ޑރ. ހަމަވީ
ޑރ. ހަމަވީ
ދުނިޔެ 04 Nov 2026 | 04:00

ޣައްޒާގައި ވޮލަންޓިއަރެއްގެ ގޮތުގައި ޚިދުމަތްކުރެއްވި ޑރ. އާދަމް ޙަމަވީ އެމެރިކާގެ ކޮންގްރެސްގެ ގޮނޑިއެއް ކާމިޔާބު ކުރައްވައިފި

ޣައްޒާގެ ޤަތުލްޢާއްމުގައި ޒަޚަމްވާ މީހުންނަށް ފަރުވާ ދިނުމަށް ވޮލަންޓިއަރެއްގެ ގޮތުގައި ޚިދުމަތް ދެއްވި ޑޮކްޓަރު، ޑރ. އާދަމް ޙަމަވީ، އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ގޮނޑިއެއް ކާމިޔާބު ކުރައްވައި ތާރީޚުގެ ތެރެއިން ޖާގަ ހޯއްދަވައިފިއެވެ.

ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ނިއު ޖާޒީގެ 12 ވަނަ ކޮންގްރެޝަނަލް ޑިސްޓްރިކްޓަށް ވާދަކުރެއްވި އުމުރުން 57 އަހަރުގެ ޙަމަވީ މި އިންތިޚާބު ކާމިޔާބު ކުރެއްވީ ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓް ގްރެގް މެލޭއާ ވާދަކުރައްވައެވެ. އެސޯސިއޭޓެޑް ޕްރެސް (އޭޕީ) އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ވޯޓުގެ 80 އިންސައްތަ ގުނިފައިވާއިރު ޙަމަވީ ވަނީ ވޯޓުގެ %70.8 ކާމިޔާބު ކުރައްވާފައެވެ. މިއާއެކު، އޭނާ ވެގެން ގޮސްފައިވަނީ ނިއު ޖާޒީން އެމެރިކާގެ ހައުސްއަށް އިންތިޚާބުވި ފުރަތަމަ މުސްލިމް އަދި ފުރަތަމަ އަރަބި ދަރިކޮޅުގެ މެންބަރަށެވެ. އަދި އޭނާއަކީ އެމެރިކާގެ ކޮންގްރެސްގައި ޚިދުމަތް ކުރައްވާ މިސްރު ދަރިކޮޅުގެ ދެވަނަ ބޭފުޅާއެވެ.

އެމެރިކާގެ އަސްކަރިއްޔާގައި ކުރިން ސާޖަންއެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ޙަމަވީ، އޭނާގެ ކެމްޕޭނުގައި އެންމެ ބޮޑު އިސްކަމެއް ދެއްވީ ހަނގުރާމައިގެ މައިދާންތަކުގައި ބަލިމީހުންނަށް ފަރުވާ ދިނުމުގައި ލިބިވަޑައިގެންނެވި ތަޖުރިބާތަކުގެ މައްޗަށެވެ. ޚާއްޞަކޮށް، އިސްރާއީލުން ޣައްޒާއަށް ދެމުންދާ ލާއިންސާނީ ޙަމަލާތަކާ ގުޅިގެން، 2024 އަދި 2025 ވަނަ އަހަރު ޕަލަސްޓީނިއަން އެމެރިކަން މެޑިކަލް އެސޯސިއޭޝަނާއި ޑަބްލިއުއެޗްއޯ ގުޅިގެން ކުރިއަށްގެންދިޔަ މެޑިކަލް މިޝަންތަކުގައި އޭނާ ވަނީ ޣައްޒާގެ ރައްޔިތުންނަށް ފަރުވާ ދެއްވުމުގައި އިސް ދައުރެއް އަދާކުރައްވާފައެވެ.

"އަހަރެން ޣައްޒާއަށް ދިޔައީ ސާޖަންއެއްގެ ގޮތުގައި. އެނބުރި އައީ، އަހަރެންނަށް އެތަނުން ފެނުނު ކަންކަމަށް ވެރިކަމުގެ ބާރުތަކުގައި ތިބި މީހުންނަށް ދެން އިތުރަށް ލޯމަރާލައިގެން ނުތިބެވޭނެކަން ކަށަވަރުކުރުމުގެ ވަރުގަދަ އަޒުމާއެކު،" 2026 ވަނަ އަހަރުގެ ޖޫން މަހު 'މުސްލިމް.ކޮމް' އަށް ދެއްވި އިންޓަވިއުއެއްގައި ޙަމަވީ ވިދާޅުވެފައިވެއެވެ.

ފާއިތުވި 30 އަހަރުގެ ތެރޭގައި ޙަމަވީ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގި ހަމަނުޖެހުންތަކާއި ކާރިސާތަކުގައި، އިންސާނީ އެހީތެރިކަން ފޯރުކޮށްދެއްވައި ވޮލަންޓިއަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައެވެ. އޭގެ ތެރޭގައި ހައިޓީ، ސޫދާން، ސީރިއާ، ލުބުނާން، އުރުދުން، ތުރުކީ، ބޮސްނިއާ އަދި ކޮލަމްބިއާ ފަދަ ޤައުމުތައް ހިމެނެއެވެ. އަދި އިރާޤު ހަނގުރާމައިގެ ދުވަސްވަރު ބަޣުދާދުގައި ހުންނަ އަސްކަރީ ހޮސްޕިޓަލުގައިވެސް 9 މަސްދުވަހު އޭނާ މަސައްކަތް ކުރެއްވިއެވެ.

ޚާރިޖީ ސިޔާސަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޙަމަވީ ވަނީ އިސްރާއީލަށް އެމެރިކާއިން ދޭ އަސްކަރީ އެހީތައް ވަގުތުން ހުއްޓާލުމަށް ގޮވާލައްވާފައެވެ. އަދި އިންސާނީ ޙައްޤުތަކަށް އަރައިގަންނަ އެއްވެސް ޤައުމަކަށް އެމެރިކާއިން އަސްކަރީ އެހީ ދިނުމާ ދެކޮޅު ކަމަށް އޭނާ ވިދާޅުވިއެވެ. މީގެއިތުރުން، އީރާނާ ދެކޮޅަށް ހިންގާ ހަނގުރާމައަކީ ޣައިރު ޤާނޫނީ އަދި އަޚްލާޤީ ގޮތުން ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ސިފަކުރައްވައި، އެމެރިކާގެ ސަރުކާރުން އައިޕެކް (AIPAC) ފަދަ ޖަމާއަތްތަކާއި އިސްރާއީލުގެ މަސްލަހަތުތަކަށް އިސްކަންދޭ ކަމަށް ވިދާޅުވެ އޭނާ ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޑިމޮކްރެޓުން ކޮންގްރެސް ކާމިޔާބުކޮށްފިނަމަ ހުރިހާ ކަމެއް ވީޓޯ ކުރާނަން؛ އަހަރެންވާނީ މިސްޓަރ ވީޓޯއަށް: ޓްރަމްޕަ
04 Nov 2026 ދުނިޔެ

ޑިމޮކްރެޓުން ކޮންގްރެސް ކާމިޔާބުކޮށްފިނަމަ ހުރިހާ ކަމެއް ވީޓޯ ކުރާނަން؛ އަހަރެންވާނީ މިސްޓަރ ވީޓޯއަށް: ޓްރަމްޕަ

އެމެރިކާގެ ކޮންގްރެސްގެ މެޖޯރިޓީ ޑިމޮކްރެޓިކް ޕާޓީން ހޯދައިފިނަމަ، އެ މީހުން ފާސްކުރާ ބިލްތައް ހުއްޓުވުމަށް ރައީސްގެ "ވީޓޯ" ގެ ބާރު ފުޅާ ދާއިރާއެއްގައި ބޭނުންކޮށް، "މިސްޓަރ ވީޓޯ" އަށް ބަދަލުވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި
03 Nov 2026 ދުނިޔެ

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި

ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ އެކްސްގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ފެންނަ ގޮތުން، އެ މީހާގެ ޕާސްޕޯޓުގެ ގިނަ ސޮފުހާތަކުގައި ހުރީ އެކި މީހުންގެ ފޯނު ނަންބަރުތަކާއި ނަންތައް ނޯޓުކޮށް، ރައްކާކޮށްފައެވެ.

އެމެރިކާގެ ފްލޮރިޑާއަށް ޕްރައިވެޓް ޖެޓެއް ވެއްޓި، އޭގައި ދަތުރުކުރި އެންމެން މަރުވެއްޖެ
02 Nov 2026 ދުނިޔެ

އެމެރިކާގެ ފްލޮރިޑާއަށް ޕްރައިވެޓް ޖެޓެއް ވެއްޓި، އޭގައި ދަތުރުކުރި އެންމެން މަރުވެއްޖެ

އެމެރިކާގެ ދެކުނު ފްލޮރިޑާގެ މީހުން ދިރިއުޅޭ އަވަށަކަށް ޕްރައިވެޓް ޖެޓެއް ވެއްޓި، އޭގައި ދަތުރުކުރި އެންމެން ހިމެނޭހެން ނުވަ މީހަކު މަރުވެއްޖެއެވެ.

ފަލަސްތީނުން މިފަހަރުވެސް ރާއްޖެ ބަލިކޮށްފި
31 Oct 2026 ކުޅިވަރު

ފަލަސްތީނުން މިފަހަރުވެސް ރާއްޖެ ބަލިކޮށްފި

މީގެ ކުރިންވެސް ކުރި ކޭމްޕް ދަތުރުގައިވެސް ފަލަސްތީނުން ވަނީ ރާއްޖެއާ ދެކޮޅަށް މެޗެއް ކުޅެފައެވެ. އެމެޗް ފަލަސްތީނުން ކާމިޔާބުކުރީ 6-0 ގެ ނަތީޖާއިންނެވެ.

ފަލަސްތީނު ފުޓްބޯޅަ ޓީމަށް ކ.ގުރައިދޫން ހޫނު މަރުހަބާއެއް
27 Oct 2026 ކުޅިވަރު

ފަލަސްތީނު ފުޓްބޯޅަ ޓީމަށް ކ.ގުރައިދޫން ހޫނު މަރުހަބާއެއް

ފަލަސްތީނުގެ ޓީމްގެ މި ދަތުރުގެ ތެރެއިން ރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ޓީމާ ދެކޮޅަށް އެކުވެރިކަމުގެ ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މި މެޗުތައް އޮންނާނީ މި މަހުގެ 30 ވަނަ ދުވަހާއި، އަންނަ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހު މާލޭގެ ގައުމީ ފުޓްބޯޅަ ދަނޑުގައެވެ.

އިޒްރޭލާ ހެދި ފަލަސްޠީނު ދަރިވަރުންގެ ތަޢުލީމީ ހައްޤަށް ބޮޑެތި ހުރަސްތަކެއް
27 Oct 2026 ދުނިޔެ

އިޒްރޭލާ ހެދި ފަލަސްޠީނު ދަރިވަރުންގެ ތަޢުލީމީ ހައްޤަށް ބޮޑެތި ހުރަސްތަކެއް

އެ ޖަމިއްޔާއިން ބުނީ ހުޅަނގު އައްސޭރީގައި ދިރިއުޅޭ އެތައް ހާސް ކުޑަކުދިންނަށް ތަޢުލީމު ޙާޞިލުކުރުމުގެ ޙައްޤުން މަޙްރޫމުވެ، ސްކޫލަށް ދިއުމަކީ ނުރައްކާތެރި ކަމަކަށް ވެފައިވާ ކަމަށެވެ

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީޓީމް ރާއްޖޭގައި ކޭމްޕް ކުރަނީ
24 Oct 2026 ކުޅިވަރު

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީޓީމް ރާއްޖޭގައި ކޭމްޕް ކުރަނީ

މި ތަމްރީނު ކޭމްޕްގައި ފަލަސްތީނު ޓީމު ގާއިމުވެ ތިބުމަށް ހަމަޖެހިފައިވަނީ ކ. ގުރައިދޫގައެވެ.