ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ
ހަބަރު 03 Nov 2026 | 18:28

ކޮންމެ ފިޔަވަޅެއް، ނިންމާ ކޮންމެ ނިންމުމެއް ނިންމާނީ ރައްކާތެރިކަން ކަށަވަރުކޮށް ދިނުމަށް: ރައީސް

އަޅުއްވާ ކޮންމެ ފިޔަވަޅެއް، އަދި ނިންމަވާ ކޮންމެ ނިންމެވުމެއް ނިންމަވާނީ ދިވެހި ޤައުމީ އެންމެހާ ބަހާތަކަށް ފުރިހަމަ ދިރުމާއި އާރޯކަމާއި ޙިމާޔަތާއި ރައްކާތެރިކަން ކަށަވަރުކޮށް ދިނުމަށްޓަކާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ 38 ވަނަ ނަސްރުގެ ދުވަސް ފާހަގަކުރުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ރާއްޖެއަށް ކުރިމަތިވީ އެކިއެކި އުދުވާނީ ކަންކަމުގައި ކާބަފައިންވެފައިވާ މަތިވެރި ގުރުބާނީގެ ހަނދާން އައު ކުރައްވާ ތައުރީފު ކުރެއްވި އެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ

ރައީސް ވިދާޅުވީ ނޮވެންބަރު ތިނެއް 88 ގެ އުދުވާން ނުދެކޭ ދެ ޖީލެއް މިއަދު އެބަތިބި ކަމަށާ އެ ޒުވާނުންނާއި ކުޑަކުދީންނަށްޓަކައި ރައްކާތެރި ޤައުމެއް ބިނާކޮށްދޭން ޖެހޭ ކަމަށެވެ. އަދި ކާބަފައިންގެ ޤުރުބާނީން ފެންނަން އޮތީ ޤައުމަށް ވަފާތެރިވުމުގެ ބާއްޖަވެރިކަން ކަމުގައި ވިދާޅުވި އެވެ.

"ޤައުމަށް ވަފާތެރިވުމުގެ ނަތީޖާއަކީ އަބަދުވެސް ބާއްޖަވެރިކަން. ޤައުމަށް ޣައްދާރުވުމުގެ ނަތީޖާއަކީ އަބަދުވެސް އަބާޖައްވެރިކަން" ރައީސް ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ

ރައީސް ވިދާޅުވީ އަޅުއްވާ ކޮންމެ ފިޔަވަޅެއް، އަދި ނިންމަވާ ކޮންމެ ނިންމެވުމެއް ނިންމަވާނީ ދިވެހި ޤައުމީ އެންމެހާ ބަހާތަކަށް ފުރިހަމަ ދިރުމާއި އާރޯކަމާއި ޙިމާޔަތާއި ރައްކާތެރިކަން ކަށަވަރުކޮށް ދިނުމަށްޓަކާ ކަމަށެވެ.

"އަޅުގަނޑު ތިޔަ ބޭފުޅުންނަށް އަރުވާ ފުރިހަމަ ޔަޤީން ކަމަކީ ދިވެހިރާއްޖޭގެ ސައްތައިން ސައްތަ އިސްލާންވަންތަކަން، ދިވެހީންގެ ފުރިހަމަ މިނިވަންކަން، ދިވެހީންގެ އަމިއްލަވަންތަކަން ފަދަ ޤައުމީ އެއްވެސް ރުކުނަކަށް ކުޑަވެސް އުނިކަމެއް އަންނާނެ ގޮތަކަށް އަޅުގަނޑު އެއްވެސް ކަމެއް ނުކުރާނަން" ރައީސް ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ

އެމަނިކުފާނު ވިދާޅުވީ ތަރައްޤީއަކީ ދިވެހި ކޮންމެ ފަރުދެއްގެ ޙައްޤެއް ކަމަށާ ކުރިއަރައި ދިޔުމަކީ ދިވެހި ޤައުމުގެ ޢިއްޒަތާއި ކަރާމާތް އުފުލިގެންދާނެ ކަމެއް ކަމަށެވެ. އަދި އެއީ ޤައުމަށް ހެޔޮ އެދޭ ކޮންމެ ދިވެއްސެއްގެ އުންމީދު ކަމަށާ އެއީ އެފަދަ ކޮންމެ ދިވެއްސެއްގެ ހިތުގެ ދުޢާ ކަމަށެވެ.

މީގެ އިތުރުން އެމަނިކުފާނު ވަނީ ‏ހަތިޔާރުގެ އަޅުވެތިކަމުން އެ ދުވަހު އަޅުގަނޑުމެން ދިވެހީން މި ޤައުމު މިނިވަންކުރި ފަދައިން، ދަރަނީގެ އަޅުވެތިކަމުން ވެސް ދިވެހި ޤައުމު މިނިވަންކުރަން ޖެހޭ ކަމުގައި ވިދާޅުވެފަ އެވެ. ‏ޤައުމެއްގެ އަމިއްލަ ބަސް ބުނެވެނީ، އަދި އަމިއްލަ ދީނާއި އަމިއްލަ ގޮތްތައް ރައްކާތެރި ކުރެވެނީ، އެ ޤައުމެއްގައި ސަލާންޖަހަން ނުޖެހޭ އިޤުތިޞާދަކަށް ފުރާނައެޅުވިފައި އޮވެގެން ކަމުގައިވެސް ރައީސްގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އެއްވެސް ބާރެއްގެ ބަނޑުދޮށުގައި އޮތުމުގެ ބަދަލުގައި މަސައްކަތް ކުރަން ޖެހެނީ އަމިއްލަ ފައިމައްޗަށް ތެދުވަން: ދިފާއީ ވަޒީރު
03 Nov 2026 ހަބަރު

އެއްވެސް ބާރެއްގެ ބަނޑުދޮށުގައި އޮތުމުގެ ބަދަލުގައި މަސައްކަތް ކުރަން ޖެހެނީ އަމިއްލަ ފައިމައްޗަށް ތެދުވަން: ދިފާއީ ވަޒީރު

"އެއްވެސް ބާރެއްގެ ބަނޑުދޮށުގައި އޮތުމުގެ ބަދަލުގައި މަސައްކަތް ކުރާން ޖެހެނީ އަމިއްލަ ފައިމައްޗަށް ކޮޅަށް ތެދުވުމަށްކަން" ނަސްރުގެ ދުވަހުގެ އިބްރަތްތައް ހަނދާންކޮށްދެއްވާ ވަޒީރު ވިދާޅުވި އެެވެ.

ނޮވެންބަރު ތިނެއްގެ ޝަރަފުގެ ޚާއްސަ އައްޑަނަ ސިފައިންގެއިން ނިކުތް ބަތަލުންނަށް
03 Nov 2026 ހަބަރު

ނޮވެންބަރު ތިނެއްގެ ޝަރަފުގެ ޚާއްސަ އައްޑަނަ ސިފައިންގެއިން ނިކުތް ބަތަލުންނަށް

ނޮވެންބަރު ތިނެއްގެ ޝަރަފުގެ ޚާއްސަ އައްޑަނަ ފަސް ބޭފުޅަކަށް މިރޭ އަރުވައިފި އެވެ.

ކިއު.އެސް އޭޝިއާ ޔުނިވަރސިޓީ ރޭންކިންގައި އެމްއެންޔޫ ހިމެނިއްޖެ
03 Nov 2026 ހަބަރު

ކިއު.އެސް އޭޝިއާ ޔުނިވަރސިޓީ ރޭންކިންގައި އެމްއެންޔޫ ހިމެނިއްޖެ

ދެކުނު އޭޝިއާ ސަރަޙައްދުގެ ގަދަ 400 ޔުނިވަރސިޓީގެ ތެރޭގައި ވެސް އެމް.އެން.ޔޫ ވަނީ ޖާގަ ހޯދާފައެވެ

ޖިންސީ ގޯނާގެ ތުހުމަތުގައި ކުރީގެ ކައުންސިލަރު އާނު ހައްޔަރުކޮށްފި
03 Nov 2026 ހަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި ކުރީގެ ކައުންސިލަރު އާނު ހައްޔަރުކޮށްފި

އާނު ހައްޔަރުކޮށްފައިވާކަން ފުލުހުން ވަނީ ޔަގީންކޮށްދީފަ އެވެ.

މި ދައުރުގައި މިހާތަނަށް 806 ޒުވާނަކަށް ސިފައިންގެ ވަޒީފާ
03 Nov 2026 ހަބަރު

މި ދައުރުގައި މިހާތަނަށް 806 ޒުވާނަކަށް ސިފައިންގެ ވަޒީފާ

އެގޮތުން މި ދައުރުގައި މިހާތަނަށް 806 ޒުވާނުން ސިފައިންގެ ވަޒީފާއަށް ނިކުމެފައިވާ ކަމުގައި ވިދާޅުވި އެވެ.

ސިފައިންގެ އަސްކަރީ ހުށަހެޅުން، މި އަހަރުވެސް ބޮޑު ތަރުހީބެއް
03 Nov 2026 ހަބަރު

ސިފައިންގެ އަސްކަރީ ހުށަހެޅުން، މި އަހަރުވެސް ބޮޑު ތަރުހީބެއް

މި އަހަރުގެ އަސްކަރީ ހުށައެޅުންތައް ބަލާލުމަށްވެސް ވަރަށް ގިނަ އަދަދެއްގެ ބަޔަކު ޖަމާވި އެވެ.

ޑްރޯނަކީ އެމްއެންޑީއެފްގެ ކޯސްޓްގާޑަށް ލިބުނު ވަރަށްބޮޑު ކުރިއެރުމެއް-  ޗީފް އޮފް ޑިފެންސް ފޯސް
03 Nov 2026 ހަބަރު

ޑްރޯނަކީ އެމްއެންޑީއެފްގެ ކޯސްޓްގާޑަށް ލިބުނު ވަރަށްބޮޑު ކުރިއެރުމެއް- ޗީފް އޮފް ޑިފެންސް ފޯސް

ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމަކީ ދިވެހި އަސްކަރިއްޔާ ތަރައްޤީ ކުރުމަށްޓަކައި އެންމެ ގިނަ މަސައްކަތްތަކެއް ކޮށް، އެންމެ ބޮޑު ހޭދައެއް ކުރަމުންދާ ދައުރު ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ ވިދާޅުވެއްޖެއެވެ. މިގޮތުން ޑްރޯންތަކަކީ ދިވެހި އަސްކަރިއްޔާއަށް ލިބިގެންދިޔަ ވަރަށް މުހިންމު ވަސީލަތެއްކަން އެމަނިކްފާނު ފާހަގަކުރެއްވިއެވެ.

ދިއްފުށީފަޅުގެ އެއްބަސްވުން ބާތިލްކުރީ ޤާނޫނާ ޚިލާފަށް، އަނބުރާ ހަވާލުކުރަން ހައިކޯޓުން ޙުކުމްކޮށްފި
03 Nov 2026 ހަބަރު

ދިއްފުށީފަޅުގެ އެއްބަސްވުން ބާތިލްކުރީ ޤާނޫނާ ޚިލާފަށް، އަނބުރާ ހަވާލުކުރަން ހައިކޯޓުން ޙުކުމްކޮށްފި

ވިޔަފާރިވެރިޔާ ޙާމިދު އިސްމާޢީލަށް 2015 ވަނަ އަހަރު، 50 އަހަރުގެ މުއްދަތަކަށް ދިއްފުށިފަޅު ކުއްޔަށް ދޫކުރީ، އޭގެ ކުރިން 'ޑީޑް އޮފް އެސައިންމެންޓް' އެއްގެ ދަށުން އޭނާއަށް ލިބިފައިވާ ކ. ކާށިދުއްފަރު ފަޅުގެ ބަދަލުގައެވެ. ނަމަވެސް، 2017 ވަނަ އަހަރު ސަރުކާރުން ވަނީ އެ އެއްބަސްވުން ބާތިލްކޮށްފައެވެ. ސަރުކާރުގެ އެ ނިންމުމާ ގުޅިގެން ޙާމިދުގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުން، އެ ކޯޓުން އޭރު ނިންމީ ސަރުކާރުން އެއްބަސްވުން ބާތިލްކޮށްފައިވަނީ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.