ޗެލްސީގެ ކެޕްޓަން ރީސް ޖޭމްސް ތިންމަސްދުވަހު ކުޅުމާ ދުރުގައި ހުންނަން ޖެހިއްޖެ
ޗެލްސީގެ ކެޕްޓަން ރީސް ޖޭމްސްގެ ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން ކުރި އޮޕަރޭޝަނަށްފަހު، ގާތްގަނޑަކަށް ތިން މަސް ދުވަހުގެ މުއްދަތަކަށް އޭނާ ކުޅުމާ ދުރަށް ދާންޖެހިއްޖެއެވެ.
ޖޭމްސްއަށް މި އަނިޔާ ކުރިމަތިވީ، މިދިޔަ ހުކުރު ދުވަހު ބޯންމައުތްއާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން ބޭއްވި ފަރިތަކުރުންތަކުގެ ތެރޭގައެވެ. ނޫސްވެރިންނާ ވާހަކަ ދައްކަމުން ޗެލްސީގެ ކޯޗު ޒަބީ އެލޮންސޯ ބުނެފައިވަނީ ޖޭމްސްގެ ކަކުލުގެ ސާޖަރީ ކާމިޔާބުކަމަށެވެ.
އެލޮންސޯ ބުނީމި އަނިޔާގެ ސަބަބުން ކުރިއަށް އޮތް ޖެނުއަރީ ޓްރާންސްފާ ބާޒާރުގައި ކުޅުންތެރިން ހޯދުމަށް ގެންގުޅޭ ޕްލޭންތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ. ޖޭމްސް އެނބުރި އަންނާނެ ސީދާ ތާރީޚެއް ކޯޗު ކަށަވަރުކޮށް ނުދިން ނަމަވެސް، މީޑިއާގެ ބައެއް ރިޕޯޓްތަކުގައި ބުނެފައިވަނީ އެންމެ އަވަހަށްވެސް އޭނާއަށް ކުޅުމުގެ ތެރެއަށް އަނބުރާ ދެން އާދެވޭވަރުވާނީ އަންނަ އަހަރުގެ ތެރޭގައި ކަމަށެވެ.
ޗެލްސީގެ ކޯޗު ބުނެފައިވަނީ ޖޭމްސްއަށް އަނިޔާވުމަކީ ޓީމަށް ލިބުނު އިތުރު ނުތަނަވަސްކަމެއް ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް