ރައީސް މުޢިއްޒު - ފޮޓޯ/ ރައީސް އޮފީސް
ރައީސް މުޢިއްޒު - ފޮޓޯ/ ރައީސް އޮފީސް
ހަބަރު 16 Oct 2026 | 04:06

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ އެންމެންގެ ޒިންމާއެއް: ރައީސް މުޢިއްޒު

ދިވެހިރާއްޖޭގެ ކާބޯތަކެތީގެ ނިޒާމުތައް ހަރުދަނާކޮށް، ދަނޑުވެރިކަމާއި މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެއްބާރުލުން ދީގެން ހުރިހާ ދިވެހިންނަށް އަގުހެޔޮ، ފައިދާހުރި ކާބޯތަކެތި ލިބޭނެ މަގު ފަހިކޮށްދެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެންމެންނަށް ރައްކާތެރި، އަދި އަގުހެޔޮ ކާބޯތަކެތި ކަށަވަރުކޮށްދިނުމަށްޓަކައި ޒަމާނީ އީޖާދީ އަދި ދެމެހެއްޓެނިވި ކާބޯތަކެތީގެ ނިޒާމުތަކެއް ޤާއިމުކުރުމަކީ ނުހަނު މުހިންމު ކަމެއް ކަމަށެވެ. މިއަހަރުގެ ޝިޢާރު ކަމަށްވާ "އިންނޮވޭޓް ޓުޑޭ، ނަރިޝް ޓުމޯރޯ" އިން ހަނދާންކޮށްދެނީ މިއަދު އަޅުގަނޑުމެން ކުރާ އިންވެސްޓްމަންޓްތަކަކީ އަންނަން އޮތް ޖީލުތަކުގެ ކާބޯތަކެތީގެ ރައްކާތެރިކަން ބައްޓަންކުރާނެ ކަންކަން ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރާއްޖެއަކީ ޖަޒީރާ ޤައުމަކަށް ވުމާއެކު، ޤައުމީ ފުދުންތެރިކަމާއި އިޤްތިޞާދީ ދެމެހެއްޓެނިވިކަމަށްޓަކައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ. މިގޮތުން، ޒަމާނީ ޓެކްނޮލޮޖީ ބަލައިގަނެ، ރާއްޖޭގައި އުފައްދާ މިންވަރު އިތުރުކޮށް، ދަނޑުވެރިންނާއި މަސްވެރިންނަށް އެހީތެރިކަން ފޯރުކޮށްދީ، ދިރިއުޅުމުގެ ވަސީލަތްތަކާ ގުޅިފައިވާ ޤުދުރަތީ ވަސީލަތްތައް ރައްކާތެރިކުރަން ޖެހޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މަސްވެރިކަމުގެ ދާއިރާ ހަރުދަނާކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، މަސްވެރިން ބާނާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރުމާއި، މަސް ރައްކާކުރެވޭ މިންވަރާއި ޕްރޮސެސްކުރާ އިންފްރާސްޓްރަކްޗަރ ފުޅާކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ. މީގެއިތުރުން، ޕަބްލިކް-ޕްރައިވެޓް ޕާޓްނަރޝިޕްގެ ދަށުން ދަނޑުވެރިކަން ކުރިއެރުވުމަށް އެކި ރަށްރަށުގައި މަޝްރޫޢުތައް ފަށާފައިވާ ކަމަށާއި، ބޭނުންނުކޮށް ހުރި ބިންތަކުގެ ބޭނުން ހެޔޮގޮތުގައި ހިފައި، ތާޒާ މޭވާއާއި ތަރުކާރީ އުފެއްދުން އިތުރުކުރުމަށް ބާރުއަޅަމުންދާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ އެންމެންގެ ޒިންމާއެކެވެ. ރާއްޖޭގެ ދަނޑުވެރިންނާއި މަސްވެރިން ބާރުވެރިކުރުވައި، އެ ފަރާތްތަކުގެ ޢާއިލާތަކަށް ތަނަވަސްކަން ލިބި، އަދި ކޮންމެ ގެއަކަށްވެސް ފައިދާހުރި އަގުހެޔޮ ކާބޯތަކެތި ލިބޭނެ މުސްތަޤްބަލެއް ބިނާކުރުމަށް އެންމެހައި ރައްޔިތުން އެކުގައި މަސައްކަތް ކުރުމަށް ރައީސް ޑރ. މުޢިއްޒު ވަނީ ގޮވާލައްވާފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި
16 Oct 2026 ހަބަރު

ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި

ށ. އަތޮޅުން އައްޑުއާ ދެމެދަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށް ހެނދުނު 8 އިން މެންދުރުފަހު 2 އަށް މެޓުން ހުދު ސަމާލެއް ނެރެފިއެވެ.

ވެމްކޯއަށް 2022 ވަނަ އަހަރު އެކަނިވެސް 127.9 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބުނު: އޮޑިޓް
15 Oct 2026 ހަބަރު

ވެމްކޯއަށް 2022 ވަނަ އަހަރު އެކަނިވެސް 127.9 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބުނު: އޮޑިޓް

އޮޑިޓަރ ޖެނެރަލްގެ އޮފީހުން އާންމުކޮށްފައިވާ އެ ކުންފުނީގެ މާލީ ބަޔާންތަކުގެ އޮޑިޓް ރިޕޯޓަށް ބަލާއިރު، 2021 ވަނަ އަހަރުވެސް ވެމްކޯއަށް ވަނީ 82 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ގެއްލުން ވެފައެވެ.

ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާ ލިބޭނެ ގޮތް ހަދަނީ
15 Oct 2026 ހަބަރު

ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާ ލިބޭނެ ގޮތް ހަދަނީ

އެމަނިކުފާނު މިހެން ވިދާޅުވީ "ރައްޔިތުންގެ އަޑު" ސިލްސިލާގެ 10 ވަނަ ޕްރަގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އާ ހޮސްޕިޓަލް އަޅާތީ، ވިލިމާލޭ ހޮސްޕިޓަލްގެ ހިދުމަތްތައް އަމާން ހިޔާއަށް ބަދަލުކޮށްފި
15 Oct 2026 ހަބަރު

އާ ހޮސްޕިޓަލް އަޅާތީ، ވިލިމާލޭ ހޮސްޕިޓަލްގެ ހިދުމަތްތައް އަމާން ހިޔާއަށް ބަދަލުކޮށްފި

ކުއްލި ފަރުވާގެ ޚިދުމަތާއި އާންމު ބަލިތަކުގެ ޑޮކްޓަރުންނަށް ދެއްކުމުގެ އިންތިޒާމު މިހާރު އެ އިމާރާތުގައި ހަމަޖެހިފައި

ރާއްޖޭގެ ކްރެޑިޓް ރޭޓިންއަށް އައި ކުރިއެރުން އައިއެމްއެފުން ފާހަގަކޮށްފި
15 Oct 2026 ހަބަރު

ރާއްޖޭގެ ކްރެޑިޓް ރޭޓިންއަށް އައި ކުރިއެރުން އައިއެމްއެފުން ފާހަގަކޮށްފި

އައިއެމްއެފްގެ އަހަރީ ބައްދަލުވުމުގެ ހަވާސާގައި، އެ އިދާރާގެ އެގްޒެކެޓިވް ޑިރެކްޓަރު ޑރ. މުޙައްމަދު މާއިތު، ރާއްޖޭގެ މާލީ ވަޒީރު ހަސަން ޒަރީރާ ބައްދަލުކުރައްވައި، ރާއްޖޭގެ އިޤްތިޞާދީ އަދި މާލީ ޙާލަތު ހަމަމަގަށް އެޅުވުމަށް ސަރުކާރުން އަޅަމުންދާ ހަރުދަނާ ފިޔަވަޅުތަކާ ގުޅޭގޮތުން ވާހަކަ ދައްކަވާފައިވާކަމަށެވެ. އަދި ރާއްޖެއިން އަޅަމުންދާ ފިޔަވަޅުތަކަށް ތައުރީފްކޮށް އެންމެފަހުން މޫޑީސްއިން ރާއްޖޭގެ ރޭޓިންނަށް އައި ހެޔޮބަދަލު ފާހަގަކުރެއްވިކަމަށް މާލީ ވުޒާރާއިން ބުންޏެވެ.

ކައުންސިލުގެ 14 ބިމެއް ސަރުކާރަށް ނަގައިފި
15 Oct 2026 ހަބަރު

ކައުންސިލުގެ 14 ބިމެއް ސަރުކާރަށް ނަގައިފި

ވުޒާރާއިން ބުނީ ލާމަރުކަޒީ ޤާނޫނުގެ ދަށުން މި ބިންތައް ސަރުކާރުގެ ކަމާބެހޭ ވުޒާރާގެ ބެލުމުގެ ދަށަށް ގެނައުމަށް ނިންމީ، ރައްޔިތުންނަށް ބޭނުންވާ ޢުމްރާނީ ތަރައްޤީގެ މުހިންމު މަޝްރޫޢުތައް ހިންގުމަށާއި އަސާސީ ޚިދުމަތްތައް ހަރުދަނާކަމާއެކު ފޯރުކޮށްދީ ބެލެހެއްޓުމުގެ މަޤްޞަދުގައި ކަމަށެވެ.

ކަނޑުވި މީހުން ސަލާމަތްކުރި ތިން ފުލުހަކަށް ރަން މެޑަލް އަރުވައިފި
15 Oct 2026 ހަބަރު

ކަނޑުވި މީހުން ސަލާމަތްކުރި ތިން ފުލުހަކަށް ރަން މެޑަލް އަރުވައިފި

ކ. ގާފަރު ކައިރިން ބަންޑުންޖެހި ކޮޅުވެއްޓިން ކަނޑުވި އަށް މީހެއްގެ ފުރާނަ ސަލާމަތްކުރި ތިން ފުލުހަކަށް ފުރާނަ ސަލާމަތްކުރުމުގެ ރަން މެޑަލް ކޮމިޝަނަރ އޮފް ޕޮލިސް އަރުވައިފިއެވެ.

އަމާޒަކީ އެކަށައެޅިފައިވާ ބާވަތްތައް އިމްޕޯޓް ނުކޮށް ރާއްޖޭގައި އުފެއްދުން: ރައީސް ޑރ. މުޢިއްޒު
15 Oct 2026 ހަބަރު

އަމާޒަކީ އެކަށައެޅިފައިވާ ބާވަތްތައް އިމްޕޯޓް ނުކޮށް ރާއްޖޭގައި އުފެއްދުން: ރައީސް ޑރ. މުޢިއްޒު

ސަރުކާރުގެ އަމާޒަކީ ދަނޑުވެރިކަމުގެ ވަކި ބާވަތްތަކެއް ކަނޑައަޅައި، އެ ތަކެތި އިމްޕޯޓްކުރުމާ ނުލައި ރާއްޖެއަށް ބޭނުންވާ މިންވަރަށް އަމިއްލަ ފަސްގަނޑުގައި ހައްދައި ބާޒާރަށް ނެރެވޭނެ މަގުފަހިކޮށްދިނުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.