ޢަބްދުލް އަލް-ސައްޔިދު
ޢަބްދުލް އަލް-ސައްޔިދު
ދުނިޔެ 04 Nov 2026 | 08:13

ތާރީޚީ ކާމިޔާބީއެއް: އެމެރިކާގެ ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމަކަށް ޢަބްދުލް އަލް-ސައްޔިދު

އެމެރިކާގެ މިޝިގަން ސްޓޭޓުން ވާދަކުރައްވައި، ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް ޢަބްދުލް އަލް-ސައްޔިދު އެމެރިކާގެ ސެނެޓުގެ ގޮނޑި ކާމިޔާބު ކުރައްވައި، އެ ގައުމުގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް ބޭފުޅާގެ ޝަރަފު ހޯއްދަވައިފިއެވެ. މި އިންތިޚާބުގައި އޭނާ ވަނީ ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓް މައިކް ރޮޖާސްގެ މައްޗަށް ކުރި ހޯއްދަވާފައެވެ.

ކުރިން ވޭން ކައުންޓީގެ ހެލްތު ޑިރެކްޓަރުގެ މަގާމު ފުރުއްވި އަލް-ސައްޔިދު މި އިންތިޚާބުގެ ޓިކެޓް ހޯއްދެވީ ޑިމޮކްރެޓިކް ޕްރައިމަރީގައި ވަރަށް ވާދަވެރި އަދި ގިނަ ޚަރަދުތަކެއް ހިނގި ކެމްޕޭނަކަށްފަހު، ހޭލީ ސްޓީވަންސް ކުޑަ ތަފާތަކުން ބަލިކުރެއްވުމަށްފަހުގައެވެ. ނަމަވެސް، ޕާޓީގެ އެތެރޭގެ ޚިޔާލުތަފާތުވުންތަކުގެ ތެރެއިން، އާދީއްތަ ދުވަހު ސްޓީވަންސް ވަނީ އަލް-ސައްޔިދުގެ ކެމްޕޭންގައި "ނަފުރަތު" އުފައްދާ ކަމަށް ބުނެ ފާޑުކިޔައި، އިދިކޮޅު ކެންޑިޑޭޓް ރޮޖާސްއަށް ތާއީދުކުރަން ނިންމިކަން ހާމަކޮށްފައެވެ.

އިންތިޚާބު ކާމިޔާބު ކުރެއްވުމަށްފަހު ސަޕޯޓަރުންނާ މުޚާޠަބު ކުރައްވައި ވާހަކަދައްކަވަމުން އަލް-ސައްޔިދު ވަނީ، އޭނާގެ ކެމްޕޭނުގައި އެންމެ ބޮޑަށް އަޑުއުފުލި ކަންކަން ކަމުގައިވާ، ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމާއި، ސިޔާސީ ކަންކަމަށް ނުފޫޒު ފޯރުވާ ފައިސާ ހުއްޓުވުމާއި، "މެޑިކެއަރ ފޮރ އޯލް" ފާސްކުރުމުގެ އިތުރުން ބޭރުގެ ހަނގުރާމަތަކަށް އެމެރިކާއިން ފައިސާ ޚަރަދުކުރުން ހުއްޓާލުމަށް އަނެއްކާވެސް ގޮވާލައްވާފައެވެ.

"ރައްޔިތުން ދައްކާ ޓެކްސް ފައިސާއަކީ އެހެން ބައެއްގެ ބޮލަށާއި އެމީހުންގެ ދަރިންގެ ގަޔަށް ބޮންއެޅުމުގެ ބަދަލުގައި، ތިޔަބޭފުޅުންނާއި ތިޔަބޭފުޅުންގެ ދަރިންގެ ލާބައަށް ޚަރަދުކުރެވޭ އެއްޗެއްކަން އެނގުމަކީ މިހާ އުނދަގޫ ކަމަކަށް ވެގެން ނުވާނެ،" އަލް-ސައްޔިދު ވިދާޅުވިއެވެ.

ކެމްޕޭނުގެ ތެރޭގައި އިސްލާމޮފޯބިއާ އަދި ނަސްލީގޮތުން ފުރައްސާރަކުރެއްވި ކަމަށް ބުނެ، ރައީސް ޑޮނަލްޑް ޓްރަމްޕަށާއި ނައިބު ރައީސް ޖޭޑީ ވެންސްއަށް ވެސް އޭނާ ވަނީ ރައްދު ދެއްވާފައެވެ.

"ޓްރަމްޕަށް، އަހަރެންގެ ނަން ކިޔަން އުނދަގޫވިކަން އެނގޭ. އެހެންވީމާ ޖެނުއަރީ މަހު ޖޭޑީ އަހަރެން މަގާމުގެ ހުވާކުރުވުމުން، ދެން އަހަންނަށް 'ސެނެޓަރ' އޭ ކިޔަސް އެންމެ ރަނގަޅު،" އޭނާ ވިދާޅުވިއެވެ.

މިޝިގަން ސްޓޭޓުން 1994 ވަނަ އަހަރުގެ ފަހުން އެއްވެސް ރިޕަބްލިކަން ކެންޑިޑޭޓަކު ސެނެޓް ގޮނޑިއެއް ކާމިޔާބު ކޮށްފައެއް ނުވެއެވެ. ނަމަވެސް ދެ ދައުރު ފުރިހަމަކުރެއްވި ޑިމޮކްރެޓިކް ސެނެޓަރު ގޭރީ ޕީޓާސް ރިޓަޔަރ ކުރެއްވުމާ ގުޅިގެން، މިއީ ސެނެޓުގެ އަޣުލަބިއްޔަތު ހޯދުމަށް ދެ ޕާޓީގެ މެދުގައި ވަރަށް ވާދަވެރި އަދި އިޝްތިހާރުތަކަށް އެކަނިވެސް 100 މިލިއަނަށް ވުރެ ގިނަ ޑޮލަރު ޚަރަދުވި ރޭހެކެވެ. މި ކާމިޔާބީއާ ގުޅިގެން އަލް-ސައްޔިދު ވިދާޅުވީ، ފައިސާއާއި ގިނަ ރައްޔިތުންނާ ދެމެދު ހިނގި މި ހަނގުރާމައިގައި، އާންމު ރައްޔިތުންނަށް ކާމިޔާބު ހޯދިދާނެކަން ސާބިތުކޮށްދެވިއްޖެ ކަމަށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޣައްޒާގައި ވޮލަންޓިއަރެއްގެ ގޮތުގައި ޚިދުމަތްކުރެއްވި ޑރ. އާދަމް ޙަމަވީ އެމެރިކާގެ ކޮންގްރެސްގެ ގޮނޑިއެއް ކާމިޔާބު ކުރައްވައިފި
04 Nov 2026 ދުނިޔެ

ޣައްޒާގައި ވޮލަންޓިއަރެއްގެ ގޮތުގައި ޚިދުމަތްކުރެއްވި ޑރ. އާދަމް ޙަމަވީ އެމެރިކާގެ ކޮންގްރެސްގެ ގޮނޑިއެއް ކާމިޔާބު ކުރައްވައިފި

ޣައްޒާގެ ޤަތުލްޢާއްމުގައި ޒަޚަމްވާ މީހުންނަށް ފަރުވާ ދިނުމަށް ވޮލަންޓިއަރެއްގެ ގޮތުގައި ޚިދުމަތް ދެއްވި ޑޮކްޓަރު، ޑރ. އާދަމް ޙަމަވީ، އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ގޮނޑިއެއް ކާމިޔާބު ކުރައްވައި ތާރީޚުގެ ތެރެއިން ޖާގަ ހޯއްދަވައިފިއެވެ.

ޑިމޮކްރެޓުން ކޮންގްރެސް ކާމިޔާބުކޮށްފިނަމަ ހުރިހާ ކަމެއް ވީޓޯ ކުރާނަން؛ އަހަރެންވާނީ މިސްޓަރ ވީޓޯއަށް: ޓްރަމްޕަ
04 Nov 2026 ދުނިޔެ

ޑިމޮކްރެޓުން ކޮންގްރެސް ކާމިޔާބުކޮށްފިނަމަ ހުރިހާ ކަމެއް ވީޓޯ ކުރާނަން؛ އަހަރެންވާނީ މިސްޓަރ ވީޓޯއަށް: ޓްރަމްޕަ

އެމެރިކާގެ ކޮންގްރެސްގެ މެޖޯރިޓީ ޑިމޮކްރެޓިކް ޕާޓީން ހޯދައިފިނަމަ، އެ މީހުން ފާސްކުރާ ބިލްތައް ހުއްޓުވުމަށް ރައީސްގެ "ވީޓޯ" ގެ ބާރު ފުޅާ ދާއިރާއެއްގައި ބޭނުންކޮށް، "މިސްޓަރ ވީޓޯ" އަށް ބަދަލުވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.

އެމެރިކާގެ ފްލޮރިޑާއަށް ޕްރައިވެޓް ޖެޓެއް ވެއްޓި، އޭގައި ދަތުރުކުރި އެންމެން މަރުވެއްޖެ
02 Nov 2026 ދުނިޔެ

އެމެރިކާގެ ފްލޮރިޑާއަށް ޕްރައިވެޓް ޖެޓެއް ވެއްޓި، އޭގައި ދަތުރުކުރި އެންމެން މަރުވެއްޖެ

އެމެރިކާގެ ދެކުނު ފްލޮރިޑާގެ މީހުން ދިރިއުޅޭ އަވަށަކަށް ޕްރައިވެޓް ޖެޓެއް ވެއްޓި، އޭގައި ދަތުރުކުރި އެންމެން ހިމެނޭހެން ނުވަ މީހަކު މަރުވެއްޖެއެވެ.

އެމެރިކާއާ މެކްސިކޯ ގުޅޭ ބޯޑަރު ކައިރިން "އާދަޔާ ޚިލާފް ޖަނަވާރެއް" ފެނިއްޖެ: ރިޕޯޓް
22 Oct 2026 ދުނިޔެ

އެމެރިކާއާ މެކްސިކޯ ގުޅޭ ބޯޑަރު ކައިރިން "އާދަޔާ ޚިލާފް ޖަނަވާރެއް" ފެނިއްޖެ: ރިޕޯޓް

އެމެރިކާއާއި މެކްސިކޯ ގުޅޭ ބޯޑަރު ކައިރިން، ދުނިޔެއިން އާންމުކޮށް ނުފެންނަ ޒާތުގެ "އާދަޔާ ޚިލާފް ޖަނަވާރެއް" ފެނި، އެކަމާ ގުޅޭގޮތުން ގިނަ ބައެއްގެ މެދުގައި ބޮޑު ސުވާލުތަކަކާއި ބަހުސްތަކެއް އުފެދިއްޖެއެވެ.

ވޭޕްކުރުމުން އަޑަށް ބަދަލު އައިކަން ސެލީނާ ގޯމޭޒް ހާމަކޮށްފި
19 Oct 2026 ދުނިޔެ

ވޭޕްކުރުމުން އަޑަށް ބަދަލު އައިކަން ސެލީނާ ގޯމޭޒް ހާމަކޮށްފި

އޭނާ މިކަން ހާމަކޮށްފައިވަނީ، އިންސްޓަގްރާމުގައި އާދީއްތަ ދުވަހު އޭނާ ޕޯސްޓުކުރި ވީޑިއޯއަކުންނެވެ.

ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކޭޓީ 5 ދުވަސް ނުވަނީސް މަގާމުން ވަކިކޮށްފި
17 Oct 2026 ދުނިޔެ

ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކޭޓީ 5 ދުވަސް ނުވަނީސް މަގާމުން ވަކިކޮށްފި

ޒަކާރިއާގެ ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުން އަންގާރަ ދުވަހު ބޭއްވިއިރު، އެ ބައްދަލުވުން 15 މިނެޓަށް ދެމިގެންދިޔައިރު ޖަވާބުދެއްވީ ހަމައެކަނި ތިން ނޫސްވެރިއެއްގެ ސުވާލަކަށެވެ. އެ ބައްދަލުވުމުގައި ޒަކާރިއާ ފެނިގެން ދިޔައީ ފާޅުކަން ބޮޑު ގޮތެއްގައި ހާސްވެފައި ހުރި ތަނެވެ. ނޯޓު ފޮތަކުން ވާހަކަ ދައްކަމުން ނުކުތާތައް ކިޔައި، ދައްކަން ނުޖެހޭ ބައެއް ވާހަކަތައްވެސް ވަނީ ދައްކާފައެވެ.