލެމުން ދާ ކަމުގެ ޝަކުވާ ކައުންސިލަށް ލިބެމުންދާކަމަށްވެސް ބުންޏެވެ.

އެއްގޮތަކުން ބަލާއިރު އެމްޑީޕީގެ މެމްބަރުން މާ ރަނގަޅު: ރައީސް ޑރ.މުއިއްޒު
23 Jul 2025 ހަބަރު

އެއްގޮތަކުން ބަލާއިރު އެމްޑީޕީގެ މެމްބަރުން މާ ރަނގަޅު: ރައީސް ޑރ.މުއިއްޒު

އެއްގޮތަކުން ބަލާއިރު، ދައިރާގެ ތަރައްޤީހގެ ކަންކަން ކުރިއަށްގެންދިއުމުގައި އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ މެމްބަރުން މާ ރަނގަޅުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާ...

ފޮއްދޫ ބަނދަރުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފި
23 Jul 2025 ހަބަރު

ފޮއްދޫ ބަނދަރުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފި

ނ. ފޮއްދޫ ބަނދަރު ހެދުމުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ. މި މަޝްރޫޢުގެ ބިންގާ އަޅުއްވައި ދެއްވީ އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ.އަބްދުالله މުއްޠަލިބެވެ. ފޮއްދޫގެ ބަނދަރު ތަރައްޤީކު...