ފާރިޝް
ފާރިޝް
ހަބަރު 01 Nov 2026 | 11:06

ފިލައިގެން ފާރިޝްއައީ މާލެ، އޭނާ ހުރިތަން ދެނެގަނެ ހައްޔަރުކޮށްފި

ހެންވޭރު ކަށިމާ ހިނގުމާއި ދޫހިމެރި މަގުގައި އާންމުންނަށް ތަކުރާރުކޮށް ގޯނާކޮށް، ބިރުދައްކައި، ދުއްތުރާކުރަމުންދިޔަ މައްސަލައެއްގައި ހައްޔަރުކުރި އަޙްމަދު ފައިރިޝް ފަރުވާއަށް ހިންމަފުށީ ޑްރަގް ސެންޓަރަށް ގެންގޮސް ހުއްޓައި ފިލައިގެން އުޅެނިކޮށް މިއަދު ހައްޔަރުކޮށްފި އެވެ.

މިކަން ފުލުހުންވެސް ވަނީ ޔަގީންކޮށްދީފައެވެ. ފުލުހުން ބުނީ ފަރުވާއަށް ހިންމަފުށި އެންޑީއޭގެ ސެންޓަރަށް ބަދަލުކޮށް އެންޑީއޭގެ ބެލުމުގެ ދަށުގައި ހުއްޓައި އިއްޔެ މެންދުރު ފަހުގެ ވަގުތެއްގައި ފައިރިޝް ފިލާފައިވާކަމަށެވެ.

ނަމަވެސް އޭނާ މާލެއިން މިހާރު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އޭނާ މާލެ އައީ ކިހިނެތް ކަމެއް ނޭންގެ އެވެ.

ފައިރިޝް އެންމެފަހުން ފުލުހުން ހައްޔަރުކޮށްފައިވަނީ އޭނާގެ އުނދަގޫ ހިސާބުގަނޑު މީހުންނަށް ބޮޑުވެ، އެ ސަރަހައްދުގައި ދިރިއުޅެމުްނދިޔަ ޒިންމާދާރު މަގާމެއްގައި ހުރި މީހަކު ބަނޑުހައިހޫނުކަމުގެ ހަޅުތާލެކޮށް އެ މައްސަލަ ބޮޑުވުމުންނެވެ.

މި މައްސަލައާ ގުޅިގެން، ފިލައިގެން އުޅޭ ފައިރިޝް ހޯދުމުގެ މަސައްކަތް ފުލުހުން މިހާރު ދަނީ ކުރަމުންނެވެ.

އޭނާގެ ފަރާތުން އާންމުނަށް ކުރިމަތިވާ ބައެއް އުނދަގޫތަކުގެ ތެރޭގައި:

  • މަގުން ހިނގާބިނގާވެ އުޅޭ މީހުންނާ ދިމާލަށް ހުތުރު ބަހުން ހަޅޭއްލެވުން.

  • މަގުމައްޗަށް ސައިކަލު ނެރުމާއި، ބަންދު ބޯޑުތައް ދަމާފައި މަގު ބަންދުކޮށް ޓްރެފިކަށް ހުރަސްއެޅުން.

  • މީހުން ދިރިއުޅޭ ގެތަކަށް ކުނި އުކުން

  • އޭނާ ދިރިއުޅޭ އިމާރާތުގެ ބެލްކަނީން މަގުމަތީގައި ތިބޭ މީހުންގެ ގަޔަށް ތެލާއި ފެން އުކުން

މި މައްސަލަތައް ވީޑިއޯ ހެއްކާއެކު މީގެކުރިން ތަކުރާރުކޮށް މުއައްސަސާތަކަށް ހުށަހެޅި ނަމަވެސް، ވޭތުވެދިޔަ ދޮޅު އަހަރު ދުވަހުގެ ތެރޭގައި ހއ.ހޯރަފުއްޓަށް ނިސްބަތްވާ ފައިރިޝްގެ މައްސަލައަށް އެދެވޭފަދަ ހައްލެއް ލިބިފައެއް ނުވެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އެމްޑީޕި އަމާޒު ހިފާފައިވަނީ ކަންބޮޑުވުން އުފެދޭ މިސްރާބަކަށް، ޕާޓީ އޮތީ ހަތަރުވަން ގޯޅިއެއްގެ ކަންމަތީ: ނަޝީދު
01 Nov 2026 ހަބަރު

އެމްޑީޕި އަމާޒު ހިފާފައިވަނީ ކަންބޮޑުވުން އުފެދޭ މިސްރާބަކަށް، ޕާޓީ އޮތީ ހަތަރުވަން ގޯޅިއެއްގެ ކަންމަތީ: ނަޝީދު

ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ދީން ނަގާ ތަނަވަސްކަން ހޯދާދޭނެ ޕްރޮޖެކްޓަކާއި ޒައިނިޒަމް އާއި ގުޅުވާ އަސާސެއް ނެތް ވާހަކަތައް ކުރިއެރުވުމަކީ ޕާޓީއަށް ރައްޔިތުން ކުރާ އިތުބާރު ވަރުގަދަ ވާނެ ކަމެއް ނޫން ކަމަށެވެ.

46 ވަނަ މަސްވެރިންގެ ދުވަހުގެ އެވޯޑުތަކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި
01 Nov 2026 ހަބަރު

46 ވަނަ މަސްވެރިންގެ ދުވަހުގެ އެވޯޑުތަކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

މިގޮތުން، މި އެވޯޑުތަކަށް ކުރިމަތިލުމުގެ އެންމެ ފަހު މުއްދަތަކީ އަންނަ ނޮވެމްބަރު މަހުގެ 7 ވަނަ ދުވަހުގެ މެންދުރު 12:00 ކަމަށް އެ މިނިސްޓްރީން ވަނީ ކަނޑައަޅާފައެވެ.

ސަފާރީ ޑައިވަރުންގެ މެދުގައި ހިނގި ހަމަނުޖެހުން އިންސާފުވެރިކަމާއެކު ތަހުގީގުކުރުމަށް އެންބީއޭއެމްއިން ގޮވާލައިފި
01 Nov 2026 ހަބަރު

ސަފާރީ ޑައިވަރުންގެ މެދުގައި ހިނގި ހަމަނުޖެހުން އިންސާފުވެރިކަމާއެކު ތަހުގީގުކުރުމަށް އެންބީއޭއެމްއިން ގޮވާލައިފި

މީސްމީޑިއާއާއި ބައިނަލްއަގުވާމީ މަންސަތަކުގައި މި ހާދިސާގެ ވީޑިއޯތައް ދައުރުވަމުންދާއިރު، އެންބީއޭއެމްއިން ބުނެފައިވަނީ މިއީ ވަރަށް ނާޒުކު އަދި ސީރިއަސް މައްސަލައެއް ކަމަށާއި، މި މައްސަލަ ވަކި ފަރާތަކަށް ނުޖެހި، ފުރިހަމައަށް ތަހުގީގު ކުރެވެންޖެހޭނެ ކަމަށެވެ. އަދި އެއްވެސް ފަރާތަކުން ގާނޫނާ ހިލާފުވެފައިވާނަމަ ނުވަތަ އިހުމާލުވެފައިވާނަމަ، ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކުގެ މަތިން އެކަމަށް ފިޔަވަޅު އަޅަންޖެހޭނެ ކަމަށް އެ އެސޯސިއޭޝަނުން ފާހަގަކުރެއެވެ.

ފޯޅަވަހި މައްސަލާގައި ރާއްޖެއިން ޢަމަލުކުރި ގޮތް ތަޙުޤީޤުކުރަން ރައީސުލްޖުމްހޫރިއްޔާ ޚާއްޞަ ކޮމިޝަނެއް އުފައްދައިފި
01 Nov 2026 ހަބަރު

ފޯޅަވަހި މައްސަލާގައި ރާއްޖެއިން ޢަމަލުކުރި ގޮތް ތަޙުޤީޤުކުރަން ރައީސުލްޖުމްހޫރިއްޔާ ޚާއްޞަ ކޮމިޝަނެއް އުފައްދައިފި

ދިވެހިރާއްޖެއާ ފޯޅަވައްސާ ދެމެދު ކަނޑުގެ ސަރަޙައްދު އަދި ކޮންޓިނެންޓަލް ޝެލްފްގެ އިންތައް ކަނޑައެޅުމަށް މޮރިޝަސްއިން އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޮރ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް ހުށަހެޅި މައްސަލައިގައި ރާއްޖެއިން ޢަމަލުކުރި ގޮތް ތަޙުޤީޤުކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްޞަ ކޮމިޝަނެއް މިއަދު އުފައްދަވައިފިއެވެ.

ސްކޭމްކޮށްގެން މީހެއްގެ އެކައުންޓުން 63،000 ރުފިޔާއާއި، 21،000 ޑޮލަރު ފޭރުނު މައްސަލައެއްގައި 4 މީހަކު ހައްޔަރުކޮށްފި
01 Nov 2026 ހަބަރު

ސްކޭމްކޮށްގެން މީހެއްގެ އެކައުންޓުން 63،000 ރުފިޔާއާއި، 21،000 ޑޮލަރު ފޭރުނު މައްސަލައެއްގައި 4 މީހަކު ހައްޔަރުކޮށްފި

އެ ދުވަހު ކާކުކަން ނޭނގޭ ފަރާތަކުން މީހަކަށް ގުޅައި، އޮޅުވާލައިގެން އޯޓީޕީ (ޯޓ÷) ކޯޑު ހޯދުމަށްފަހު، އެ ކޯޑު ބޭނުންކޮށްގެން އެ މީހާގެ ބޭންކު އެކައުންޓަށް ވަދެފައިވާ ކަމަށާ، އަދި އެ އެކައުންޓުން 63،000 ދިވެހި ރުފިޔާއާއި 21،000 އެމެރިކާ ޑޮލަރު (ޖުމުލަ 386،820 ރުފިޔާ) މަކަރާއި ހީލަތުން ފޭރިގެންފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އައްޑޫން މާލެއަށް ދަތުރުކުރި މުދާ އުފުލާ ދޯންޏެއް ރަސްމާލެ ފަރަށް އަރައިފި
01 Nov 2026 ހަބަރު

އައްޑޫން މާލެއަށް ދަތުރުކުރި މުދާ އުފުލާ ދޯންޏެއް ރަސްމާލެ ފަރަށް އަރައިފި

އައްޑޫ ސިޓީ ހިތަދޫން ފުރައިގެން މާލެއަށް ދަތުރުކުރަމުން ދިޔަ މުދާ އުފުލާ ދޯންޏެއް، ރަސްމާލޭގެ ފަރަށް އަރައިފިއެވެ. ފުލުހުން ބުނީ މި ހާދިސާ ހިނގައިގެން ރިޕޯޓްކޮށްފައިވަނީ ރޭ 11:15 ހާއިރު ކަމަށެވެ.

ހަތަރު ދާއިރާއެއްގެ ބައި-އިލެކްޝަންގައި ވޯޓްލާ މީހުން ރީ-ރެޖިސްޓާވާން ހުޅުވާލައިފި؛ ޖުމުލަ 10 ފޮށި ބަހައްޓާނެ
01 Nov 2026 ހަބަރު

ހަތަރު ދާއިރާއެއްގެ ބައި-އިލެކްޝަންގައި ވޯޓްލާ މީހުން ރީ-ރެޖިސްޓާވާން ހުޅުވާލައިފި؛ ޖުމުލަ 10 ފޮށި ބަހައްޓާނެ

ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ތަކުގެ ހުސްވެފައިވާ މަޤާމުތަކަށް މެންބަރުން އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަންގައި، ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލާން ބޭނުންވާ ފަރާތްތަކަށް ރީ-ރެޖިސްޓްރޭޝަނަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުޅުވާލައިފިއެވެ.

”ޒަޔަނިސްޓުން ގައުމު ހިފަނީ“ ކަމަށްބުނެ އަސާސެއްނެތް ވާހަކަދެއްކުމަކީ އެމްޑީޕީގެ އިތުބާރުގެއްލޭނެ ކަމެއް: ރައީސް ނަޝީދު
01 Nov 2026 ހަބަރު

”ޒަޔަނިސްޓުން ގައުމު ހިފަނީ“ ކަމަށްބުނެ އަސާސެއްނެތް ވާހަކަދެއްކުމަކީ އެމްޑީޕީގެ އިތުބާރުގެއްލޭނެ ކަމެއް: ރައީސް ނަޝީދު

އެމްޑީޕީގެ ފިކުރާއި އަސާސްތަކާ ޚިލާފަށް، އެ ޕާޓީގެ މިހާރުގެ މިސްރާބު ހުރި ގޮތާމެދު ޕާޓީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކަންބޮޑުވުންފާޅުކުރައްވައިފިއެވެ.