ރަސްމާލެ މަޝްރޫއުއަށް ފުރިހަމައަށް ތާއީދުކުރަން: ނަޝީދު
ރަސްމާލޭގައި އީގަލް ހިލްސްއާ ހަވާލުކޮށްގެން ހިންގުމަށް ހަމަޖެހިފައިވާ ބިޔަ މަޝްރޫޢުއަށް ފުރިހަމައަށް ތާއީދު ކުރައްވާ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މިރޭގެ ބައްދަލްވުމުގައި ނަޝީދު ވަނީ. ގައުމީ މަޖިލީހުގެ ހުރިހާ މެންބަރުންހެން ކަންބޮޑުވުން އޮތް ރަސްމާލެ މަޝްރޫއުއަށް ފުރިހަމައަށް ތާއީދު ކުރައްވާ ކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ.
ރާއްޖޭގައި ވަޒަންވެރިވީ އެކި މީހުންގެ ފަރާތުން ފަޚުރުވެރި ދިވެހީން އުފެދިފައިވާ ކަމަށް ވިދާޅުވެ ރާއްޖޭގައި ބޭރު މީހުން ވަޒަންވެރި ކުރުވުމަށް ތާއީދު ކުރައްވާ ވެސް ވާހަކަފުޅު ދެއްކެވި އެވެ.
"އަޅުގަނޑު ފުރިހަމައަށް މި ޕްރޮޖެކްޓަށް [ރަސްމާލެ މަޝްރޫއުއަށް] ތާއީދުކުރަން، ހަމަ ފުރިހަމައަށް،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވަނީ ރަސްމާލެ މަޝްރޫއުއާމެދު ކަންބޮޑުވުން ފާޅުކޮށް ގައުމީ މަޖިލީހުގެ އެކި މެންބަރުން ދެއްކެވި ވާހަަކަތަކަށް ވެސް އެކި ފަހަރުމަތީން ރައްދު ދެއްވާފަ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް