ވިލިމާލެ ހޮސްޕިޓަލް 
ފޮޓޯ: ފްރޮންޓްޕޭޖް.އެމްވީ
ވިލިމާލެ ހޮސްޕިޓަލް ފޮޓޯ: ފްރޮންޓްޕޭޖް.އެމްވީ
ހަބަރު 15 Oct 2026 | 19:40

އާ ހޮސްޕިޓަލް އަޅާތީ، ވިލިމާލޭ ހޮސްޕިޓަލްގެ ހިދުމަތްތައް އަމާން ހިޔާއަށް ބަދަލުކޮށްފި

ވިލިމާލޭގައި ޒަމާނީ ފެންވަރުގެ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް ޤާއިމުކުރުމުގެ މަޝްރޫޢަށް މަގުފަހިކުރުމުގެ ގޮތުން، ވިލިމާލެ ހޮސްޕިޓަލުން ދެމުން އައި ޚިދުމަތްތައް ވަގުތީ ގޮތުން "އަމާން ހިޔާ" އިމާރާތަށް ބަދަލުކޮށް މިއަދު ޚިދުމަތް ދޭން ފަށައިފިއެވެ.

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ޙަވާލުކޮށްގެން ވަގުތީ އިމާރާތަށް ޚިދުމަތްތައް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާއިރު، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ޕީއެސްއެމްނިއުސްއާ ވާހަކަދައްކަވަމުން ވިދާޅުވެފައިވަނީ، ކުއްލި ފަރުވާގެ ޚިދުމަތާއި އާންމު ބަލިތަކުގެ ޑޮކްޓަރުންނަށް ދެއްކުމުގެ އިންތިޒާމު މިހާރު އެ އިމާރާތުގައި ހަމަޖެހިފައިވާ ކަމަށެވެ.

ނަމަވެސް، ދަތުގެ ފަރުވާ، ފިޒިއޮތެރަޕީ އަދި ޑަޔަލިސިސް ފަދަ ޚާއްޞަ ޚިދުމަތްތައް އެ ތަނަށް ބަދަލުކުރެވޭނީ އިމާރާތުގައި ލިފްޓު ހަރުކުރުމުގެ މަސައްކަތް ނިމުމުން ކަމަށާއި، އެ މުއްދަތުގެ ތެރޭގައި އެ ޚިދުމަތްތައް އައިޖީއެމްއެޗް މެދުވެރިކޮށް ލިބޭނެ އިންތިޒާމު ހަމަޖައްސަވާފައިވާކަމަށް ވަނީ ވިދާޅުވެފައެވެ.

މި މަޝްރޫޢުގެ ދަށުން މިހާރު ބޭނުންކުރަމުންދާ އިމާރާތް ތަޅާލައި، ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ޒަމާނީ ވަސީލަތްތަކާ އެކު 100 އެނދުގެ އައު ހޮސްޕިޓަލެއް ބިނާކުރުމަށް ވަނީ ހަމަޖެހިފައެވެ. ދެ އިމާރާތުގެ މައްޗަށް އެކުލެވޭ މި އައު ހޮސްޕިޓަލުގައި، އެނދުމަތިކޮށްގެންނާއި ބޭރުން ދައްކާ ބަލިމީހުންނަށް ފަރުވާދޭނެ ބައިތަކުގެ އިތުރުން، އެމަޖެންސީ، ޑައިގްނޯސްޓިކް، އައިސީޔޫ އަދި ހީމޯޑަޔަލިސިސް ޚިދުމަތަށް ޚާއްޞަ އެނދުތައް ހިމެނޭނެއެވެ.

މިހާރު ހިންގަމުންދާ ހޮސްޕިޓަލަކީ އެންމެ ތިން ކޮންސަލްޓޭޝަން ރޫމާއި އިމަޖެންސީ ފަސް އެނދުގެ ޖާގައެއް އޮތް ތަނަކަށްވާއިރު، މުޅިން އައު ފެންވަރަކަށް ތަރައްޤީކުރާ މި ހޮސްޕިޓަލުގެ ޑީޓެއިލް ޑިޒައިނިންގގެ މަސައްކަތް މިހާރު ވަނީ ފެށިފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ރަށުމެދުގައި ހުރި އިންޖީނުގެތައް ބަދަލުކުރުމުގެ ބޮޑުބައެއް އަންނަ އަހަރު ނިންމާނަން: ޑރ. އަޒުވަރު
15 Nov 2026 ހަބަރު

ރަށުމެދުގައި ހުރި އިންޖީނުގެތައް ބަދަލުކުރުމުގެ ބޮޑުބައެއް އަންނަ އަހަރު ނިންމާނަން: ޑރ. އަޒުވަރު

ޑރ.އަޒުވަރު ވިދާޅުވީ ރަށްރަށުގެ މީހުން ދިރިއުޅެމުންދާ ސަރަހައްދުގައި ހުރި އިންޖީނުގޭތައް ނަގައި މީހުން ދިރިނޫޅޭ ސަރަހައްދަށް ބަދަލުކުރުމަކީ އެކުންފުނިން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރަމުން އަންނަ މަސައްކަތެއް ކަމަށެވެ. އެގޮތުން މި މަސައްކަތުގެ ބޮޑު ބައެއް، އަންނަ އަހަރުގެ ނިޔަލަށް ނިންމުމަށް އަމާޒު ހިފާފައިވާ ކަމަށެވެ.

ކަނޑުގެ އިލްމާއި އެކުއަކަލްޗަރގެ ދާއިރާއިން އެމްއެންޔޫގެ ވަފުދަށް ހައިނާންއިން އަގުހުރި ތަޖުރިބާތަކެއް!
15 Nov 2026 ހަބަރު

ކަނޑުގެ އިލްމާއި އެކުއަކަލްޗަރގެ ދާއިރާއިން އެމްއެންޔޫގެ ވަފުދަށް ހައިނާންއިން އަގުހުރި ތަޖުރިބާތަކެއް!

ކަނޑުގެ އިލްމާއި އެކުއަކަލްޗަރގެ ދާއިރާއިން ޒަމާނީ ކުރިއެރުންތައް ދެނެގަތުމަށް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) ގެ ވަފުދަކުން ޗައިނާގެ ހައިނާންއަށް ކުރި ރަސްމީ ދަތުރު ކާމިޔާބުކަމާއެކު ނިންމާލައި، އަގުހުރި އަމަލީ ތަޖުރިބާތަކެއް ހޯދައިފިއެވެ.

ސައުތު އޭޝިއަން ޔުނިވާސިޓީން ޒުވާނުންނަށް އިތުރު ފުރުސަތު ހޯދަން މަޝްވަރާތަކެއް
15 Nov 2026 ހަބަރު

ސައުތު އޭޝިއަން ޔުނިވާސިޓީން ޒުވާނުންނަށް އިތުރު ފުރުސަތު ހޯދަން މަޝްވަރާތަކެއް

މީގެއިތުރުން، ޒުވާނުންނަށް އިތުރު ފުރުޞަތުތައް ހޯދައިދިނުމަށްޓަކައި، ސައުތު އޭޝިއަން ޔުނިވާސިޓީއާއި ރާއްޖޭގެ މަތީ ތަޢުލީމު ފޯރުކޮށްދޭ މަރުކަޒުތަކާ ދެމެދު ގުޅުން ބަދަހިކުރެވިދާނެ ގޮތްތަކާ މެދުވެސް ދެބޭފުޅުން މަޝްވަރާ ކުރެއްވި އެވެ.

ފުލުހުންގެ ތަމްރީން ކޯސްތަކުގައި "އިހްތިރާމް" މާއްދާއެއްގެ ގޮތުގައި ހިމަނަނީ
15 Nov 2026 ހަބަރު

ފުލުހުންގެ ތަމްރީން ކޯސްތަކުގައި "އިހްތިރާމް" މާއްދާއެއްގެ ގޮތުގައި ހިމަނަނީ

ފުލުހުންގެ ތަމްރީނުތަކުގެ ތެރެއިން، އެކަކު އަނެކަކަށް އިހުތިރާމްކުރުމާއި، ފަންނީ މިންގަނޑުތައް ހިފެހެއްޓުމާއި، އަދި އިންސާނީ ކަރާމާތް ރައްކާތެރިކުރުމުގެ ސިފަ އަށަގެންނެވުމަށް އިތުރު އެހީއަކަށް ވެގެންދާނެކަމަށް ވެސް ސީޕީ ވިދާޅުވި އެވެ.

ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ދަނޑުވެރިކަމުގެ ޤައުމީ ބޯހިމެނުން ރަސްމީކޮށް ފަށައިފި
15 Nov 2026 ހަބަރު

ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ދަނޑުވެރިކަމުގެ ޤައުމީ ބޯހިމެނުން ރަސްމީކޮށް ފަށައިފި

ދިވެހިރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ކުރިއަށްގެންދާ ދަނޑުވެރިކަމުގެ ޤައުމީ ބޯހިމެނުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ. މިއީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއާއި، މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ އިތުރުން، އދ. ގެ ފުޑް އެންޑް އެގްރިކަލްޗަރ އޮގަނައިޒޭޝަން (އެފް.އޭ.އޯ) ގުޅިގެން ކުރިއަށްގެންދާ މުހިންމު ޤައުމީ ހަރަކާތެކެވެ.

"ވަޑާންވެރިން ރަށުގެ އުރީދޫ މަސްރޭސް 2026" ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
15 Nov 2026 ހަބަރު

"ވަޑާންވެރިން ރަށުގެ އުރީދޫ މަސްރޭސް 2026" ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

މިއަހަރުގެ މަސްވެރިންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން، ރ. އިނގުރައިދޫ ކައުންސިލާއި އެ ރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ގުޅިގެން ބާއްވާ "ވަޑާންވެރިންގެ ރަށް، އުރީދޫ މަސްރޭސް 2026" ގައި ބައިވެރިވުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލައިފިއެވެ.

ގެއްލިފައިވާ ސިފައިންގެ މީހާގެ ހަނދާނުގައި ބަންގްލަދޭޝްގައި މިސްކިތެއް ބިނާކުރަން ލޮކާސްއިން ނިންމައިފި
15 Nov 2026 ހަބަރު

ގެއްލިފައިވާ ސިފައިންގެ މީހާގެ ހަނދާނުގައި ބަންގްލަދޭޝްގައި މިސްކިތެއް ބިނާކުރަން ލޮކާސްއިން ނިންމައިފި

މިދިޔަ އޮގަސްޓު މަހުގެ ފަސް ވަނަ ދުވަހު ސަޕްލައި ދޯނި "ފްރެންޑް ހަތަރެއް" ހުވަދޫ ކަނޑަށް އަޑިއަށް ދިޔަ ހާދިސާގައި ގެއްލުނު ތިން މީހުންގެ ތެރޭގައި ހިމެނޭ އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް އިބްރާހީމް އަޙްމަދުގެ ހަނދާނުގައި މިސްކިތެއް ބިނާކުރުމުގެ މަސައްކަތް ފަށައިފިއެވެ.

އެމްޕީއެލްގެ ކޯޕަރޭޓް މަޖައްލާ "އުޅަނދު" ގެ 4 ވަނަ އަދަދު ނެރެފި
15 Nov 2026 ހަބަރު

އެމްޕީއެލްގެ ކޯޕަރޭޓް މަޖައްލާ "އުޅަނދު" ގެ 4 ވަނަ އަދަދު ނެރެފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) ގެ ރަސްމީ ކޯޕަރޭޓް މަޖައްލާ "އުޅަނދު" ގެ ހަތަރުވަނަ އަދަދު ނެރެ، އާންމުކޮށްފިއެވެ.