ޓެސްލާގެ އުދުހޭ ކާރު-
ޓެސްލާގެ އުދުހޭ ކާރު-
ދުނިޔެ 16 Oct 2026 | 06:27

ޓެސްލާއިން ”އުދުހޭ ކާރެއް“ ދައްކާލައިފި

މީގެ ކުރިން ހަމައެކަނި ސައިންސް ފިކްޝަން ފިލްމުތަކުންނާއި ކާޓޫނުތަކުން ފެންނަ ފަދަ އުދުހޭ ކާރެއް، ޓެސްލާ ކުންފުނީގެ ސީއީއޯ އީލޮން މަސްކް ބުރާސްފަތި ދުވަހު ދައްކާލައިފިއެވެ.

އެމެރިކާގެ ޓެކްސަސްގައި ހުންނަ ސްޕޭސްއެކްސްގެ ޓެސްޓު މަރުކަޒުގައި ބޭއްވި މި ހަރަކާތުގައި ދައްކާލާފައިވަނީ ދެ މީހުންގެ ޖާގައިގެ ސްޕޯޓްސް ކާރެއް ކަމަށްވާ ޓެސްލާގެ އައު "ރޯޑްސްޓަރ" އެވެ. މި ކާރަކީ އެއް ސިކުންތަށް ވުރެ ކުރު މުއްދަތެއްގެ ތެރޭގައި ގަޑިއަކު 0 އިން 60 މޭލުގެ ބާރުމިނަށް ދުވެލި އަރުވާލެވޭ، ރެކޯޑް މިންވަރަކަށް ހަލުވި އުޅަނދެކެވެ.

މި ޙަފްލާގައި ދެއްކި ޑެމޮންސްޓްރޭޝަންގައި، އެ ކާރު ވަނީ ޚާއްޞަ ސަކްޝަން ސިސްޓަމެއް ބޭނުންކޮށްގެން އުސް ރޭމްޕަކަށް އަރައި، ބަންޑުން އޮތުމަށްފަހު، ވައިގެ ތެރޭގައި އެނބުރިލުމަށްފަހު، އެއާ ޖެޓްތަކުގެ އެހީގައި ރައްކާތެރިކަމާއެކު ބިމަށް ޖައްސާފައެވެ. އަދި އޭގެ ފަހުން، އެއްވަރަކަށް ޕާކުކޮށްފައި ހުރި އެހެން ޓެސްލާ ކާރުތަކެއްގެ މަތިން ފުންމައިގެން ގޮސް، ވަރަށް ބާރު ދުވެއްޔެއްގައި ދުއްވާލި މަންޒަރުވެސް ވަނީ ދައްކާލާފައެވެ. ސަލާމަތީ ގޮތުން ރައްކާތެރިވުމުގެ ގޮތުން މި ޑެމޮންސްޓްރޭޝަން ކުރިއަށް ގެންދިޔައީ ކާރުގައި ޑްރައިވަރަކު ނެތިއެވެ.

މަސްކް ހާމަކުރި ގޮތުގައި މި ކާރުގައި ބޭނުންކޮށްފައިވަނީ 10 ނޮޒުލް އާއި ވަރަށް މަތީ ޕްރެޝަރުގެ އެއާ ޓޭންކުތަކެކެވެ. މިއީ ވައިގެ ތެރޭގައި އުދުހުމަށާއި، ބިމުގައި ހަލުވިކަމާއެކު ދުއްވުމަށް ބާރުދޭ ޓެކްނޮލޮޖީއެކެވެ. އޭނާ މި ޓެކްނޮލޮޖީ ސިފަކުރީ ދުނިޔޭގެ އެންމެ މޮޅު ކާރު ކުންފުންޏާއި، އެންމެ މޮޅު ރޮކެޓް ކުންފުނި ގުޅިގެން ނެރުނު ނަތީޖާއެއްގެ ގޮތުގައެވެ. މަސްކް ވިދާޅުވީ މި ކާރު އުފައްދަން ފަށާނީ 2028 ވަނަ އަހަރު ކަމަށެވެ.

މި ކާރު ދައްކާލި ނަމަވެސް، މިއީ ހަގީގަތުގައިވެސް އާންމުކޮށް ދުއްވާ މަގުތަކުގައި ދުއްވައި، ގިނަ ވަގުތު އުދުހޭ ގޮތަށް އުފެއްދިދާނެ އެއްޗެއްތޯ ގިނަ މާހިރުން އަންނަނީ ސުވާލު އުފައްދަމުންނެވެ. މި ޑެމޮންސްޓްރޭޝަނުން ފެނިގެންދިޔައީ ދިގު ދަތުރުތަކަށް އުދުހުމުގެ ބަދަލުގައި، މައްޗަށް އަރައި ވަކި ހިސާބަކަށް ފުންމައިލެވޭ މަންޒަރެވެ.

މި ދާއިރާގެ މާހިރުން ފާހަގަކުރާ ގޮތުގައި، ވައިގެ އުޅަނދުތަކަކީ ބަރުދަން ވަރަށް ލުއިވާންޖެހޭ އެއްޗެހި ކަމަށްވާއިރު، އެއްގަމު އުޅަނދުތަކަކީ ސަލާމަތީ ސަބަބުތަކަށްޓަކައި ބަރުކޮށް ހަދަންޖެހޭ އެއްޗެއްސެވެ. އެހެންކަމުން މި ދެބައި އެއްކޮށްލައިގެން ފުރިހަމައަށް މަސައްކަތްކުރާ ކާރެއް އުފެއްދުމަކީ އިންޖިނިއަރިންގ ގޮތުން އަދިވެސް ބޮޑެތި ގޮންޖެހުންތަކެއް ހުރި ކަމެކެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އިސްރާއީލުގެ އެޑް-ޓެކް ކުންފުންޏަކުން އަލްޖަޒީރާގެ ޑިވައިސްތަކަށް ޖާސޫސީ ސޮފްޓްވެއާއެއް އަޅަން އެހީވެދިންކަން ހާމަވެއްޖެ
16 Oct 2026 ދުނިޔެ

އިސްރާއީލުގެ އެޑް-ޓެކް ކުންފުންޏަކުން އަލްޖަޒީރާގެ ޑިވައިސްތަކަށް ޖާސޫސީ ސޮފްޓްވެއާއެއް އަޅަން އެހީވެދިންކަން ހާމަވެއްޖެ

މި ނުރައްކާތެރި ސޮފްޓްވެއާ ފަރުމާކޮށްފައިވަނީ ފައިލްތަކާއި، ޑޮކިއުމަންޓްތަކާއި، ބްރައުޒާގެ ޑޭޓާ އާއި ޕާސްވޯޑްތައް ފަދަ ނާޒުކު މައުލޫމާތު ވަގަށް ނެގުމަށެވެ. މީގެއިތުރުން ސްކްރީންޝޮޓް ނެގުމާއި، ކީބޯޑުން ލިޔާ އެއްޗެހި ރެކޯޑުކުރުމާއި، މައިކްރޯފޯނާއި ވެބްކެމް މެދުވެރިކޮށް އަޑާއި މަންޒަރު ރެކޯޑުކޮށް، މެސެޖިން އެޕްތަކުން މެސެޖުތައް ނެގުމުގެ ގާބިލުކަން ވެސް މި ސޮފްޓްވެއާއަށް ލިބިފައިވެއެވެ.

މަރުގެ އަދަބާ ދެކޮޅުހަދާ އެމެރިކާގައި މީހަކަށް މަރުގެ އަދަބު ދޭތަން ލައިވްކުރަން ނިންމައިފި؛ ޓްރަމްޕްވެސް ރުހުންދިން
16 Oct 2026 ދުނިޔެ

މަރުގެ އަދަބާ ދެކޮޅުހަދާ އެމެރިކާގައި މީހަކަށް މަރުގެ އަދަބު ދޭތަން ލައިވްކުރަން ނިންމައިފި؛ ޓްރަމްޕްވެސް ރުހުންދިން

އެމެރިކާގެ އަސްކަރީ މަރުކަޒެއްގައި ބަޑީގެ ހަމަލާތަކެއް ދީ ސިފައިންތަކެއް މަރާލި މީހަކަށް، ބަޑިޖަހައިގެން މަރުގެ އަދަބު ދޭ މަންޒަރު ވަގުތުން ދެއްކުމަށް، ލައިވްކުރުމަށް އެ ގައުމުގެ ސަރުކާރުން ނިންމައިފިއެވެ.

ކެނެޑާގެ ޚާރިޖީ ވަޒީރު އިންޑިއާގައި
15 Oct 2026 ދުނިޔެ

ކެނެޑާގެ ޚާރިޖީ ވަޒީރު އިންޑިއާގައި

އެމެރިކާ އާއި ކެނެޑާއާއި ދެމެދު އޮތް ޒަމާންވީ ގުޅުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރްމްޕްގެ ސިޔާސަތުތަކާއެކު ގޯސްވެފައިވާ މި ދަނޑިވަޅުގައި ކެނެޑާއިން އަންނަނީ އެހެން ގައުމުތަކާއެކު އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްތަކެއް ކުރަމުންނެވެ.

އިންޑޮނީޝިއާއިން ވައި ސާފުކުރުމަށް ޑްރައި އައިސް ބޭނުންކުރަނީ
15 Oct 2026 ދުނިޔެ

އިންޑޮނީޝިއާއިން ވައި ސާފުކުރުމަށް ޑްރައި އައިސް ބޭނުންކުރަނީ

ދިހަ އަހަރު ތެރޭ ކުރިމަތިވި އެންމެ ނުރައްކާތެރި ޖަންގަލީގެ އަލިފާނާ އެ ގައުމުން ހަނގުރާމަކުރަމުންދަނީ، އާދަޔާ ހިލާފަށް ވަރުގަދަ އެލް ނީނިއޯގެ ސަބަބުން ހިކި މޫސުމުގެ ހާލަތު ގޯސްވެ، އަލިފާން ނިއްވުން ދަތިވެފައި އޮތް ދަނޑިވަޅެއްގައެވެ. ވައިގެ ނުރައްކާ ކުޑަކުރުމަށް އިންޑޮނީޝިއާއާއި އަވައްޓެރި މެލޭޝިއާއިން ވެސް ކްލައުޑް ސީޑިން ފަދަ މޫސުން ބަދަލުކުރުމުގެ އެކި އުކުޅުތައް ބޭނުންކުރަމުން ގެންދެއެވެ. ކްލައުޑް ސީޑިންގައި ވިލާގަނޑުގެ ތެރޭގައި ފެން ގަނޑުވާ މިންވަރު އަވަސްކުރުމަށް ސިލްވާ އޮޔޮޑައިޑް ފަދަ މާއްދާތައް ވިލާ ތެރެއަށް ބުރުވައިލައެވެ. މި ބާވަތުގެ އޮޕަރޭޝަންތައް ހަފުތާތަކެއް ވަންދެން ކުރިއަށް ގެންގޮސްފައިވެއެވެ.

ޗައިނާ އާއި އުތުރު ކޮރެއާ ގުޅުވައިދޭ އާ ބްރިޖެއް ހުޅުވައިފި
15 Oct 2026 ދުނިޔެ

ޗައިނާ އާއި އުތުރު ކޮރެއާ ގުޅުވައިދޭ އާ ބްރިޖެއް ހުޅުވައިފި

ޗައިނާގެ ބޯޑަރު ސިޓީ ޑެންޑޮންގް އިން ފެށިގެން އުތުރު ކޮރެއާގެ ސިނޫއީޖޫ އާ ހަމައަށް ދެމިގެންދާ މި ބްރިޖު "ނިއު ޔާލޫ ރިވާ ބްރިޖް" ފުރަތަމަ ހުޅުވުމަށް ތާވަލުކޮށްފައި އޮތީ 2014 ވަނަ އަހަރަށެވެ.

ރެކޯޑް މިންވަރަކަށް ތުރުކީގެ އިސްތަންބޫލަށް ވާރޭވެހި ނުރައްކާތެރި ހާދިސާތަކެއް
15 Oct 2026 ދުނިޔެ

ރެކޯޑް މިންވަރަކަށް ތުރުކީގެ އިސްތަންބޫލަށް ވާރޭވެހި ނުރައްކާތެރި ހާދިސާތަކެއް

ބައެއް މީޑިއާތަކުން ރިޕޯތްކުރިގޮތުގައި މިފަހުން ތުރުކީއަށް ކުރި މޫސުމީ ވިއްސާރައަކީ ވޭތުވެދިޔަ 84 އަހަރު ދުވަހުގެ ތެރޭގައި މިހާ ގިނައިން ވާރޭވެހުނު ފުރަތަމަ ފަހަރެވެ.