މަރުގެ އަދަބުދޭން ނިންމާފައިވާ މީހާ-
މަރުގެ އަދަބުދޭން ނިންމާފައިވާ މީހާ-
ދުނިޔެ 16 Oct 2026 | 07:06

މަރުގެ އަދަބާ ދެކޮޅުހަދާ އެމެރިކާގައި މީހަކަށް މަރުގެ އަދަބު ދޭތަން ލައިވްކުރަން ނިންމައިފި؛ ޓްރަމްޕްވެސް ރުހުންދިން

އެމެރިކާގެ އަސްކަރީ މަރުކަޒެއްގައި ބަޑީގެ ހަމަލާތަކެއް ދީ ސިފައިންތަކެއް މަރާލި މީހަކަށް، ބަޑިޖަހައިގެން މަރުގެ އަދަބު ދޭ މަންޒަރު ވަގުތުން ދެއްކުމަށް، ލައިވްކުރުމަށް އެ ގައުމުގެ ސަރުކާރުން ނިންމައިފިއެވެ.

މި ނިންމުން ބަދަލުކުރުމަށް އެދި ރިޓަޔާޑް ޖެނެރަލުންނާއި އެޑްމިރަލުން ހިމެނޭހެން އަސްކަރިއްޔާގެ އިސް 72 އޮފިސަރަކު ވަނީ ގޮވާލައިފިއެވެ.

މި އަހަރުގެ ޑިސެމްބަރު މަހުގެ 3 ވަނަ ދުވަހު މަރުގެ އަދަބު ތަންފީޒު ކުރުމަށް ހަމަޖެހިފައިވަނީ، ފޯޓް ހުޑް އަސްކަރީ މަރުކަޒުގައި ހަތިޔާރެއް ނެތް 13 ސިފައިންނަށް ބަޑިން ހަމަލާދީ މަރާލި އެމެރިކާ އަސްކަރިއްޔާގެ ކުރީގެ ސައިކިއޭޓްރިސްޓެއް ކަމަށްވާ ނިދާލް ހަސަންގެ މައްޗަށެވެ. އެމެރިކާގެ ޑިފެންސް ޑިޕާޓްމަންޓް (ޕެންޓަގަން) އިން މިދިޔަ ހަފުތާގައި ވަނީ، ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު އިސްވެ ހުރެގެން، މި އަދަބު ދޭ މަންޒަރު އާންމުކޮށް ލައިވްކޮށް ދެއްކުމަށް ނިންމާފައިވާކަން އިއުލާނުކޮށްފައެވެ.

ރައީސް ޑޮނަލްޑް ޓްރަމްޕްވެސް މި ޕްލޭނަށް ފުރިހަމައަށް ތާއީދުކުރިއެވެ. ނަމަވެސް އެމެރިކާގެ ސިޔާސީ ދެ ޕާޓީގެ މެންބަރުންނާއި، ދީނީ އިލްމުވެރިން އަދި އެކަޑަމިކް މާހިރުންގެ އަންނަނީ މިކަމަށް ފާޑުކިޔަމުންނެވެ.

ސީބީއެސް ނިއުސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ސަރުކާރުގެ ބައެއް އިސް ވެރިން ވެސް މިހާރު ތިބީ މިކަން ލައިވްކުރުމާ ދެކޮޅަށެވެ. އެއާއެކު ޓްރަމްޕްވެސް މިހާރު ބުނަނީ މަރުގެ އަދަބު ދިނުމުގެ ހުއްދަ ދިން ނަމަވެސް، ލައިވްކުރުމާ މެދު އަދި ފަހުގެ ނިންމުމެއް ނުނިންމަވާ ކަމަށެވެ.

މިކަމާ ދެކޮޅަށް ނެރުނު ސިޓީއެއްގައި އަސްކަރިއްޔާގެ ކުރީގެ ވެރިން ބުނެފައިވާ ގޮތުގައި، އެމީހުން މަރުގެ އަދަބު ދިނުމާ ދެކޮޅެއް ނޫނެވެ. ނަމަވެސް އެކަން މިގޮތަށް އާންމުކޮށް ދެއްކުމަކީ އަނިޔާވެރި އަދަބު ދިނުމާ ދެކޮޅަށް އެމެރިކާގެ ގާނޫނުއަސާސީން ލިބިދޭ ރައްކާތެރިކަމާ ހިލާފު ކަމެއް ކަމަށެވެ. އަދި ސީރިއަސް އަދަބެއް ދިނުމުގެ ބަދަލުގައި، މިއީ "ބަލަން ތިބޭ މީހުންނަށް ކުޅިވަރެއް ދެއްކުން ފަދަ" ކަމަކަށް ވެގެން ހިނގައިދާނެ ކަމަށް ވެސް ސިޓީގައި ބަޔާންކޮށްފައިވެއެވެ.

ނިދާލް ހަސަން ކޯޓުގައި ބުނެފައިވަނީ އޭނާ އެ ހަމަލާ ދިނީ އެމެރިކާ ސިފައިންގެ ކިބައިން މުސްލިމުން ސަލާމަތް ކުރުމުގެ ނިޔަތުގައި ކަމަށެވެ. އެ ހަމަލާގެ ތެރޭގައި ލިބުނު އަނިޔާތަކާ ގުޅިގެން އޭނާ މިހާރު ދިރިއުޅެނީ ފުރޮޅުލީ ގޮނޑިއެއްގައެވެ.

މި ޕްލޭނާ އެއްގޮތަށް ކަންކަން ކުރިއަށް ގޮސްފިނަމަ، މިއީ ފާއިތުވި ގާތްގަނޑަކަށް 100 އަހަރުގެ ތެރޭގައި އެމެރިކާގައި އާންމުކޮށް ފެންނަ ގޮތަށް މީހަކަށް މަރުގެ އަދަބު ދޭ ފުރަތަމަ ފަހަރަށް ވެގެންދާނެއެވެ.

އެމެރިކާއިން މިފަދަ ނިންމުމެއް ނިންމާފައިވާއިރު، އެ ގަައުމަކީ އިސްލާމްދީނުގައި މަރުގެ އަދަބު ދިނުން އޮންނާތީ އެކަމާ އެންމެ ބޮޑަށް ދެކޮޅު ހަދައި، އަޑު އުފުލާ ގައުމެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އިސްރާއީލުގެ އެޑް-ޓެކް ކުންފުންޏަކުން އަލްޖަޒީރާގެ ޑިވައިސްތަކަށް ޖާސޫސީ ސޮފްޓްވެއާއެއް އަޅަން އެހީވެދިންކަން ހާމަވެއްޖެ
16 Oct 2026 ދުނިޔެ

އިސްރާއީލުގެ އެޑް-ޓެކް ކުންފުންޏަކުން އަލްޖަޒީރާގެ ޑިވައިސްތަކަށް ޖާސޫސީ ސޮފްޓްވެއާއެއް އަޅަން އެހީވެދިންކަން ހާމަވެއްޖެ

މި ނުރައްކާތެރި ސޮފްޓްވެއާ ފަރުމާކޮށްފައިވަނީ ފައިލްތަކާއި، ޑޮކިއުމަންޓްތަކާއި، ބްރައުޒާގެ ޑޭޓާ އާއި ޕާސްވޯޑްތައް ފަދަ ނާޒުކު މައުލޫމާތު ވަގަށް ނެގުމަށެވެ. މީގެއިތުރުން ސްކްރީންޝޮޓް ނެގުމާއި، ކީބޯޑުން ލިޔާ އެއްޗެހި ރެކޯޑުކުރުމާއި، މައިކްރޯފޯނާއި ވެބްކެމް މެދުވެރިކޮށް އަޑާއި މަންޒަރު ރެކޯޑުކޮށް، މެސެޖިން އެޕްތަކުން މެސެޖުތައް ނެގުމުގެ ގާބިލުކަން ވެސް މި ސޮފްޓްވެއާއަށް ލިބިފައިވެއެވެ.

ޓެސްލާއިން ”އުދުހޭ ކާރެއް“ ދައްކާލައިފި
16 Oct 2026 ދުނިޔެ

ޓެސްލާއިން ”އުދުހޭ ކާރެއް“ ދައްކާލައިފި

މީގެ ކުރިން ހަމައެކަނި ސައިންސް ފިކްޝަން ފިލްމުތަކުންނާއި ކާޓޫނުތަކުން ފެންނަ ފަދަ އުދުހޭ ކާރެއް، ޓެސްލާ ކުންފުނީގެ ސީއީއޯ އީލޮން މަސްކް ބުރާސްފަތި ދުވަހު ދައްކާލައިފިއެވެ.

ކެނެޑާގެ ޚާރިޖީ ވަޒީރު އިންޑިއާގައި
15 Oct 2026 ދުނިޔެ

ކެނެޑާގެ ޚާރިޖީ ވަޒީރު އިންޑިއާގައި

އެމެރިކާ އާއި ކެނެޑާއާއި ދެމެދު އޮތް ޒަމާންވީ ގުޅުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރްމްޕްގެ ސިޔާސަތުތަކާއެކު ގޯސްވެފައިވާ މި ދަނޑިވަޅުގައި ކެނެޑާއިން އަންނަނީ އެހެން ގައުމުތަކާއެކު އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްތަކެއް ކުރަމުންނެވެ.

އިންޑޮނީޝިއާއިން ވައި ސާފުކުރުމަށް ޑްރައި އައިސް ބޭނުންކުރަނީ
15 Oct 2026 ދުނިޔެ

އިންޑޮނީޝިއާއިން ވައި ސާފުކުރުމަށް ޑްރައި އައިސް ބޭނުންކުރަނީ

ދިހަ އަހަރު ތެރޭ ކުރިމަތިވި އެންމެ ނުރައްކާތެރި ޖަންގަލީގެ އަލިފާނާ އެ ގައުމުން ހަނގުރާމަކުރަމުންދަނީ، އާދަޔާ ހިލާފަށް ވަރުގަދަ އެލް ނީނިއޯގެ ސަބަބުން ހިކި މޫސުމުގެ ހާލަތު ގޯސްވެ، އަލިފާން ނިއްވުން ދަތިވެފައި އޮތް ދަނޑިވަޅެއްގައެވެ. ވައިގެ ނުރައްކާ ކުޑަކުރުމަށް އިންޑޮނީޝިއާއާއި އަވައްޓެރި މެލޭޝިއާއިން ވެސް ކްލައުޑް ސީޑިން ފަދަ މޫސުން ބަދަލުކުރުމުގެ އެކި އުކުޅުތައް ބޭނުންކުރަމުން ގެންދެއެވެ. ކްލައުޑް ސީޑިންގައި ވިލާގަނޑުގެ ތެރޭގައި ފެން ގަނޑުވާ މިންވަރު އަވަސްކުރުމަށް ސިލްވާ އޮޔޮޑައިޑް ފަދަ މާއްދާތައް ވިލާ ތެރެއަށް ބުރުވައިލައެވެ. މި ބާވަތުގެ އޮޕަރޭޝަންތައް ހަފުތާތަކެއް ވަންދެން ކުރިއަށް ގެންގޮސްފައިވެއެވެ.

ޗައިނާ އާއި އުތުރު ކޮރެއާ ގުޅުވައިދޭ އާ ބްރިޖެއް ހުޅުވައިފި
15 Oct 2026 ދުނިޔެ

ޗައިނާ އާއި އުތުރު ކޮރެއާ ގުޅުވައިދޭ އާ ބްރިޖެއް ހުޅުވައިފި

ޗައިނާގެ ބޯޑަރު ސިޓީ ޑެންޑޮންގް އިން ފެށިގެން އުތުރު ކޮރެއާގެ ސިނޫއީޖޫ އާ ހަމައަށް ދެމިގެންދާ މި ބްރިޖު "ނިއު ޔާލޫ ރިވާ ބްރިޖް" ފުރަތަމަ ހުޅުވުމަށް ތާވަލުކޮށްފައި އޮތީ 2014 ވަނަ އަހަރަށެވެ.

ރަޝިއާގެ ޑީސަލް ގަތުމަށް ޓްރަމްޕް ޕޫޓިންއާ އެކު އެއްބަސްވުމެއް ހަދައިފި
10 Oct 2026 ދުނިޔެ

ރަޝިއާގެ ޑީސަލް ގަތުމަށް ޓްރަމްޕް ޕޫޓިންއާ އެކު އެއްބަސްވުމެއް ހަދައިފި

ރަޝިއާގެ ޑީސަލް ގަތުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެ ޤައުމުގެ ރައީސް ވްލަޑިމިއާ ޕޫޓިންއާ އެކު އެއްބަސްވުމެއް ހަދައިފިއެވެ. މި އެއްބަސްވުމަކީ، ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާ ގުޅިގެން މޮސްކޯއާ...

ދެ އިންޖެކްޝަން ޖަހައިގެން މަރު ނުވި އެމެރިކާ އަންހެން މީހާ ހޭއަރައި ވާހަކަދައްކަން ފަށައިފި: ލޯޔަރުން
07 Oct 2026 ދުނިޔެ

ދެ އިންޖެކްޝަން ޖަހައިގެން މަރު ނުވި އެމެރިކާ އަންހެން މީހާ ހޭއަރައި ވާހަކަދައްކަން ފަށައިފި: ލޯޔަރުން

ވިހަ އިންޖެކްޝަން (ލީތަލް އިންޖެކްޝަން) ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ ސަލާމަތްވި އެމެރިކާގެ ގައިދީ ކްރިސްޓާ ޕައިކް ހޭއަރައި، މިހާރު ވާހަކަދައްކަން ފަށާފައިވާ ކ...

އެމެރިކާގައި، ދެ އިންޖެކްޝަން ޖަހައިގެންވެސް މަރުނުވި އަންހެންމީހާ، ވެންޓިލޭޓަރުގައި؛ ހާލު ސީރިއަސް: ލޯޔަރުން
04 Oct 2026 ދުނިޔެ

އެމެރިކާގައި، ދެ އިންޖެކްޝަން ޖަހައިގެންވެސް މަރުނުވި އަންހެންމީހާ، ވެންޓިލޭޓަރުގައި؛ ހާލު ސީރިއަސް: ލޯޔަރުން

އެމެރިކާގެ ޓެނެސީ ސްޓޭޓުގައި މަރުގެ އަދަބު ކަނޑައެޅިފައިވާ ޤައިދީއެއް ކަމަށްވާ ކްރިސްޓާ ޕައިކްގެ ގަޔަށް ލީތަލް އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ، އޭނާ...