ފިންގަރ ޖެޓީގެ ތަނބުތައް ޖަހަނީ؛ ފޮޓޯ / އެމްޓީސީސީ
ފިންގަރ ޖެޓީގެ ތަނބުތައް ޖަހަނީ؛ ފޮޓޯ / އެމްޓީސީސީ
ހަބަރު 17 Oct 2026 | 08:14

މާލޭ އުތުރުފަރާތުގައި ހަދާ ފިންގަރ ޖެޓީގެ ކޮންކްރީޓުގެ މަސައްކަތް ފަށަނީ

މާލޭ އުތުރު ފަރާތު ބަނދަރުގައި ތަރައްގީކުރާ ފިންގަރ ޖެޓީގެ 15 މީޓަރުގެ ޖެޓީތަކުގެ ކޮންކްރީޓް އެޅުމުގެ މަރުހަލާ ފެށުމަށް ތައްޔާރުވަމުންދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، މި ވަގުތު ކުރިއަށް ދަނީ ޖެޓީގެ ތަނބުތައް ބެހެއްޓުމާއި ދަގަނޑު އެޅުމުގެ މަސައްކަތްތައް ކަމަށެވެ. މި ދެ މަރުހަލާ ނިމުމާ އެކު، އަންނަ ހަފުތާ ތެރޭގައި ޖެޓީގެ ކޮންކްރީޓް މަސައްކަތް ފެށޭނެ ކަމަށް އެމްޓީސީސީން ލަފާކުރެއެވެ.

ޖުމްލަ 18.98 މިލިޔަން ރުފިޔާ ހޭދަވާ މި މަޝްރޫއުގައި ހެދުމަށް ރާވައިފައި ވަނީ 25 މީޓަރު ދިގު، ހަ މީޓަރު ފުޅާ ތިން ޖެޓީއާއި 15 މީޓަރު ދިގު، ހަ މީޓަރު ފުޅާ ތިން ޖެޓީއެވެ.

އެމްޓީސީސީން ފާހަގަކުރި ގޮތުގައި، މި ޖެޓީތައް ނިމުމުން ބަނދަރުގައި ތޮއްޖެހުން ކުޑަވެ، ގިނަ އުޅަނދުތަކަކަށް އެއް ފަހަރާ ޖެޓީ ބޭނުންކުރެވޭނެއެވެ. އެ ކުންފުނިން ބުނީ، މިހާރު ބޭރުގައި އޮންނަ ލޯންޗަކަށް އެރުމަށް މަގަތުގައި ހުންނަ ލޯންޗުން އެއް ލޯންޗުން އަނެއް ލޯންޗަށް އަރައިގެން އުފުލަން ޖެހޭ ތަކުލީފު މި މަޝްރޫއާ އެކު ނިމުމަކަށް އަންނާނެ ކަމަށެވެ.

މީގެ އިތުރުން، ކުޑަކުދިންނާއި އިސް ރައްވެހިން އަދި ލަގެޖު ހިފައިގެން ދަތުރުކުރާ ފަރާތްތަކަށް ވެސް ބޮޑެތި ލުއިތަކެއް ލިބޭނެއެވެ. ޖެޓީތައް ބޭނުންކުރެވެން ފެށުމުން ދަތުރުތައް އަވަސްވެ، އުޅަނދުފަހަރަށް އެރުމާއި ފައިބާ ދަތުރުވެރިންނަށް އިތުރު ރައްކާތެރިކަން ކަށަވަރުވެގެންދާނެ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ.

މި މަޝްރޫއަކީ އާންމު ރައްޔިތުންނާއި ދަތުރުވެރިންނަށް ފަސޭހަ ހިދުމަތެއް ފޯރުކޮށްދިނުމަށް ހިންގާ މަޝްރޫއެކެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މިމަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 3.4 އިންސައްތަ ދަށަށް
17 Oct 2026 ހަބަރު

މިމަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 3.4 އިންސައްތަ ދަށަށް

މިދިޔަ އަހަރު ޖުމްލަ 2.2 މިލިއަން ފަތުރުވެރިން ރާއްޖެ އައި ނަމަވެސް، މި އަހަރު ނިމޭއިރު ވެސް އެ އަދަދާ އެއް ހަމައަކަށް ވާސިލުވެވޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން 'އަހާ' ފޯރަމްގައި ވިދާޅުވެފައިވެއެވެ.

ހައިވޭ އެކްސިޑެންޓް؛ އެއީ ފުލުހުންގެ ވާޖިބަށް ހުރަސްއެޅުމަށް ގަސްދުގައި ހިންގި އަމަލެއް
17 Oct 2026 ހަބަރު

ހައިވޭ އެކްސިޑެންޓް؛ އެއީ ފުލުހުންގެ ވާޖިބަށް ހުރަސްއެޅުމަށް ގަސްދުގައި ހިންގި އަމަލެއް

ގަޑިއަކު 100 ކިލޯމީޓަރަށްވުރެ ބާރު ސްޕީޑުގައި ދުއްވާފައިދިޔަ އެ ސައިކަލް ހައިވޭގައި ތިބި ފުލުހުންނާ ދިމާއަށް ގޮސް ފުލުހުން ޖަހާފައިވާ ބެރިކޭޑުގައި ޖެހުމަށްފަހު، އެވަގުތު ޑިއުޓީގައި ހުރި ފުލުސް އޮފިސަރުގެ ގައިގައި ވަނީ ބާރަށް ޖެހިފައެވެ.

އަހަރުގެ މިހާތަނަށް ބަޖެޓުން އެންސްޕާއަށް 2.9 ބިލިއަން ރުފިޔާ
17 Oct 2026 ހަބަރު

އަހަރުގެ މިހާތަނަށް ބަޖެޓުން އެންސްޕާއަށް 2.9 ބިލިއަން ރުފިޔާ

މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރުގެ މިހާތަނަށް އެންސްޕާއަށް ކުރި ހޭދަ 503 މިލިއަން ރުފިޔާއަށް ވުތރެ އިތުރުވެފައިވާކަމަށް ދައްކައެވެ. މިއަހަރު އެންސްޕާއަށް ފާސްކޮށްދީފައިވަނީ، 3.4 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ހައިވޭގައި ބާރު ސްޕީޑްގައި ދުއްވި ސައިކަލްގައި ޖެހުނު ފުލުސް މީހާއަށް ސީރިއަސް އަނިޔާތަކެއް
17 Oct 2026 ހަބަރު

ހައިވޭގައި ބާރު ސްޕީޑްގައި ދުއްވި ސައިކަލްގައި ޖެހުނު ފުލުސް މީހާއަށް ސީރިއަސް އަނިޔާތަކެއް

މި އެކްސިޑެންޓްގައި ފުލުހުން މީހާ އަނިޔާވެގެން ވެއްޓިފައި އޮތް މަންޒަރު ވޮއިސްގެ ނޫސްވެރީންނަށް ފެނުނުއިރު، ސައިކަލު އޮތީ ދުރަށް ވިއްސައިގެން ގޮސްފަ އެވެ. މި ހާދިސާ ފުލުހުން ދަނީ ތަހްގީގް ކުރަމުންނެވެ.

ބާރު ސްޕީޑުގައި ދުއްވި ސައިކަލަކުން ޖެހި ހައިވޭގައި ޑިއުޓީގައި ހުރި ފުލުހަކަށް ވަރަށް އަނިޔާވެއްޖެ
17 Oct 2026 ހަބަރު

ބާރު ސްޕީޑުގައި ދުއްވި ސައިކަލަކުން ޖެހި ހައިވޭގައި ޑިއުޓީގައި ހުރި ފުލުހަކަށް ވަރަށް އަނިޔާވެއްޖެ

ފުލުހުން މީހާ އަނިޔާވެގެން ވެއްޓިފައި އޮތް މަންޒަރު ވޮއިސްގެ ނޫސްވެރީންނަށް ފެނިފައިވެ އެވެ.

ނ. ފޮއްދޫގައި ބުޅާ ގިނަވެ، ދިރޭ ތަކެއްޗަށް ކާން އެޅޭނެ ވަކި ސަރަހައްދެއް ކައުންސިލުން ކަނޑައަޅައިފި
16 Oct 2026 ހަބަރު

ނ. ފޮއްދޫގައި ބުޅާ ގިނަވެ، ދިރޭ ތަކެއްޗަށް ކާން އެޅޭނެ ވަކި ސަރަހައްދެއް ކައުންސިލުން ކަނޑައަޅައިފި

ކައުންސިލުން ބުނީ ޖަނަވާރު ގެންގުޅުމުގައި އަމަލުކުރަންވާގޮތް ކައުންސިލުން އެންގިނަމަވެސް، ބައެއް ފަރާތްތަކުން އެގޮތަށް އަމަލުކުރަމުން ނުދާކަން ފާހަގަކުރެވޭކަމަށެވެ. އެގޮތުން އާންމު ސަރަހައްދުތަކަށް ބުޅަލަށް ކާން އެޅުމާއި، އެކަމުގެ ސަބަބުން ސާފުތާހިރުކަން ގެއްލެމުން ދާ ކަމުގެ ޝަކުވާ ކައުންސިލަށް ލިބެމުންދާކަމަށްވެސް ބުންޏެވެ.

ސައިކަލެއް ވަގަށް ނަގާ ފޭކު ބޯޑެއް ހަރުކުރި އިތުރު މައްސަލައެއް؛ މި ފަހަރު ލަންކާ ދެ މީހެއް
16 Oct 2026 ހަބަރު

ސައިކަލެއް ވަގަށް ނަގާ ފޭކު ބޯޑެއް ހަރުކުރި އިތުރު މައްސަލައެއް؛ މި ފަހަރު ލަންކާ ދެ މީހެއް

ވަގަށް ނަގާފައިވާ އުޅަނދެއް ބޭނުންކުރި ކަމުގެ ތުހުމަތުގައި މި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

ސައިކަލުގެ ނަންބޯޑް ބަދަލުކޮށް ވަގަށް ނަގައިފި، ތުހުމަތު އޮތް ތިން މީހުން ހައްޔަރު
16 Oct 2026 ހަބަރު

ސައިކަލުގެ ނަންބޯޑް ބަދަލުކޮށް ވަގަށް ނަގައިފި، ތުހުމަތު އޮތް ތިން މީހުން ހައްޔަރު

މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 45 އަހަރުގެ ދެ ފިރިހެނުންނާއި 39 އަހަރުގެ ފިރިހެނެކެވެ.