ފަރަށް އެރި ބޯޓު-
ފަރަށް އެރި ބޯޓު-
ހަބަރު 01 Nov 2026 | 08:19

އައްޑޫން މާލެއަށް ދަތުރުކުރި މުދާ އުފުލާ ދޯންޏެއް ރަސްމާލެ ފަރަށް އަރައިފި

އައްޑޫ ސިޓީ ހިތަދޫން ފުރައިގެން މާލެއަށް ދަތުރުކުރަމުން ދިޔަ މުދާ އުފުލާ ދޯންޏެއް، ރަސްމާލޭގެ ފަރަށް އަރައިފިއެވެ.

ފުލުހުން ބުނީ މި ހާދިސާ ހިނގައިގެން ރިޕޯޓްކޮށްފައިވަނީ ރޭ 11:15 ހާއިރު ކަމަށެވެ.

ފަރަށް އެރި މި ދޯނީގައި އެ ވަގުތު ތިބީ ހަތަރު މީހުން ކަމަށާ، އެތަނުން ދޯނީގެ ކައްޕި އަކީ ދިވެއްސަކަށްވާއިރު ދެން ތިބީ ތިން ބިދޭސީން ކަމަށް ފުލުހުން ބުނެއެވެ.

މި ހާދިސާގައި ދޯނީގައި ތިބި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުން އިތުރަށް ބުނީ، މި ހާދިސާގެ މައުލޫމާތު ލިބުމާ ގުޅިގެން މެރިން ޕޮލިހާއި އެމްއެންޑީއެފް ކޯސްޓްގާޑުން އެ ސަރަހައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވެފައިވާ ކަމަށެވެ.

އެގޮތުން، ރަސްމާލޭން ދިޔަ އުޅަނދަކަށް ދޯނީގައި ތިބި ހަތަރު މީހުން ނެގުމަށްފަހު، ކޯސްޓް ގާޑުގެ އުޅަނދެއްގައި އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔަ އެހެން އުޅަނދަކަށް ގެންގޮސްދީފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން އިތުރަށް ބުނީ، ފަރަށް އެރި ދޯނި ފުންކުރުމުގެ މަސައްކަތް މިހާރު އެ ދޯނީގެ ވެރިފަރާތުން ކުރަމުން އަންނަ ކަމަށެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ދަނީ ކުރަމުންނެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ސްކޭމްކޮށްގެން މީހެއްގެ އެކައުންޓުން 63،000 ރުފިޔާއާއި، 21،000 ޑޮލަރު ފޭރުނު މައްސަލައެއްގައި 4 މީހަކު ހައްޔަރުކޮށްފި
01 Nov 2026 ހަބަރު

ސްކޭމްކޮށްގެން މީހެއްގެ އެކައުންޓުން 63،000 ރުފިޔާއާއި، 21،000 ޑޮލަރު ފޭރުނު މައްސަލައެއްގައި 4 މީހަކު ހައްޔަރުކޮށްފި

އެ ދުވަހު ކާކުކަން ނޭނގޭ ފަރާތަކުން މީހަކަށް ގުޅައި، އޮޅުވާލައިގެން އޯޓީޕީ (ޯޓ÷) ކޯޑު ހޯދުމަށްފަހު، އެ ކޯޑު ބޭނުންކޮށްގެން އެ މީހާގެ ބޭންކު އެކައުންޓަށް ވަދެފައިވާ ކަމަށާ، އަދި އެ އެކައުންޓުން 63،000 ދިވެހި ރުފިޔާއާއި 21،000 އެމެރިކާ ޑޮލަރު (ޖުމުލަ 386،820 ރުފިޔާ) މަކަރާއި ހީލަތުން ފޭރިގެންފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ހަތަރު ދާއިރާއެއްގެ ބައި-އިލެކްޝަންގައި ވޯޓްލާ މީހުން ރީ-ރެޖިސްޓާވާން ހުޅުވާލައިފި؛ ޖުމުލަ 10 ފޮށި ބަހައްޓާނެ
01 Nov 2026 ހަބަރު

ހަތަރު ދާއިރާއެއްގެ ބައި-އިލެކްޝަންގައި ވޯޓްލާ މީހުން ރީ-ރެޖިސްޓާވާން ހުޅުވާލައިފި؛ ޖުމުލަ 10 ފޮށި ބަހައްޓާނެ

ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ތަކުގެ ހުސްވެފައިވާ މަޤާމުތަކަށް މެންބަރުން އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަންގައި، ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލާން ބޭނުންވާ ފަރާތްތަކަށް ރީ-ރެޖިސްޓްރޭޝަނަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުޅުވާލައިފިއެވެ.

”ޒަޔަނިސްޓުން ގައުމު ހިފަނީ“ ކަމަށްބުނެ އަސާސެއްނެތް ވާހަކަދެއްކުމަކީ އެމްޑީޕީގެ އިތުބާރުގެއްލޭނެ ކަމެއް: ރައީސް ނަޝީދު
01 Nov 2026 ހަބަރު

”ޒަޔަނިސްޓުން ގައުމު ހިފަނީ“ ކަމަށްބުނެ އަސާސެއްނެތް ވާހަކަދެއްކުމަކީ އެމްޑީޕީގެ އިތުބާރުގެއްލޭނެ ކަމެއް: ރައީސް ނަޝީދު

އެމްޑީޕީގެ ފިކުރާއި އަސާސްތަކާ ޚިލާފަށް، އެ ޕާޓީގެ މިހާރުގެ މިސްރާބު ހުރި ގޮތާމެދު ޕާޓީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކަންބޮޑުވުންފާޅުކުރައްވައިފިއެވެ.

ހުޅުމާލޭ ކެފޭއެއްގައި ގޭސްފުޅިއެއް ގޮވައި އަލިފާނުގެ ހާދިސާއެއް؛ 5 މީހަކަށް އަނިޔާވި
01 Nov 2026 ހަބަރު

ހުޅުމާލޭ ކެފޭއެއްގައި ގޭސްފުޅިއެއް ގޮވައި އަލިފާނުގެ ހާދިސާއެއް؛ 5 މީހަކަށް އަނިޔާވި

ހުޅުމާލެ ރުއްގަނޑު 1 ކައިރީގައި ހުންނަ ކެފޭއެއްގައި ގޭސްފުޅިއެއް ގޮވައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ.

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ތިނަދޫ ސިޓީއާއި ފުނަދޫއިން ބަޔަކު ހައްޔަރުކޮށްފި
01 Nov 2026 ހަބަރު

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ތިނަދޫ ސިޓީއާއި ފުނަދޫއިން ބަޔަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ތިނަދޫ ސިޓީއާ ފުނަދޫއިން ބަޔަކު ހައްޔަރުކޮށްފިއެވެ. 

އާމްދަނީ 60،000 ރުފިޔާ އިން މަތިން ލިބޭ މީހުންގެ އާސަންދައިން ކޯ-ޕޭމަންޓް ނަގަން ފަށަނީ
31 Oct 2026 ހަބަރު

އާމްދަނީ 60،000 ރުފިޔާ އިން މަތިން ލިބޭ މީހުންގެ އާސަންދައިން ކޯ-ޕޭމަންޓް ނަގަން ފަށަނީ

އާސަންދަ އާއި ސަބްސިޑީ އޭގެ ހައްގުވެރިންނަށް ދިނުމަށް ރާއްޖެއަށް އެހީދޭ މާލީ އިދާރާތަކުން ގޮވާލާތާ އެތައް އަހަރެއް ވެފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ މަހު ވަނީ އާސަންދަ ދެމުން އަންނަ އުސޫލު ބަދަލުކުރާނޭކަމަށް ހާމަކުރައްވާފައެވެ. މުއްސަނދިންނަށް އާސަންދަ ދިނުމަށް ނިންމާފައިވާ ނިންމުމާ ގުޅޭ އުސޫލު މިހާރު ވަނީ ގެޒެޓުކޮށްފައެވެ.

އިންތިހާބުން އެނގިގެން ދިޔައީ ސަރުކާރުގެ މަސައްކަތްތައް ރައްޔިތުން އަގުވަޒަންކުރާކަން: ރައީސް ޑރ.މުއިއްޒު
31 Oct 2026 ހަބަރު

އިންތިހާބުން އެނގިގެން ދިޔައީ ސަރުކާރުގެ މަސައްކަތްތައް ރައްޔިތުން އަގުވަޒަންކުރާކަން: ރައީސް ޑރ.މުއިއްޒު

އެލްޖީއޭގެ ބޯޑަށް އިންތިޚާބުކުރާ މެންބަރުން ހޮވުމަށް މިއަދު ކުރިއަށްދިޔަ މި އިންތިޚާބު ކާމިޔާބުކޮށްފައިވަނީ ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކެންޑިޑޭޓުންނެވެ. މި ކާމިޔާބީއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއީ ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ޚިދުމަތްތަކާއި ފުރުސަތުތައް ލާމަރުކަޒުކޮށްގެން ރައްޔިތުންނާ ގާތުން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ރައްޔިތުން ދިން ވަރުގަދަ ތާއީދެއް ކަމަށެވެ.

 އެލްޖީއޭގެ ބޯޑު އިންތިޚާބު ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްއިން ކާމިޔާބުކޮށްފި
31 Oct 2026 ހަބަރު

އެލްޖީއޭގެ ބޯޑު އިންތިޚާބު ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްއިން ކާމިޔާބުކޮށްފި

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު ބަޔާންކުރާ ގޮތުން، އެލްޖީއޭގެ ބޯޑަށް ޖުމްލަ ތިން މެންބަރަކު އިންތިޚާބުކުރަން ޖެހެއެވެ. އެއީ ސިޓީ ކައުންސިލްތަކުގެ މެންބަރުންގެ ތެރެއިން އިންތިޚާބުކުރާ މެންބަރަކާއި، ރަށު ކައުންސިލްތަކުގެ މެންބަރުން ތަމްސީލުކުރާނެ މެންބަރެއްގެ އިތުރުން، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ތަކުގެ ރައީސުންގެ ތެރެއިން ހޮވާ މެންބަރެކެވެ.