ހެންވޭރު އާޓިފިޝަލް ބީޗް ސަރަހައްދު.. ފޮޓޯ: ވޮއިސް
ހެންވޭރު އާޓިފިޝަލް ބީޗް ސަރަހައްދު.. ފޮޓޯ: ވޮއިސް
ހަބަރު 15 Oct 2026 | 12:22

ކައުންސިލުގެ 14 ބިމެއް ސަރުކާރަށް ނަގައިފި

މާލެއާއި ވިލިމާލޭގެ އިމުގެ ތެރޭގައި ހިމެނޭ 14 ބިމެއް، މާލެ ސިޓީ ކައުންސިލްގެ އިޚްތިޞާޞުން ވަކިކޮށް، އެ ބިންތަކުގައި ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢުތަކުގެ ތަފްޞީލު އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން މިއަދު އިޢުލާނުކޮށްފިއެވެ.

އެ ވުޒާރާއިން ބުނީ ލާމަރުކަޒީ ޤާނޫނުގެ ދަށުން މި ބިންތައް ސަރުކާރުގެ ކަމާބެހޭ ވުޒާރާގެ ބެލުމުގެ ދަށަށް ގެނައުމަށް ނިންމީ، ރައްޔިތުންނަށް ބޭނުންވާ ޢުމްރާނީ ތަރައްޤީގެ މުހިންމު މަޝްރޫޢުތައް ހިންގުމަށާއި އަސާސީ ޚިދުމަތްތައް ހަރުދަނާކަމާއެކު ފޯރުކޮށްދީ ބެލެހެއްޓުމުގެ މަޤްޞަދުގައި ކަމަށެވެ. އަދި މިގޮތުން ކޮންމެ ބިމެއްވެސް ބޭނުންކުރުމަށް ކަނޑައަޅާފައިވާ ޕްލޭންތަކުގެ ތަފްޞީލު މިހާރު ވަނީ ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައެވެ.

ބިންތަކުގައި ހިންގުމަށް ކަނޑައަޅާފައިވާ މައިގަނޑު މަޝްރޫޢުތަކުގެ ތެރޭގައި:

  • ސަލްޓަން ޕާކާއި މިއުޒިއަމް ސަރަޙައްދު: އީ-ސްޕޯޓްސް އެރީނާއަކާއި މިއުޒިއަމް ޕާކެއް ޤާއިމުކުރުން.

  • މަސް މާރުކޭޓު ހުރި ބިން: އޮފީސްތަކާއި ވިޔަފާރިތަކަށް ޚާއްޞަ ޢިމާރާތެއް އެޅުން.

  • ލޯކަލް މާރުކޭޓު ހުރި ބިން: ޒަމާނީ ބޮޑު މާރުކޭޓު ކޮމްޕްލެކްސްއަކަށް ބަދަލުކުރުން.

  • ދަތުރުވެރިންގެ މާރުކޭޓު ހުރި ބިން: އެކި ބޭނުންތައް ހިމެނޭ (މިކްސްޑް-ޔޫސް) ވިޔަފާރި މަރުކަޒެއްގެ ގޮތުގައި ތަރައްޤީކުރުން.

  • މާލެ ސިޓީ ކައުންސިލް އެކަމަޑޭޝަން : ލޭބަރ އެކަމަޑޭޝަން އެންޑް ސްޓޯރޭޖް ފެސިލިޓީ

  • ކުރީގެ ވިޔަފާރިވެރިންގެ ޖަމްޢިއްޔާ ހިންގި ބިން: ޑޭ-ކެއަރ ސެންޓަރަކާއި ކުޑަކުދިންގެ ތަފާތު ޙަރަކާތްތަކަށް ޚާއްޞަ މަރުކަޒެއް ބިނާކުރުން.

  • ކާނިވާ ކެފޭ ޕާކިން އޭރިއާ : ރެކްރިއޭޝަނަލް އަދި ވިޔަފާރި ބޭނުމަށް

  • ކުރީގެ ހަކަތަ ޕެޓްރޯލް ޝެޑް ހުރި ބިން: އިލެކްޓްރިކް އުޅަނދުފަހަރު ޗާޖުކުރާ (އީވީ ޗާޖިންގ) މަރުކަޒެއް ޤާއިމުކުރުން.

  • އާޓިފިޝަލް ބީޗު: ޢާންމުންގެ މުނިފޫހިފިލުވުމުގެ ޙަރަކާތްތަކަށް ޚާއްޞަކުރުން.

  • ބޮނޑިބަތް ޕާކު ހުރި ބިން: ޕާކިންގ ޢިމާރާތަކާއި ވިޔަފާރި ޚިދުމަތްތައް ހިމެނޭ ފެސިލިޓީއެއް ތަރައްޤީކުރުން.

  • ރަސްފަންނު ސަރަޙައްދު: މި ސަރަޙައްދު ހިންގުމާއި ބެލެހެއްޓުން ސީދާ ސަރުކާރުގެ ދަށަށް ގެނައުން.

  • ތައިސޭކޮށީގެ ހުސްބިންތައް: ތަރައްޤީގެ މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތްތައް ކުރިއަށްގެންދާ ވޯކް ސައިޓެއްގެ ގޮތުގައި ހަމަޖެއްސުން.

  • މަސްވެރިންގެ މައިޒާން: މިހާރެކޭވެސް އެއްފަދައިން އެމް.ޑަބްލިއު.އެސް.ސީގެ ޕަމްޕް ސްޓޭޝަނެއްގެ ގޮތުގައި ދެމެހެއްޓުން.

  • ޕޭ ޓޮއިލެޓް 2 ހުރި ބިން: ޒަމާނީ ފެންވަރުގެ ޢާންމު ފާޚާނާއަކާއި އެއާ ގުޅުންހުރި ޚިދުމަތްތައް ޤާއިމުކުރުން.

މި ނިންމުމަކީ ހުސްކޮށް ހުރި ބިންތަކުން ރައްޔިތުންނަށް އެންމެ އެދެވޭ އަދި ފައިދާހުރި މަންފާއެއް ހޯދައިދިނުމަށާއި، މިހާރު ޤާއިމުކޮށްފައިވާ ޕާކުތައް ދެމެހެއްޓެނިވި އުޞޫލަކުން ތަރައްޤީކޮށް ބެލެހެއްޓުމަށްޓަކައި ނިންމެވި ނިންމުމެއް ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

މި މަޝްރޫޢުތަކާ ގުޅޭގޮތުން އެއްވެސް ޚިޔާލެއް ނުވަތަ ޝަކުވާއެއް އޮތްނަމަ، ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި އެ ވުޒާރާއަށް ލިޔުމުން ހުށަހެޅުމުގެ ފުރުޞަތު މިހާރު ވަނީ ޢާންމުކޮށް ހުޅުވާލާފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ރާއްޖޭގެ ކްރެޑިޓް ރޭޓިންއަށް އައި ކުރިއެރުން އައިއެމްއެފުން ފާހަގަކޮށްފި
15 Oct 2026 ހަބަރު

ރާއްޖޭގެ ކްރެޑިޓް ރޭޓިންއަށް އައި ކުރިއެރުން އައިއެމްއެފުން ފާހަގަކޮށްފި

އައިއެމްއެފްގެ އަހަރީ ބައްދަލުވުމުގެ ހަވާސާގައި، އެ އިދާރާގެ އެގްޒެކެޓިވް ޑިރެކްޓަރު ޑރ. މުޙައްމަދު މާއިތު، ރާއްޖޭގެ މާލީ ވަޒީރު ހަސަން ޒަރީރާ ބައްދަލުކުރައްވައި، ރާއްޖޭގެ އިޤްތިޞާދީ އަދި މާލީ ޙާލަތު ހަމަމަގަށް އެޅުވުމަށް ސަރުކާރުން އަޅަމުންދާ ހަރުދަނާ ފިޔަވަޅުތަކާ ގުޅޭގޮތުން ވާހަކަ ދައްކަވާފައިވާކަމަށެވެ. އަދި ރާއްޖެއިން އަޅަމުންދާ ފިޔަވަޅުތަކަށް ތައުރީފްކޮށް އެންމެފަހުން މޫޑީސްއިން ރާއްޖޭގެ ރޭޓިންނަށް އައި ހެޔޮބަދަލު ފާހަގަކުރެއްވިކަމަށް މާލީ ވުޒާރާއިން ބުންޏެވެ.

ކަނޑުވި މީހުން ސަލާމަތްކުރި ތިން ފުލުހަކަށް ރަން މެޑަލް އަރުވައިފި
15 Oct 2026 ހަބަރު

ކަނޑުވި މީހުން ސަލާމަތްކުރި ތިން ފުލުހަކަށް ރަން މެޑަލް އަރުވައިފި

ކ. ގާފަރު ކައިރިން ބަންޑުންޖެހި ކޮޅުވެއްޓިން ކަނޑުވި އަށް މީހެއްގެ ފުރާނަ ސަލާމަތްކުރި ތިން ފުލުހަކަށް ފުރާނަ ސަލާމަތްކުރުމުގެ ރަން މެޑަލް ކޮމިޝަނަރ އޮފް ޕޮލިސް އަރުވައިފިއެވެ.

