ވެމްކޯގެ ވެހިކަލެއެ.. ފޮޓޯ: ވޮއިސް
ވެމްކޯގެ ވެހިކަލެއެ.. ފޮޓޯ: ވޮއިސް
ހަބަރު 15 Oct 2026 | 18:09

ވެމްކޯއަށް 2022 ވަނަ އަހަރު އެކަނިވެސް 127.9 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބުނު: އޮޑިޓް

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އަށް 2022 ވަނަ އަހަރު އެކަނިވެސް 127.9 މިލިއަން ރުފިޔާގެ ބޮޑު ގެއްލުމެއް ވެފައިވާކަން އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރުނު އެ ކުންފުނީގެ މާލީ އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުން އާންމުކޮށްފައިވާ އެ ކުންފުނީގެ މާލީ ބަޔާންތަކުގެ އޮޑިޓް ރިޕޯޓަށް ބަލާއިރު، 2021 ވަނަ އަހަރުވެސް ވެމްކޯއަށް ވަނީ 82 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ގެއްލުން ވެފައެވެ. މިގޮތުން ވޭތުވެދިޔަ އަހަރުތަކުގައި ކުންފުންޏަށް ބޮޑެތި މާލީ ގެއްލުންތަކެއް ވަމުންދާއިރު، އެ ދެ އަހަރުވެސް ކުންފުނީގެ މާލީ ރެކޯޑްތައް ބެލެހެއްޓުމުގައި ބޮޑެތި މައްސަލަތަކެއް ހުރިކަން އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ކުންފުނީގެ އާމްދަނީ އާއި، ވިޔަފާރީގެ މުއާމަލާތްތަކުން ލިބެންޖެހޭ ފައިސާ އަދި ނަގުދު ފައިސާގެ ހިސާބުތަކުގެ އިތުރުން، އެކި ފަރާތްތަކަށް ދައްކަންޖެހޭ ފައިސާ އާއި މުދަލާއި ވަސީލަތްތަކާ ގުޅޭގޮތުން އެކަށީގެންވާ އޮޑިޓް ހެކި ލިބިފައެއް ނުވެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން، 1 ޖެނުއަރީ 2022 އާ ހަމައަށް އެ އެކައުންޓްތަކުގައި ހުރި ބާކީ ފައިސާގެ އަދަދުތަކާ ގުޅޭގޮތުން އެކަށީގެންވާ ހެކި ހޯދުމަށް އޮޑިޓަރުންނަށް ބޮޑެތި ހުރަސްތަކެއް ވަނީ ކުރިމަތިވެފައެވެ.

މީގެއިތުރުން، 2022 ވަނަ އަހަރުގެ ނިޔަލަށް ވެމްކޯއަށް ލިބެންޖެހޭ ފައިސާގެ ތެރޭގައި އާންމު ވިޔަފާރީގެ މުއާމަލާތްތަކުން ލިބެންޖެހޭ 84.5 މިލިއަން ރުފިޔާ އާއި، ގުޅުންހުރި އެކި ފަރާތްތަކުން ލިބެންޖެހޭ 44.2 މިލިއަން ރުފިޔާ ހިމެނެއެވެ. ނަމަވެސް، ތިންވަނަ ފަރާތްތަކުގެ ކޮންފަމޭޝަން މެދުވެރިކޮށް ނުވަތަ އެނޫންވެސް އޮޑިޓް އިޖުރާއާތެއްގެ ތެރެއިން މި އަދަދުތަކުގެ ސައްހަކަން ކަށަވަރުކުރެވޭނެ އެކަށީގެންވާ އެއްވެސް ހެއްކެއް އޮޑިޓަށް ލިބިފައި ނުވާކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

އަދި ހަމައެއާއެކު، އެ ފައިސާ އަނބުރާ ނުލިބިދާނެ ކަމަށް ބަލައި އުނިކޮށްފައިވާ 75.6 މިލިއަން ރުފިޔާ އާއި، އެ އަހަރުގެ ގެއްލުމުގެ ގޮތުގައި ހިމަނާފައިވާ 7,031,457 ރުފިޔާގެ ސައްހަކަން ކަށަވަރުކުރެވޭނެ އެއްވެސް ލިޔެކިޔުމެއް ނެތް ކަމަށްވެސް އޮޑިޓަރ ޖެނެރަލްގެ ރިޕޯޓުގައި ވަނީ ފާހަގަކުރައްވާފައެވެ. ވެމްކޯގެ މާލީ ހިސާބުތަކަށް ބަލާއިރު 2022 ވަނަ އަހަރު ނިމުނުއިރު ވިޔަފާރީގެ މުއާމަލާތްތަކާ ގުޅިގެން ދައްކަންޖެހޭ ފައިސާގެ އަދަދު 103,9 ރުފިޔާއަށް އަރައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާ ލިބޭނެ ގޮތް ހަދަނީ
15 Oct 2026 ހަބަރު

ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާ ލިބޭނެ ގޮތް ހަދަނީ

އެމަނިކުފާނު މިހެން ވިދާޅުވީ "ރައްޔިތުންގެ އަޑު" ސިލްސިލާގެ 10 ވަނަ ޕްރަގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އާ ހޮސްޕިޓަލް އަޅާތީ، ވިލިމާލޭ ހޮސްޕިޓަލްގެ ހިދުމަތްތައް އަމާން ހިޔާއަށް ބަދަލުކޮށްފި
15 Oct 2026 ހަބަރު

އާ ހޮސްޕިޓަލް އަޅާތީ، ވިލިމާލޭ ހޮސްޕިޓަލްގެ ހިދުމަތްތައް އަމާން ހިޔާއަށް ބަދަލުކޮށްފި

ކުއްލި ފަރުވާގެ ޚިދުމަތާއި އާންމު ބަލިތަކުގެ ޑޮކްޓަރުންނަށް ދެއްކުމުގެ އިންތިޒާމު މިހާރު އެ އިމާރާތުގައި ހަމަޖެހިފައި

ރާއްޖޭގެ ކްރެޑިޓް ރޭޓިންއަށް އައި ކުރިއެރުން އައިއެމްއެފުން ފާހަގަކޮށްފި
15 Oct 2026 ހަބަރު

ރާއްޖޭގެ ކްރެޑިޓް ރޭޓިންއަށް އައި ކުރިއެރުން އައިއެމްއެފުން ފާހަގަކޮށްފި

އައިއެމްއެފްގެ އަހަރީ ބައްދަލުވުމުގެ ހަވާސާގައި، އެ އިދާރާގެ އެގްޒެކެޓިވް ޑިރެކްޓަރު ޑރ. މުޙައްމަދު މާއިތު، ރާއްޖޭގެ މާލީ ވަޒީރު ހަސަން ޒަރީރާ ބައްދަލުކުރައްވައި، ރާއްޖޭގެ އިޤްތިޞާދީ އަދި މާލީ ޙާލަތު ހަމަމަގަށް އެޅުވުމަށް ސަރުކާރުން އަޅަމުންދާ ހަރުދަނާ ފިޔަވަޅުތަކާ ގުޅޭގޮތުން ވާހަކަ ދައްކަވާފައިވާކަމަށެވެ. އަދި ރާއްޖެއިން އަޅަމުންދާ ފިޔަވަޅުތަކަށް ތައުރީފްކޮށް އެންމެފަހުން މޫޑީސްއިން ރާއްޖޭގެ ރޭޓިންނަށް އައި ހެޔޮބަދަލު ފާހަގަކުރެއްވިކަމަށް މާލީ ވުޒާރާއިން ބުންޏެވެ.

ކައުންސިލުގެ 14 ބިމެއް ސަރުކާރަށް ނަގައިފި
15 Oct 2026 ހަބަރު

ކައުންސިލުގެ 14 ބިމެއް ސަރުކާރަށް ނަގައިފި

ވުޒާރާއިން ބުނީ ލާމަރުކަޒީ ޤާނޫނުގެ ދަށުން މި ބިންތައް ސަރުކާރުގެ ކަމާބެހޭ ވުޒާރާގެ ބެލުމުގެ ދަށަށް ގެނައުމަށް ނިންމީ، ރައްޔިތުންނަށް ބޭނުންވާ ޢުމްރާނީ ތަރައްޤީގެ މުހިންމު މަޝްރޫޢުތައް ހިންގުމަށާއި އަސާސީ ޚިދުމަތްތައް ހަރުދަނާކަމާއެކު ފޯރުކޮށްދީ ބެލެހެއްޓުމުގެ މަޤްޞަދުގައި ކަމަށެވެ.

ކަނޑުވި މީހުން ސަލާމަތްކުރި ތިން ފުލުހަކަށް ރަން މެޑަލް އަރުވައިފި
15 Oct 2026 ހަބަރު

ކަނޑުވި މީހުން ސަލާމަތްކުރި ތިން ފުލުހަކަށް ރަން މެޑަލް އަރުވައިފި

ކ. ގާފަރު ކައިރިން ބަންޑުންޖެހި ކޮޅުވެއްޓިން ކަނޑުވި އަށް މީހެއްގެ ފުރާނަ ސަލާމަތްކުރި ތިން ފުލުހަކަށް ފުރާނަ ސަލާމަތްކުރުމުގެ ރަން މެޑަލް ކޮމިޝަނަރ އޮފް ޕޮލިސް އަރުވައިފިއެވެ.

އިންޑިއާގެ މަސްބޯޓުތަކާއި މަސްވެރިން މިނިވަންކުރުމުގެ މަސައްކަތް ފަށައިފި
15 Oct 2026 ހަބަރު

އިންޑިއާގެ މަސްބޯޓުތަކާއި މަސްވެރިން މިނިވަންކުރުމުގެ މަސައްކަތް ފަށައިފި

އިންޑިއާގެ ބައެއް މީޑިއާތަކުން ބުނެފައިވަނީ، މިދިޔަ އަންގާރަ ދުވަހުގެ ރޭ ރާއްޖޭގެ ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނައި އެޤައުމުގެ ތިން މަސް ބޯޓާއި 26 މަސްވެރިން މިނިވަންކުރުމަށްޓަކައި ދިވެހި ސަރުކާރާ ގުޅިގެން ކުރަންޖެހޭ ޤާނޫނީ މަސައްކަތްތައް ކުރަމުންދާކަމަށެވެ. އެގޮތުން އެމީހުން ދޫކޮށްލުމަށް ކުރަންޖެހޭ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ޓަމިލް ނާޑޫ ސްޓޭޓްގެ ޗީފް މިނިސްޓަރު ވިޖޭ، އެ ގައުމުގެ ހާރިޖީ ވަޒީރު، ޖައިޝަންކަރުގެ ކިބައިން އެދިވަޑައިގެންފައިވާކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައި އޮތް އެލްޖީއޭގެ ބޯޑް އިންތިހާބު މި މަހުގެ 31 ގައި
15 Oct 2026 ހަބަރު

މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައި އޮތް އެލްޖީއޭގެ ބޯޑް އިންތިހާބު މި މަހުގެ 31 ގައި

ވޯޓް ނެގުން އޮންނާނީ އެ ދުވަހުގެ ހެނދުނު 10:00 އިން ހަވީރު 4:00 އަށެވެ.

ލޯނު އަދާކުރުމަށް 10 ބިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފި
10 Oct 2026 ހަބަރު

ލޯނު އަދާކުރުމަށް 10 ބިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފި

ދައުލަތުގެ ބަޖެޓުން އަހަރުގެ މިހާތަނަށް ލޯނު އަދާކުރުމަށް ރެކޯޑް އަދަދެއް ހޭދަވެފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ފިނޭންސުން އާއްމުކޮށްފައިވާ ތަފާސްހިސާބަށް ބަލާއިރ...