ކުރީގެ ރައީސް ނަޝީދު
ކުރީގެ ރައީސް ނަޝީދު
ހަބަރު 29 Oct 2026 | 05:58

ރައީސް ނަޝީދު ހޯމް ސްކޫލިން ގުޅުވާލީ ދީނާ؛ އެކަމާ ދެކޮޅަށް ހަރުކަށި އިތުރު ޕޯސްޓެއް

ނުކުޅެދުންތެރިކަމެއް ނުވަތަ ނަފުސާނީ މައްސަލައެއްގެ ސަބަބުން ސްކޫލަކަށް ގޮސް ކިޔަވަން އުޒުރުވެރިވާ ދަރިވަރުން ގޭގައި ތިބެގެން ތަޢުލީމް ހާސިލްކުރެވޭނެ މަގުފަހިކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލަކީ އަންހެން ކުދިން "ޖާރިޔާއިންނަށް" ހެދުމަށް ހުށަހެޅި ބިލެއްގެ ގޮތުގައި ސިފަކުރައްވައި، ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެ ބިލާ ދެކޮޅަށް އިތުރު ހަރުކަށި ޕޯސްޓެއް ކުރައްވައިފިއެވެ.

ރައީސް ނަޝީދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މަޖިލީހަށް ހުށަހަޅާފައިވާ ތަޢުލީމާ ގުޅޭ އެ ބިލުގެ ހަގީގީ އަމާޒަކީ އަންހެން ކުދިން މަދަރުސާއަށް ނުފޮނުވައި، އެ ކުދިންނަކީ ”ޖާރިޔާއިންނަށް“ ހެދުމުގެ ހީލަތްތެރި ވިސްނުމެއް ކަމަށެވެ. އަދި މިކަމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، މި ބިލާ ދެކޮޅަށް އެންމެން ނުކުތުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ވިދާޅުވެފައެވެ.

އިއްޔެވެސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވަނީ އެކަން ކުރުމުގެ ފުރުސަތު ނުދިނުމަށް ގޮވާލައްވާފައެވެ.

”މިހާރުވެސް 4000 އަށްވުރެ ގިނަ ކުދިން ގަވާއިދުން ސުކޫލަށް ނުދޭ. ހޯމް ސްކޫލިންގ ގެ ނަމުގައި ރާއްޖޭގެ ޒުވާން ޖީލު މަގުފުރައްދައި ހަލާލުކުރުމުގެ ފުރުސަތު ދީގެން ނުވާނެ“

ރައީސް ނަޝީދު

ރައީސް ނަޝީދު މިފަދައިން ވިދާޅުވެ މި ބިލާ ދެކޮޅަށް ޕޯސްޓެއް ކުރައްވާފައިވާއިރު، "ހޯމް ސްކޫލިން" އަކީ ހުޅަނގުގެ ކުރިއަރާފައިވާ ގިނަ ގައުމުތަކުގައި ވެސް ކާމިޔާބުކަމާއެކު ބަލައިގަނެ، ގާނޫނީ ގޮތުން ހުއްދަކޮށްފައިވާ ނިޒާމެކެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު، އެމެރިކާގެ 'ނޭޝަނަލް ސެންޓަރ ފޮރ އެޑިއުކޭޝަން ސްޓެޓިސްޓިކްސް' (އެންސީއީއެސް) އިން ހާމަކޮށްފައިވާ ގޮތުގައި، 2019 ވަނަ އަހަރު ވެސް އެމެރިކާގައި ސްކޫލް އުމުރުގެ ގާތްގަނޑަކަށް %2.8 ކުދިން (އުމުރުން 5 އަހަރާއި 17 އަހަރާ ދެމެދުގެ ގާތްގަނޑަކަށް 1.5 މިލިއަން ދަރިވަރުން) ދިޔައީ ގޭގައި ތިބެގެން ކިޔަވަމުންނެވެ.

އަދި އެމެރިކާގެ ސެންސަސް ބިއުރޯގެ ސާވޭއިން ދެއްކި ގޮތުގައި ހޯމް ސްކޫލިން ހަދާ ގޭބިސީތަކުގެ ނިސްބަތް 2020 ގެ ކުރީކޮޅު ހުރީ %5.4 ކަމަށްވާއިރު، އެ އަހަރުގެ ފަހުކޮޅު ވަނީ %11.1 އަށް އުފުލިފައެވެ.

އެންމެ ފަހުން 2022-2023 ވަނަ އަހަރުގެ ދިރާސާތަކުން ދައްކާ ގޮތުގައި ވެސް އެމެރިކާގެ %3.4 ކުދިން ހޯމް ސްކޫލިން ހަދަމުންދާއިރު، މިއީ ސްކޫލްތަކަށް ނުގޮސް ތައުލީމު ހާސިލްކުރުމަށް ހުޅަނގުގައި ފުޅާ ދާއިރާއެއްގައި ބޭނުންކުރާ އިތުބާރު އޮތް ވަސީލަތެކެވެ.

ހަމައެއާއެކު، އިނގިރޭސިވިލާތުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، 2023 ވަނަ އަހަރުގެ ފަހުކޮޅު ގޭގައި ތިބެގެން ކިޔެވި ކުދިންގެ އަދަދު 92،000 ގައި ހުރިއިރު، 2024 ވަނަ އަހަރުގެ އެ މުއްދަތުގައި އެ އަދަދު ވަނީ 111،700 އަށް އަރައި، ގާތްގަނޑަކަށް %21 ގެ ބޮޑު ކުރިއެރުމެއް ހޯދާފައެވެ. އެމެރިކާގެ ހުރިހާ ސްޓޭޓެއްގައާއި އިނގިރޭސިވިލާތުގައި ވެސް ވަކި އުސޫލުތަކަކާއި ފެންވަރު ބެލުމުގެ ހަރުދަނާ މިންގަނޑުތަކެއްގެ ދަށުން ހޯމް ސްކޫލިން ހެދުމުގެ ގާނޫނީ ހުއްދަ އޮވެއެވެ.

ޔޫރަޕްގެ އެހެން ގައުމުތަކަށް ބަލާއިރު ފަރަންސޭސިވިލާތް، އޮސްޓްރިއާ، ފިންލޭންޑް، ނޯވޭ އަދި އިޓަލީ ފަދަ ގައުމުތަކުގައި ވެސް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ ހުއްދައާއި ބެލުމުގެ ދަށުން ގޭގައި ތިބެގެން ކިޔެވުމުގެ ފުރުސަތު އޮވެއެވެ. އަދި ޖަރުމަނާއި ސްވިޑަން ފަދަ ގައުމުތަކުގައި ވެސް ޚާއްސަ ހާލަތްތަކުގައި މިކަމަށް އިސްތިސްނާ ދެއެވެ.

ރާއްޖޭގެ މަޖިލީހަށް ހުށަހެޅިފައިވާ ބިލަކީ ވެސް ޚާއްސަ އެހީއަށް ބޭނުންވާ އަދި ނަފުސާނީ ދުޅަހެޔޮކަމުގެ މައްސަލަތަކުގެ ސަބަބުން އާންމު ސްކޫލް މާހައުލަށް ދިއުމަށް ނުކުޅެދިފައިވާ ކުދިންނަށް ތަޢުލީމުގެ ފުރުސަތު ފަހިކޮށްދިނުމުގެ މަގުސަދުގައި ހުށަހެޅި ބިލަކަށްވާއިރު، ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި އޮންނަ މިފަދަ ނިޒާމެއް، އަންހެން ކުދިން ޖާރިޔާއިންނަށް ހެދުމުގެ އަމަލެއްގެ ގޮތުގައި ރައީސް ނަޝީދު ސިފަކުރެއްވުމުން ގިނަ ބައެއްގެ ފާޑުކިޔުން އެމަނިކުފާނަށް ދަނީ އަމާޒުވަމުންނެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ކައުންޓާ ޓެރަރިޒަމް ސެންޓަރުގެ ޑިރެކްޓާ ޖެނެރަލަކަށް މޫސާ އަލީ ޖަލީލް އައްޔަންކުރައްވައިފި
29 Oct 2026 ހަބަރު

ކައުންޓާ ޓެރަރިޒަމް ސެންޓަރުގެ ޑިރެކްޓާ ޖެނެރަލަކަށް މޫސާ އަލީ ޖަލީލް އައްޔަންކުރައްވައިފި

އެ މަގާމަށް މޫސާ އަލީ ޖަލީލް އިއްޔެ އައްޔަނުކުރައްވާފައިވާކަން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސެން ޝަރީފް ވަނީ ”ވޮއިސް“ އަށް ކަށަވަރުކޮށްދެއްވާފައެވެ.

ފުއްގިރި މައްސަލައިގެ ހުކުމް ކުރުން ފަސްކޮށްފައިވަނިކޮށް، ބައެއް ކަންކަން ރައީސް ޔާމީންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފި
29 Oct 2026 ހަބަރު

ފުއްގިރި މައްސަލައިގެ ހުކުމް ކުރުން ފަސްކޮށްފައިވަނިކޮށް، ބައެއް ކަންކަން ރައީސް ޔާމީންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފި

ފުއްގިރި މައްސަލައިގައި ޔާމީންގެ މައްޗަށް ހުކުމް ކުރުން ފަސްކޮށްފައި ވަނިކޮށް، އެ މައްސަލައިގެ ބައެއް ކަންކަން އެ މަނިކުފާނުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.

ރަސްމާލެ މަޝްރޫޢުއާ ގުޅިގެން ހުށަހެޅި ކަންކަމަށް ރިޢާޔަތްކުރައްވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވި: ސަލަފްގެ ތަރުޖަމާނު
29 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުއާ ގުޅިގެން ހުށަހެޅި ކަންކަމަށް ރިޢާޔަތްކުރައްވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވި: ސަލަފްގެ ތަރުޖަމާނު

ރަސްމާލޭގައި ކުރިޔަށް ގެންދިޔުމަށް ސަރުކާރުން އިޢްލާނުކޮށްފައިވާ މަޝްރޫޢާ ގުޅޭގޮތުން ޖަމްޢިއްޔަތުއްސަލަފުން ހުށަހަޅާފައިވާ ކަންކަމަށް ރިޢާޔަތް ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްވާފައިވާކަމަށް އެ ޖަމިއްޔާގެ ތަރުޖަމާނު އައްޝައިޚް ހަސަން މޫސާ ފިކުރީ ވިދާޅުވެއްޖެއެވެ.

ހުޅުމާލޭ ފިހާރައެއްގެ ބިލްބޯޑަކުން ބަރަހަނާ މަންޒަރު ދެއްކި މައްސަލައެއް ފުލުހުން ބަލަނީ
29 Oct 2026 ހަބަރު

ހުޅުމާލޭ ފިހާރައެއްގެ ބިލްބޯޑަކުން ބަރަހަނާ މަންޒަރު ދެއްކި މައްސަލައެއް ފުލުހުން ބަލަނީ

ރޭގެ ވަގުތެއްގައި ހުޅުމާލޭގެ ވިނަރެސް 3 ގައި ހުންނަ ފިހާރައެއްގެ ބިލްބޯޑަކުން ބަރަހަނާ މަންޒަރު ފެންނަ ފޮޓޯއެއް ވަނީ ދައްކާފައެވެ.

ބޭރުގެ މަޝްރޫޢުތައް އެކަށައެޅުމުގައި ކަށަވަރުކުރަންޖެހޭ މައިގަނޑު 8 ކަމަކަށް ރިޢާޔަތް ކުރުމަށް ސަލަފްއިން އެދިއްޖެ
29 Oct 2026 ހަބަރު

ބޭރުގެ މަޝްރޫޢުތައް އެކަށައެޅުމުގައި ކަށަވަރުކުރަންޖެހޭ މައިގަނޑު 8 ކަމަކަށް ރިޢާޔަތް ކުރުމަށް ސަލަފްއިން އެދިއްޖެ

ސަރުކާރުން އިޢުލާންކޮށްފައިވާ ރަސްމާލެ މަޝްރޫޢާ ގުޅޭގޮތުން އާންމުންގެ މެދުގައި ކަންބޮޑުވުންތަކެއް ހުރިއިރު، މިދިޔަ ސެޕްޓެމްބަރ މަހުގެ 28ވަނަ ދުވަހު، އެ ޖަމްޢިއްޔާއިން ވަނީ މަޝްރޫޢުއާ ގުޅޭގޮތުން ދިރާސާ ކުރަމުންދާކަން އިޢުލާންކޮށްފައެވެ.

އިޓަލީ ފަތުރުވެރިން ހޯދުމުގެ ތެރޭގައި ނިޔާވި މަހުދީއަށް އިޓަލީގެ އެންމެ މަތީ ޝަރަފު އަރުވަނީ
29 Oct 2026 ހަބަރު

އިޓަލީ ފަތުރުވެރިން ހޯދުމުގެ ތެރޭގައި ނިޔާވި މަހުދީއަށް އިޓަލީގެ އެންމެ މަތީ ޝަރަފު އަރުވަނީ

ވ. އަތޮޅުގައި ޑައިވިންގ އަށް ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީވިލާތުގެ ޑައިވަރުން ހޯދުމުގެ އޮޕަރޭޝަންގައި އުޅެނިކޮށް ނިޔާވި ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރު )އެމްއެންޑީއެފް( ގެ ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީގެ ޚިދުމަތުގެ އަގުވަޒަންކޮށް، އިޓަލީވިލާތުގެ އެންމެ މަތީ ޝަރަފު 'ގޯލްޑް މެޑަލް ފޯ ސިވިލް ވެލާ' އެރުވުމަށް އެ ޤައުމުން ނިންމައިފިއެވެ.

ކުރިއަށްއޮތް އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ހުށަހެޅުން މިއަދު
29 Oct 2026 ހަބަރު

ކުރިއަށްއޮތް އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ހުށަހެޅުން މިއަދު

ސަރުކާރުން މިހިނގާ އަހަރަށް ލަފާކޮށް ފާސްކޮށްފައިވަނީ 64.2 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެގޮތުން މިއަހަރުގެ ބަޖެޓް ބޮޑަށް ހާއްސަވެގެން ދިޔައީ މީގެ ކުރިން ނަގާފައިވާ ބޭރުގެ ދަރަނިތައް އަނބުރާ ދެއްކުމަށެވެ.

ވަކި ގައުމެއްގެ، "ޕަޕެޓަކަށް" ވުމުގެ ސިޔާސަތު މަޑުމަޑުން ފަސްލައި، ވަޅުލައި ނިންމައިފިން: ރައީސް
28 Oct 2026 ހަބަރު

ވަކި ގައުމެއްގެ، "ޕަޕެޓަކަށް" ވުމުގެ ސިޔާސަތު މަޑުމަޑުން ފަސްލައި، ވަޅުލައި ނިންމައިފިން: ރައީސް

އަދި ވިދާޅުވީ އެ ސިޔާސަތު މިދިޔަ ތިން އަހަރު ތެރޭ މަޑުމަޑުން ފަސްލައި، މިހާރު އޮތީ ވަޅުލައި ނިންމާފައި ކަމުގައި ވިދާޅުވި އެވެ.