އިންޑިއާގެ މަސްބޯޓުތަކާއި މަސްވެރިން މިނިވަންކުރުމުގެ މަސައްކަތް ފަށައިފި
15 Oct 2026 ހަބަރު

އިންޑިއާގެ މަސްބޯޓުތަކާއި މަސްވެރިން މިނިވަންކުރުމުގެ މަސައްކަތް ފަށައިފި

އިންޑިއާގެ ބައެއް މީޑިއާތަކުން ބުނެފައިވަނީ، މިދިޔަ އަންގާރަ ދުވަހުގެ ރޭ ރާއްޖޭގެ ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނައި އެޤައުމުގެ ތިން މަސް ބޯޓާއި 26 މަސްވެރިން މިނިވަންކުރުމަށްޓަކައި ދިވެހި ސަރުކާރާ ގުޅިގެން ކުރަންޖެހޭ ޤާނޫނީ މަސައްކަތްތައް ކުރަމުންދާކަމަށެވެ. އެގޮތުން އެމީހުން ދޫކޮށްލުމަށް ކުރަންޖެހޭ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ޓަމިލް ނާޑޫ ސްޓޭޓްގެ ޗީފް މިނިސްޓަރު ވިޖޭ، އެ ގައުމުގެ ހާރިޖީ ވަޒީރު، ޖައިޝަންކަރުގެ ކިބައިން އެދިވަޑައިގެންފައިވާކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައި އޮތް އެލްޖީއޭގެ ބޯޑް އިންތިހާބު މި މަހުގެ 31 ގައި
15 Oct 2026 ހަބަރު

މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައި އޮތް އެލްޖީއޭގެ ބޯޑް އިންތިހާބު މި މަހުގެ 31 ގައި

ވޯޓް ނެގުން އޮންނާނީ އެ ދުވަހުގެ ހެނދުނު 10:00 އިން ހަވީރު 4:00 އަށެވެ.

ބަރު އުޅަނދާއި މުދާ އުފުލާ އުޅަނދު ދުއްވުން މަނާ ގަޑިތަކެއް ކަނޑައަޅައިފި
15 Oct 2026 ހަބަރު

ބަރު އުޅަނދާއި މުދާ އުފުލާ އުޅަނދު ދުއްވުން މަނާ ގަޑިތަކެއް ކަނޑައަޅައިފި

ހެނދުނު 11:30 އިން މެންދުރު 1:30 އަށް، ބޮޑުތަކުރުފާނު މަގު ފިޔަވައި މާލޭގެ އެހެން މަގުތަކުގައާއި ބުރިޖު އަދި ހައިވޭގައި މިފަދަ އުޅަނދުތައް ދުއްވުން ވަނީ މަނާކޮށްފަ އެވެ.

ފެނަކަ ހިންގުން ވަގުތީގޮތުން ސްޓެލްކޯގެ އެމްޑީ ޑރ. އަލީ އަޒުވަރަށް
15 Oct 2026 ހަބަރު

ފެނަކަ ހިންގުން ވަގުތީގޮތުން ސްޓެލްކޯގެ އެމްޑީ ޑރ. އަލީ އަޒުވަރަށް

އަޒުވަރު މި މަގާމަށް އައްޔަންކޮށްފައިވަނީ، އިއްޔެ ފެނަކައިގެ އެމްޑީގެ މަގާމުން ވަކިކުރި މުހައްމަދު އަފީފް ހުސައިން ތިމާވެއްޓާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރަކަށް މިއަދު އައްޔަންކުރުމަށްފަހުގައެވެ.

ފެނަކައިން ވަކިކުރި އަފީފު ތިމާވެއްޓާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރުކަމަށް
15 Oct 2026 ހަބަރު

ފެނަކައިން ވަކިކުރި އަފީފު ތިމާވެއްޓާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރުކަމަށް

ފެނަކައިގެ އެމްޑީގެ މަގާމުން އޭނާ ވަކިކޮށްފައިވަނީ އެ ކުންފުނި އުވައިލުމަށް ސަރުކާރުން ނިންމެވުމާ ގުޅިގެންނެވެ.

މިނިވަން ވިޔަފާރީގެ ފުރުސަތުތައް އިތުރަށް ހުޅުވައިލުމަށް ހަރުދަނާ އުސޫލުތަކުން ކުރާ ކޮންމެ ކަމަކަށް ތަރުހީބުދޭނަން: އެމްޑީޕީ
15 Oct 2026 ހަބަރު

މިނިވަން ވިޔަފާރީގެ ފުރުސަތުތައް އިތުރަށް ހުޅުވައިލުމަށް ހަރުދަނާ އުސޫލުތަކުން ކުރާ ކޮންމެ ކަމަކަށް ތަރުހީބުދޭނަން: އެމްޑީޕީ

ރާއްޖޭގައި މިނިވަން ވިޔަފާރީގެ ފުރުސަތުތައް ފުޅާކުރުމަށް ހަރުދަނާ އުސޫލުތަކުގެ ތެރެއިން ކުރާ ކޮންމެ ކަމަކަށް ތަރުހީބުދޭ ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފިއެވެ.