ތަކުރާރުކޮށް މިސްކިތަށް ބޮޑުކަމުދާ ނައުޝާދު ބަންދުން ދޫކޮށްލުމުން އެނބުރި މިސްކިތަށް
މިސްކިތަށް ބޮޑުކަމުގޮސްގެން ހައްޔަރުކުރި ގ. މާލެހިޔާ 2 02-13 / މާލެ، ނައުޝާދު މޫސާ 32، ބަންދުން ދޫކޮށްލައިފިއެވެ.
މިމަހުގެ 10 ވަނަ ދުވަހު ފަތިހު 4:14 ހާއިރު ފުރުގާން މިސްކިތަށް ވަދެ، މިސްކިތަށް ބޮޑުކަމުގޮސް، މިސްކިތުގެ ހުރުމަތް ކެނޑޭފަދަ އިޖުތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތަކެއް ހިންގި މައްސަލައިގައި ނައުޝާދު ހައްޔަރުކޮށް ބަންދު މުއްދަތު ޖަހަން ކޯޓަށް ހާޒިރު ކުރުމުން ބަންދަށް ދިނީ 15 ދުވަހެވެ.

އެ މުއްދަތު ހަމަވުމުން ކޯޓަށް ހާޒިރު ކުރުމުން ދެން ކޯޓުން އޭނާ ބަންދު ކުރީ ޝަރީޢަތް ނިމެންދެނެވެ.
ނަމަވެސް، ރޭގެ ވަގުތެއްގައި އޭނާ ވަނީ އަނެއްކާވެސް މިސްކިތަށް ވަދެ އެތަނުގައި ނިދާފައެވެ.
މި މައްސަލާގައި ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ.
އޭނާއަކީ ތަކުރާރުކޮށް މިސްކިތުގެ ހުރުމަތް ކަނޑައި ގެއްލުންދޭ މީހަކަށްވާއިރު ދޫކޮށްލާފައި ހުރުމަކީ އާއްމުންގެ ގިނަ ކަންބޮޑުވުންތަކެއް އޮތް ކަމެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް