ކޭޓީ ޒަކާރިއާ؛ ފޮޓޯ / ސްކައި ނިއުސް
ކޭޓީ ޒަކާރިއާ؛ ފޮޓޯ / ސްކައި ނިއުސް
ދުނިޔެ 17 Oct 2026 | 09:51

ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކޭޓީ 5 ދުވަސް ނުވަނީސް މަގާމުން ވަކިކޮށްފި

ވައިޓް ހައުސް ޕްރެސް ސެކްރެޓަރީ ކެޓީ ޒަކާރިއާ، މަގާމާ ހަވާލުވިތާ 5 ދުވަސް ނުވަނީސް އެ މަގާމުން ވަކިކޮށްފިއެވެ.

ޒަކާރިއާގެ ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުން އަންގާރަ ދުވަހު ބޭއްވިއިރު، އެ ބައްދަލުވުން 15 މިނެޓަށް ދެމިގެންދިޔައިރު ޖަވާބުދެއްވީ ހަމައެކަނި ތިން ނޫސްވެރިއެއްގެ ސުވާލަކަށެވެ. އެ ބައްދަލުވުމުގައި ޒަކާރިއާ ފެނިގެން ދިޔައީ ފާޅުކަން ބޮޑު ގޮތެއްގައި ހާސްވެފައި ހުރި ތަނެވެ. ނޯޓު ފޮތަކުން ވާހަކަ ދައްކަމުން ނުކުތާތައް ކިޔައި، ދައްކަން ނުޖެހޭ ބައެއް ވާހަކަތައްވެސް ވަނީ ދައްކާފައެވެ.

އެ ބައްދަލުވުމާ ގުޅިގެން މީޑިއާގެ ފާޑުކިޔުންތައް އެކަމަނާއަށް އަމާޒުވެގެން ދިޔައިރު، ޖެހިގެން އައި ދުވަސްތަކުގައި އޭނާގެ ތަޖުރިބާއާއި ސެޓިފިކެޓްތަކާ ބެހޭ ގޮތުން ނޫސްތަކުން ކެނޑިނޭޅި ދިޔައީ ސުވާލު އުފައްދަމުންނެވެ. އެންމެފަހުން ނޫސްވެރިން ސުވާލުތައް ކުރިމަތިކުރުމުން ޒަކާރިއާ ވަނީ، ގާނޫނީ ވަކީލުކަމުގެ ބާ އެގްޒާމް ފާސް ނުވާ ކަމަށްވެސް އެއްބަސްވެފައެވެ. އެހެން ނަމަވެސް، ޗައިނާގައި ބައިނަލްއަގުވާމީ ވިޔަފާރީގެ ގާނޫނީ ދާއިރާގައި އެކަށީގެންވާ ސެޓިފިކެޓްތަކާ އެކު މަސައްކަތް ކޮށްފައިވާ ކަމަށް ބަޔާނެއް މެދުވެރިކޮށް ބުނެފައިވެއެވެ.

މިކަމާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްވެސް ވަނީ ކެޓީ ޒަކާރިއާ ބޭނުން ނުވާނަމަ އެކަން މަގާމުުގައި ކޮންމެހެން މަޑުކުރަން މަޖުބޫރު ނުވާނޭ ބުނެފައިވާކަމަށް ވިދާޅުވެފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މެކްސިކޯގައި ތިން ސާފަރުން މެރި ތިން މީހަކަށް 158 އަހަރުގެ ޖަލު ހުކުމެއް އިއްވައިފި
17 Oct 2026 ދުނިޔެ

މެކްސިކޯގައި ތިން ސާފަރުން މެރި ތިން މީހަކަށް 158 އަހަރުގެ ޖަލު ހުކުމެއް އިއްވައިފި

މި ތިން މީހުން މަރާލީ އޮސްޓްރޭލިއާގެ ދެބެއިން ކަމަށްވާ ޖެކް ރޮބިންސަން އާއި ކެލަމް ރޮބިންސަން، އަދި އެ ދެ މީހުންގެ ރަހުމަތްތެރިޔެއް ކަމަށްވާ އެމެރިކާ އަށް ނިސްބަތްވާ ކާޓާ ރޯޑެވެ. ޝަރީއަތަށް ހުށަހެޅި ހެކިތަކުން ހާމަވިގޮތުގައި އެ ތިން ޒުވާނުން މެރީ އެ މީހުންގެ ޓްރަކް ފޭރެން ކުރި މަސައްކަތު ތެރޭގައެވެ.

އެމެރިކާގައި މީހަކަށް މަރުގެ އަދަބު ދޭތަން ލައިވްކުރަން ނިންމުމުން ފާޑުކިޔުން އަމާޒުވެ، އެކަން ނުކުރަން ނިންމައިފި
16 Oct 2026 ދުނިޔެ

އެމެރިކާގައި މީހަކަށް މަރުގެ އަދަބު ދޭތަން ލައިވްކުރަން ނިންމުމުން ފާޑުކިޔުން އަމާޒުވެ، އެކަން ނުކުރަން ނިންމައިފި

އެމެރިކާގެ އަސްކަރީ މަރުކަޒެއްގައި ބަޑީގެ ހަމަލާތަކެއް ދީ ސިފައިންތަކެއް މަރާލި މީހަކަށް، ބަޑިޖަހައިގެން މަރުގެ އަދަބު ދޭ މަންޒަރު ވަގުތުން ދެއްކުމަށް، ލައިވްކުރުމަށް އެ ގައުމުގެ ސަރުކާރުން ނިންމައިފިއެވެ.

ރަޝިއާގެ ޑީސަލް ގަތުމަށް ޓްރަމްޕް ޕޫޓިންއާ އެކު އެއްބަސްވުމެއް ހަދައިފި
10 Oct 2026 ދުނިޔެ

ރަޝިއާގެ ޑީސަލް ގަތުމަށް ޓްރަމްޕް ޕޫޓިންއާ އެކު އެއްބަސްވުމެއް ހަދައިފި

ރަޝިއާގެ ޑީސަލް ގަތުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެ ޤައުމުގެ ރައީސް ވްލަޑިމިއާ ޕޫޓިންއާ އެކު އެއްބަސްވުމެއް ހަދައިފިއެވެ. މި އެއްބަސްވުމަކީ، ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާ ގުޅިގެން މޮސްކޯއާ...

ދެ އިންޖެކްޝަން ޖަހައިގެން މަރު ނުވި އެމެރިކާ އަންހެން މީހާ ހޭއަރައި ވާހަކަދައްކަން ފަށައިފި: ލޯޔަރުން
07 Oct 2026 ދުނިޔެ

ދެ އިންޖެކްޝަން ޖަހައިގެން މަރު ނުވި އެމެރިކާ އަންހެން މީހާ ހޭއަރައި ވާހަކަދައްކަން ފަށައިފި: ލޯޔަރުން

ވިހަ އިންޖެކްޝަން (ލީތަލް އިންޖެކްޝަން) ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ ސަލާމަތްވި އެމެރިކާގެ ގައިދީ ކްރިސްޓާ ޕައިކް ހޭއަރައި، މިހާރު ވާހަކަދައްކަން ފަށާފައިވާ ކ...

އެމެރިކާގައި، ދެ އިންޖެކްޝަން ޖަހައިގެންވެސް މަރުނުވި އަންހެންމީހާ، ވެންޓިލޭޓަރުގައި؛ ހާލު ސީރިއަސް: ލޯޔަރުން
04 Oct 2026 ދުނިޔެ

އެމެރިކާގައި، ދެ އިންޖެކްޝަން ޖަހައިގެންވެސް މަރުނުވި އަންހެންމީހާ، ވެންޓިލޭޓަރުގައި؛ ހާލު ސީރިއަސް: ލޯޔަރުން

އެމެރިކާގެ ޓެނެސީ ސްޓޭޓުގައި މަރުގެ އަދަބު ކަނޑައެޅިފައިވާ ޤައިދީއެއް ކަމަށްވާ ކްރިސްޓާ ޕައިކްގެ ގަޔަށް ލީތަލް އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ، އޭނާ...

ހަނގުރާމައިގެ ކުރިމަގާ ބެހޭ ދިރާސާއެއް ހެދުމަށް މަސްކް އަލުން ޓްރަމްޕްގެ ސަރުކާރުގެ މަގާމަކަށް
02 Oct 2026 ދުނިޔެ

ހަނގުރާމައިގެ ކުރިމަގާ ބެހޭ ދިރާސާއެއް ހެދުމަށް މަސްކް އަލުން ޓްރަމްޕްގެ ސަރުކާރުގެ މަގާމަކަށް

ދުނިޔޭގެ މަޝްހޫރު ބިލިއަނަރު އީލޮން މަސްކް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރަށް ރަސްމީކޮށް ލަފާއެރުވުމުގެ މަސައްކަތަށް އަލުން އެނބުރި އަތުވެއްޖެއެވެ. މަސްކް މިފަހަރު ހަވާލުވީ އެމެރިކާގެ ޕ...

އެމެރިކާގައި އަންހެނަކަށް މަރުގެ އަދަބު ދިނުމަށް ދެ ފަހަރެއްގެ މަތިން ލީތަލް އިންޖެކްޝަން ޖެހުމުންވެސް މަރެއް ނުވި
01 Oct 2026 ދުނިޔެ

އެމެރިކާގައި އަންހެނަކަށް މަރުގެ އަދަބު ދިނުމަށް ދެ ފަހަރެއްގެ މަތިން ލީތަލް އިންޖެކްޝަން ޖެހުމުންވެސް މަރެއް ނުވި

އެމެރިކާގެ ޓެނެސީ ސްޓޭޓްގައި މަރުގެ އަދަބު ދިނުމަށް ހުކުމް ކޮށްފައިވާ އުމުރުން 50 އަހަރުގެ ކްރިސްޓާ ޕައިކްއަށް މަރުގެ އަދަބު ދިނުމަށް ދެ ފަހަރެއްގެ މަތިން ލީތަލް އިންޖެކްޝަން ޖެހުމުން ވެސް އޭނާ މަރުނު...