މަރުގެ އަދަބުދޭން އިންޖެކްޝަންޖެހި މީހާ
މަރުގެ އަދަބުދޭން އިންޖެކްޝަންޖެހި މީހާ
ދުނިޔެ 01 Oct 2026 | 07:00

އެމެރިކާގައި އަންހެނަކަށް މަރުގެ އަދަބު ދިނުމަށް ދެ ފަހަރެއްގެ މަތިން ލީތަލް އިންޖެކްޝަން ޖެހުމުންވެސް މަރެއް ނުވި

އެމެރިކާގެ ޓެނެސީ ސްޓޭޓްގައި މަރުގެ އަދަބު ދިނުމަށް ހުކުމް ކޮށްފައިވާ އުމުރުން 50 އަހަރުގެ ކްރިސްޓާ ޕައިކްއަށް މަރުގެ އަދަބު ދިނުމަށް ދެ ފަހަރެއްގެ މަތިން ލީތަލް އިންޖެކްޝަން ޖެހުމުން ވެސް އޭނާ މަރުނުވުމާ ގުޅިގެން ކުއްލި ފަރުވާއަށް ހޮސްޕިޓަލަށް ބަދަލުކޮށްފިއެވެ.

މި ހާދިސާ ހިނގާފައިވަނީ ބުދަ ދުވަހުގެ ރޭ ޓެނެސީގެ ނެޝްވިލްގައި ހުންނަ ރިވަރބެންޑް މެކްސިމަމް ސެކިއުރިޓީ ޖަލުގައެވެ.

ޕައިކްގެ ގާނޫނީ ޓީމުން ބުނި ގޮތުގައި، 'ޕެންޓޯބާބިޓަލް' ކިޔާ ވިހަ މާއްދާގެ ދެ އިންޖެކްޝަން އޭނާގެ ގަޔަށް ޖެހުމަށްފަހު ވެސް އޭނާގެ ހިތުގެ ވިންދު ހުއްޓިފައި ނުވާ ކަމަށާއި، ހޭނެތިފައި އޮވެ ގަދައަށް ގުގުރިދަމަމުން ދިޔަ ކަމަށެވެ. މިކަމާ ގުޅިގެން އޭނާގެ ވަކީލުން ވަގުތުން ކޯޓަށް ކުއްލި މައްސަލައެއް ހުށަހަޅައި، އަދަބު ތަންފީޒުކުރުން ހުއްޓުވައި ފުރާނަ ސަލާމަތްކުރުމުގެ ފަރުވާ ދިނުމަށް އެދުނެވެ.

ޑިސްޓްރިކްޓް ޖަޖް ކްލިފްޓަން އެލް ކޯކަރ ވަނީ ވަގުތުން އޭނާއަށް ސިއްހީ ފަރުވާ ދިނުމަށް އަމުރުކޮށްފައެވެ. ޕައިކްގެ ވަކީލުން ބުނެފައިވަނީ، ޓެނެސީ ސްޓޭޓުން ގާނޫނީ ހަމަތަކުގެ މަތިން މަރުގެ އަދަބު ތަންފީޒުކުރުމުގައި އަނެއްކާވެސް ނާކާމިޔާބުވެފައިވާ ކަމަށާއި، ލޭހޮޅިތައް ހަލާކުވުމާއި ބޭނުންކުރި ބޭހުގެ ފެންވަރު ދަށްވުން ފަދަ އެތައް މައްސަލަތަކެއް ފާހަގަކުރެވުނު ކަމަށެވެ. އަދި ސިއްހީ މާހިރުން ލަފާކުރާ ގޮތުގައި ފަރުވާ ލަސްވުމުގެ ސަބަބުން އޭނާގެ ސިކުނޑިއަށް ގެއްލުންތަކެއް ވެފައިވުން އެކަށީގެންވެއެވެ.

ޕައިކްއަކީ ޓެނެސީގެ ޖަލެއްގައި މަރުގެ ހުކުމްކޮށްފައި ހުރި ހަމައެކަނި އަންހެން މީހާއެވެ. އޭނާގެ މައްޗަށް މަރުގެ ހުކުމް އިއްވީ 1996 ވަނަ އަހަރު، އުމުރުން 19 އަހަރުގެ ކޮލީން ސްލެމަރ ކިޔާ އަންހެން ކުއްޖަކަށް އަނިޔާކޮށް ރަހުމުކުޑަކޮށް މަރާލި މައްސަލައިގައެވެ. އެ ހާދިސާ ހިނގިއިރު ޕައިކްގެ އުމުރަކީ 18 އަހަރެވެ.

މަރުގެ އަދަބު ތަންފީޒުކުރުމުގެ ކުރިން، ޕައިކްގެ ވަކީލުން އެމެރިކާގެ ސުޕްރީމް ކޯޓަށާއި ސްޓޭޓްގެ ގަވަރުނަރަށް މައާފު ދިނުމަށް އެދި ހުށަހެޅި ނަމަވެސް، އެ ހުރިހާ އިލްތިމާސްތަކެއް ވަނީ ބޭރުކޮށްލާފައެވެ. އަނިޔާވެރިކޮށް މަރާލެވުނު ކޮލީންގެ މަންމަ މޭ މާޓިނޭޒް ބުނެފައިވަނީ އިންސާފު ލިބުމަށް އޭނާ އެތައް އަހަރެއް ވަންދެން އިންތިޒާރުކުރި ކަމަށެވެ.

އެމެރިކާގައި 1976 ވަނަ އަހަރު އަލުން މަރުގެ އަދަބު ދޭން ފެށި ފަހުން މިހާތަނަށް މަރުގެ އަދަބު ދީފައިވަނީ އެންމެ 18 އަންހެނުންނަށެވެ. އޭގެ ބަދަލުގައި 1،663 ފިރިހެނުންނަށް މަރުގެ އަދަބު ތަންފީޒުކޮށްފައިވެއެވެ. ޓެނެސީގެ ޑިޕާޓްމަންޓް އޮފް ކަރެކްޝަނުން ބުނެފައިވަނީ އަދަބު ތަންފީޒުކުރުމުގައި ގަވާއިދުތަކާ އެއްގޮތަށް އަމަލުކޮށްފައިވާނެ ކަމަށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އެމެރިކާގެ ފްލޮރިޑާއަށް ޕްރައިވެޓް ޖެޓެއް ވެއްޓި، އޭގައި ދަތުރުކުރި އެންމެން މަރުވެއްޖެ
02 Nov 2026 ދުނިޔެ

އެމެރިކާގެ ފްލޮރިޑާއަށް ޕްރައިވެޓް ޖެޓެއް ވެއްޓި، އޭގައި ދަތުރުކުރި އެންމެން މަރުވެއްޖެ

އެމެރިކާގެ ދެކުނު ފްލޮރިޑާގެ މީހުން ދިރިއުޅޭ އަވަށަކަށް ޕްރައިވެޓް ޖެޓެއް ވެއްޓި، އޭގައި ދަތުރުކުރި އެންމެން ހިމެނޭހެން ނުވަ މީހަކު މަރުވެއްޖެއެވެ.

ރަސްމާލެ މަޝްރޫއުއަށް ފުރިހަމައަށް ތާއީދުކުރަން: ނަޝީދު
01 Nov 2026 ދުނިޔެ

ރަސްމާލެ މަޝްރޫއުއަށް ފުރިހަމައަށް ތާއީދުކުރަން: ނަޝީދު

ނަޝީދު ވަނީ ރަސްމާލެ މަޝްރޫއުއާމެދު ކަންބޮޑުވުން ފާޅުކޮށް ގައުމީ މަޖިލީހުގެ އެކި މެންބަރުން ދެއްކެވި ވާހަަކަތަކަށް ވެސް އެކި ފަހަރުމަތީން ރައްދު ދެއްވާފަ އެވެ.

އެމެރިކާއާ މެކްސިކޯ ގުޅޭ ބޯޑަރު ކައިރިން "އާދަޔާ ޚިލާފް ޖަނަވާރެއް" ފެނިއްޖެ: ރިޕޯޓް
22 Oct 2026 ދުނިޔެ

އެމެރިކާއާ މެކްސިކޯ ގުޅޭ ބޯޑަރު ކައިރިން "އާދަޔާ ޚިލާފް ޖަނަވާރެއް" ފެނިއްޖެ: ރިޕޯޓް

އެމެރިކާއާއި މެކްސިކޯ ގުޅޭ ބޯޑަރު ކައިރިން، ދުނިޔެއިން އާންމުކޮށް ނުފެންނަ ޒާތުގެ "އާދަޔާ ޚިލާފް ޖަނަވާރެއް" ފެނި، އެކަމާ ގުޅޭގޮތުން ގިނަ ބައެއްގެ މެދުގައި ބޮޑު ސުވާލުތަކަކާއި ބަހުސްތަކެއް އުފެދިއްޖެއެވެ.

ވޭޕްކުރުމުން އަޑަށް ބަދަލު އައިކަން ސެލީނާ ގޯމޭޒް ހާމަކޮށްފި
19 Oct 2026 ދުނިޔެ

ވޭޕްކުރުމުން އަޑަށް ބަދަލު އައިކަން ސެލީނާ ގޯމޭޒް ހާމަކޮށްފި

އޭނާ މިކަން ހާމަކޮށްފައިވަނީ، އިންސްޓަގްރާމުގައި އާދީއްތަ ދުވަހު އޭނާ ޕޯސްޓުކުރި ވީޑިއޯއަކުންނެވެ.

ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކޭޓީ 5 ދުވަސް ނުވަނީސް މަގާމުން ވަކިކޮށްފި
17 Oct 2026 ދުނިޔެ

ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކޭޓީ 5 ދުވަސް ނުވަނީސް މަގާމުން ވަކިކޮށްފި

ޒަކާރިއާގެ ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުން އަންގާރަ ދުވަހު ބޭއްވިއިރު، އެ ބައްދަލުވުން 15 މިނެޓަށް ދެމިގެންދިޔައިރު ޖަވާބުދެއްވީ ހަމައެކަނި ތިން ނޫސްވެރިއެއްގެ ސުވާލަކަށެވެ. އެ ބައްދަލުވުމުގައި ޒަކާރިއާ ފެނިގެން ދިޔައީ ފާޅުކަން ބޮޑު ގޮތެއްގައި ހާސްވެފައި ހުރި ތަނެވެ. ނޯޓު ފޮތަކުން ވާހަކަ ދައްކަމުން ނުކުތާތައް ކިޔައި، ދައްކަން ނުޖެހޭ ބައެއް ވާހަކަތައްވެސް ވަނީ ދައްކާފައެވެ.

އެމެރިކާގައި މީހަކަށް މަރުގެ އަދަބު ދޭތަން ލައިވްކުރަން ނިންމުމުން ފާޑުކިޔުން އަމާޒުވެ، އެކަން ނުކުރަން ނިންމައިފި
16 Oct 2026 ދުނިޔެ

އެމެރިކާގައި މީހަކަށް މަރުގެ އަދަބު ދޭތަން ލައިވްކުރަން ނިންމުމުން ފާޑުކިޔުން އަމާޒުވެ، އެކަން ނުކުރަން ނިންމައިފި

އެމެރިކާގެ އަސްކަރީ މަރުކަޒެއްގައި ބަޑީގެ ހަމަލާތަކެއް ދީ ސިފައިންތަކެއް މަރާލި މީހަކަށް، ބަޑިޖަހައިގެން މަރުގެ އަދަބު ދޭ މަންޒަރު ވަގުތުން ދެއްކުމަށް، ލައިވްކުރުމަށް އެ ގައުމުގެ ސަރުކާރުން ނިންމައިފިއެވެ.

ރަޝިއާގެ ޑީސަލް ގަތުމަށް ޓްރަމްޕް ޕޫޓިންއާ އެކު އެއްބަސްވުމެއް ހަދައިފި
10 Oct 2026 ދުނިޔެ

ރަޝިއާގެ ޑީސަލް ގަތުމަށް ޓްރަމްޕް ޕޫޓިންއާ އެކު އެއްބަސްވުމެއް ހަދައިފި

ރަޝިއާގެ ޑީސަލް ގަތުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެ ޤައުމުގެ ރައީސް ވްލަޑިމިއާ ޕޫޓިންއާ އެކު އެއްބަސްވުމެއް ހަދައިފިއެވެ. މި އެއްބަސްވުމަކީ، ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާ ގުޅިގެން މޮސްކޯއާ...