ހުޅުމާލޭ ފަޅުގައި އަޅާފައިއޮތް ސަފާރީތަކެއް.. ފޮޓޯ: ވޮއިސް
ހުޅުމާލޭ ފަޅުގައި އަޅާފައިއޮތް ސަފާރީތަކެއް.. ފޮޓޯ: ވޮއިސް
ހަބަރު 01 Nov 2026 | 09:45

ސަފާރީ ޑައިވަރުންގެ މެދުގައި ހިނގި ހަމަނުޖެހުން އިންސާފުވެރިކަމާއެކު ތަހުގީގުކުރުމަށް އެންބީއޭއެމްއިން ގޮވާލައިފި

މޯލްޑިވްސް ލެޖެންޑް ލައިވްއަބޯޑް އަދި އިންފިނިޓީ އެކްސްގެ ޑައިވިން ޓީމުތަކުގެ މެދުގައި ހިނގި ހަމަނުޖެހުން އިންސާފުވެރިކަމާއެކު ތަހުގީގުކުރުމަށް ނެޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) އިން ގޮވާލައިފިއެވެ.

މީސްމީޑިއާއާއި ބައިނަލްއަގުވާމީ މަންސަތަކުގައި މި ހާދިސާގެ ވީޑިއޯތައް ދައުރުވަމުންދާއިރު، އެންބީއޭއެމްއިން ބުނެފައިވަނީ މިއީ ވަރަށް ނާޒުކު އަދި ސީރިއަސް މައްސަލައެއް ކަމަށާއި، މި މައްސަލަ ވަކި ފަރާތަކަށް ނުޖެހި، ފުރިހަމައަށް ތަހުގީގު ކުރެވެންޖެހޭނެ ކަމަށެވެ. އަދި އެއްވެސް ފަރާތަކުން ގާނޫނާ ހިލާފުވެފައިވާނަމަ ނުވަތަ އިހުމާލުވެފައިވާނަމަ، ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކުގެ މަތިން އެކަމަށް ފިޔަވަޅު އަޅަންޖެހޭނެ ކަމަށް އެ އެސޯސިއޭޝަނުން ފާހަގަކުރެއެވެ.

މި ހާދިސާއާ ގުޅިގެން ދިވެހި ބޯޓިން އަދި ޑައިވިން އިންޑަސްޓްރީގެ އެތެރޭގައި އެކަކު އަނެކަކަށް ތުހުމަތުކުރުމާއި، ގޮތް ނިންމުމުން ދުރުހެލިވުމަށް އެންބީއޭއެމްއިން ވަނީ އިލްތިމާސްކޮށްފައެވެ. ކަމުގެ ހަގީގަތް އެނގޭނީ ސާބިތު ހެކީގެ މައްޗަށް ބިނާކޮށް ހިންގޭ އިންސާފުވެރި ތަހުގީގަކުން ކަމަށްވާއިރު، ވަކިވަކި ފަރުދުންގެ އަމަލުތަކުގެ ސަބަބުން މުޅި ދިވެހިރާއްޖޭގެ ޑައިވިން އަދި ބޯޓިން ދާއިރާގެ އަބުރަށް އުނިކަން އަންނަ ގޮތަށް ވާހަކަދެއްކުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށްވެސް ބުނެފައިވެއެވެ. މި މައްސަލައިގައި މޯލްޑިވްސް ޕޮލިސް ސާވިސްއާއި މިނިސްޓްރީ އޮފް ޓޫރިޒަމްގެ އިތުރުން ކަމާބެހޭ އެންމެހައި އިދާރާތަކުން ހާމަކަން ބޮޑު ގޮތެއްގައި މި ހާދިސާގެ ހަގީގަތް ހޯދުމަށް އެންބީއޭއެމްއިން ވަނީ ގޮވާލާފައެވެ.

މީގެއިތުރުން، ދިވެހިރާއްޖޭގެ ކަނޑުފަޅުތަކުގައި ބޭރުގެ ފަރާތްތަކުން ވިޔަފާރިކުރުމުގައި ދިވެހިންގެ ހަގީގީ ބައިވެރިވުމެއް ނެތި، ހަމައެކަނި ކުންފުނި ރަޖިސްޓްރީކޮށްގެން ހިންގަމުންދާ އުޅަނދުތަކާމެދު އުފެދިފައިވާ ކަންބޮޑުވުންތައް އެންބީއޭއެމްއިން ވަނީ ތަކުރާރުކޮށްފައެވެ. އެގޮތުން، އިންފިނިޓީ އެކްސް އަކީ ކުރިން ބޭރުގެ އުޅަނދެއްގެ ގޮތުގައި ހިންގުމަށްފަހު، ގަވާއިދަށް އައި ބަދަލުތަކާއެކު ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ކުންފުންޏަކަށް ބަދަލުކޮށްފައިވާ އުޅަނދެއްކަން ފާހަގަކޮށް، އެފަދަ އުޅަނދުތަކުގެ ހަގީގީ މިލްކުވެރިކަމާއި އޮޕަރޭޝަނަލް ކޮންޓްރޯލް އޮތް ގޮތް ކަމާބެހޭ ފަރާތްތަކުން ބަލައި ފާސްކުރަންޖެހޭ ކަމަށް އެސޯސިއޭޝަނުން ބުނެއެވެ.

އޭގެ އިތުރުން، އިންފިނިޓީ އެކްސް އާ ގުޅޭގޮތުން ޓޫރިޒަމް މިނިސްޓްރީގެ ރަސްމީ ދަފްތަރުގައިވާ މައުލޫމާތާއި ބައިނަލްއަގުވާމީ ބުކިން ޕްލެޓްފޯމްތަކުގައި ޝާއިރުކޮށްފައިވާ މައުލޫމާތުގައި ބޮޑެތި ފަރަގުތަކެއް ހުރިކަން އެންބީއޭއެމްއިން ވަނީ ފާހަގަކޮށްފައެވެ. ޓޫރިޒަމް މިނިސްޓްރީގެ ދަފްތަރުގައި ގޯލޯ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ދަށުން ރަޖިސްޓްރީކޮށްފައިވާ އިންފިނިޓީ އެކްސްގައި 20 ކޮޓަރިއާއި 40 އެނދު އިން ކަމަށް ބަޔާންކޮށްފައިވީ ނަމަވެސް، ލައިވްއަބޯޑް.ކޮމް ފަދަ ވެބްސައިޓްތަކުގައި އިޝްތިހާރުކޮށްފައިވަނީ 19 ކެބިންއާއެކު އެންމެ ގިނަވެގެން 30 ފަތުރުވެރިން އުފުލޭނެ ކަމަށެވެ. މިފަދަ އޮޅުންބޮޅުންތަކުގެ ހަގީގަތް ސާފުކޮށް، ސަލާމަތީ ގަވާއިދުތަކަށް އުޅަނދުތަކުން ހުރުމަތްތެރިކޮށް ހިތާކަން ކަށަވަރުކުރުމަށް އެންބީއޭއެމްއިން ވަނީ އެދިފައެވެ.

އެންބީއޭއެމްއިން އިތުރަށް ބުނެފައިވަނީ، ދިވެހި ބޯޓިން އިންޑަސްޓްރީއަކީ ދިވެހި ވިޔަފާރިވެރިންގެ ބުރަ މަސައްކަތުން ބިނާކޮށްފައިވާ ދާއިރާއަކަށްވުމުން، ގަވާއިދުތަކުގެ ނާޖާއިޒު ފައިދާ ނަގައިގެން ހިންގާ ނުވަތަ ވާދަވެރިކަން ގެއްލޭފަދަ ވިޔަފާރިތަކުން ދިވެހި ވިޔަފާރިތައް ހިމާޔަތްކުރަންޖެހޭ ކަމަށެވެ. ރާއްޖެއަކީ ރައްކާތެރި ޑައިވިން މަންޒިލެއްގެ ގޮތުގައި އޮތް ނަން ދެމެހެއްޓުމަށާއި، ދާއިރާގެ ރައްކާތެރިކަމާއި ފެންވަރު މަތިކުރުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއެކު ގާތުން މަސައްކަތްކުރުމަށް އެންބީއޭއެމްއިން އަބަދުވެސް ތައްޔާރަށް އޮތްކަން އެ އެސޯސިއޭޝަނުން ވަނީ ހާމަކޮށްފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފިލައިގެން ފާރިޝްއައީ މާލެ، އޭނާ ހުރިތަން ދެނެގަނެ ހައްޔަރުކޮށްފި
01 Nov 2026 ހަބަރު

ފިލައިގެން ފާރިޝްއައީ މާލެ، އޭނާ ހުރިތަން ދެނެގަނެ ހައްޔަރުކޮށްފި

އޭނާ މާލެއިން މިހާރު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އޭނާ މާލެ އައީ ކިހިނެތް ކަމެއް ނޭންގެ އެވެ.

46 ވަނަ މަސްވެރިންގެ ދުވަހުގެ އެވޯޑުތަކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި
01 Nov 2026 ހަބަރު

46 ވަނަ މަސްވެރިންގެ ދުވަހުގެ އެވޯޑުތަކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

މިގޮތުން، މި އެވޯޑުތަކަށް ކުރިމަތިލުމުގެ އެންމެ ފަހު މުއްދަތަކީ އަންނަ ނޮވެމްބަރު މަހުގެ 7 ވަނަ ދުވަހުގެ މެންދުރު 12:00 ކަމަށް އެ މިނިސްޓްރީން ވަނީ ކަނޑައަޅާފައެވެ.

ފޯޅަވަހި މައްސަލާގައި ރާއްޖެއިން ޢަމަލުކުރި ގޮތް ތަޙުޤީޤުކުރަން ރައީސުލްޖުމްހޫރިއްޔާ ޚާއްޞަ ކޮމިޝަނެއް އުފައްދައިފި
01 Nov 2026 ހަބަރު

ފޯޅަވަހި މައްސަލާގައި ރާއްޖެއިން ޢަމަލުކުރި ގޮތް ތަޙުޤީޤުކުރަން ރައީސުލްޖުމްހޫރިއްޔާ ޚާއްޞަ ކޮމިޝަނެއް އުފައްދައިފި

ދިވެހިރާއްޖެއާ ފޯޅަވައްސާ ދެމެދު ކަނޑުގެ ސަރަޙައްދު އަދި ކޮންޓިނެންޓަލް ޝެލްފްގެ އިންތައް ކަނޑައެޅުމަށް މޮރިޝަސްއިން އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޮރ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް ހުށަހެޅި މައްސަލައިގައި ރާއްޖެއިން ޢަމަލުކުރި ގޮތް ތަޙުޤީޤުކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްޞަ ކޮމިޝަނެއް މިއަދު އުފައްދަވައިފިއެވެ.

ސްކޭމްކޮށްގެން މީހެއްގެ އެކައުންޓުން 63،000 ރުފިޔާއާއި، 21،000 ޑޮލަރު ފޭރުނު މައްސަލައެއްގައި 4 މީހަކު ހައްޔަރުކޮށްފި
01 Nov 2026 ހަބަރު

ސްކޭމްކޮށްގެން މީހެއްގެ އެކައުންޓުން 63،000 ރުފިޔާއާއި، 21،000 ޑޮލަރު ފޭރުނު މައްސަލައެއްގައި 4 މީހަކު ހައްޔަރުކޮށްފި

އެ ދުވަހު ކާކުކަން ނޭނގޭ ފަރާތަކުން މީހަކަށް ގުޅައި، އޮޅުވާލައިގެން އޯޓީޕީ (ޯޓ÷) ކޯޑު ހޯދުމަށްފަހު، އެ ކޯޑު ބޭނުންކޮށްގެން އެ މީހާގެ ބޭންކު އެކައުންޓަށް ވަދެފައިވާ ކަމަށާ، އަދި އެ އެކައުންޓުން 63،000 ދިވެހި ރުފިޔާއާއި 21،000 އެމެރިކާ ޑޮލަރު (ޖުމުލަ 386،820 ރުފިޔާ) މަކަރާއި ހީލަތުން ފޭރިގެންފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އައްޑޫން މާލެއަށް ދަތުރުކުރި މުދާ އުފުލާ ދޯންޏެއް ރަސްމާލެ ފަރަށް އަރައިފި
01 Nov 2026 ހަބަރު

އައްޑޫން މާލެއަށް ދަތުރުކުރި މުދާ އުފުލާ ދޯންޏެއް ރަސްމާލެ ފަރަށް އަރައިފި

އައްޑޫ ސިޓީ ހިތަދޫން ފުރައިގެން މާލެއަށް ދަތުރުކުރަމުން ދިޔަ މުދާ އުފުލާ ދޯންޏެއް، ރަސްމާލޭގެ ފަރަށް އަރައިފިއެވެ. ފުލުހުން ބުނީ މި ހާދިސާ ހިނގައިގެން ރިޕޯޓްކޮށްފައިވަނީ ރޭ 11:15 ހާއިރު ކަމަށެވެ.

ހަތަރު ދާއިރާއެއްގެ ބައި-އިލެކްޝަންގައި ވޯޓްލާ މީހުން ރީ-ރެޖިސްޓާވާން ހުޅުވާލައިފި؛ ޖުމުލަ 10 ފޮށި ބަހައްޓާނެ
01 Nov 2026 ހަބަރު

ހަތަރު ދާއިރާއެއްގެ ބައި-އިލެކްޝަންގައި ވޯޓްލާ މީހުން ރީ-ރެޖިސްޓާވާން ހުޅުވާލައިފި؛ ޖުމުލަ 10 ފޮށި ބަހައްޓާނެ

ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ތަކުގެ ހުސްވެފައިވާ މަޤާމުތަކަށް މެންބަރުން އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަންގައި، ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލާން ބޭނުންވާ ފަރާތްތަކަށް ރީ-ރެޖިސްޓްރޭޝަނަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުޅުވާލައިފިއެވެ.

”ޒަޔަނިސްޓުން ގައުމު ހިފަނީ“ ކަމަށްބުނެ އަސާސެއްނެތް ވާހަކަދެއްކުމަކީ އެމްޑީޕީގެ އިތުބާރުގެއްލޭނެ ކަމެއް: ރައީސް ނަޝީދު
01 Nov 2026 ހަބަރު

”ޒަޔަނިސްޓުން ގައުމު ހިފަނީ“ ކަމަށްބުނެ އަސާސެއްނެތް ވާހަކަދެއްކުމަކީ އެމްޑީޕީގެ އިތުބާރުގެއްލޭނެ ކަމެއް: ރައީސް ނަޝީދު

އެމްޑީޕީގެ ފިކުރާއި އަސާސްތަކާ ޚިލާފަށް، އެ ޕާޓީގެ މިހާރުގެ މިސްރާބު ހުރި ގޮތާމެދު ޕާޓީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކަންބޮޑުވުންފާޅުކުރައްވައިފިއެވެ.

ހުޅުމާލޭ ކެފޭއެއްގައި ގޭސްފުޅިއެއް ގޮވައި އަލިފާނުގެ ހާދިސާއެއް؛ 5 މީހަކަށް އަނިޔާވި
01 Nov 2026 ހަބަރު

ހުޅުމާލޭ ކެފޭއެއްގައި ގޭސްފުޅިއެއް ގޮވައި އަލިފާނުގެ ހާދިސާއެއް؛ 5 މީހަކަށް އަނިޔާވި

ހުޅުމާލެ ރުއްގަނޑު 1 ކައިރީގައި ހުންނަ ކެފޭއެއްގައި ގޭސްފުޅިއެއް ގޮވައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ.