ލީގްގައި މިއަދު ހަވީރު މާޒިޔާ އާއި ޓީސީ ބައްދަލުކުރި މެޗް.. ފޮޓޯ: ދިވެހި ޕްރިމިއާ ލީގް
ލީގްގައި މިއަދު ހަވީރު މާޒިޔާ އާއި ޓީސީ ބައްދަލުކުރި މެޗް.. ފޮޓޯ: ދިވެހި ޕްރިމިއާ ލީގް
ކުޅިވަރު 15 Oct 2026 | 16:59

ޓީސީ އާ މާޒިޔާ ބައްދަލުކުރިމެޗް މާޒިޔާއަށް

ދިރާގް ދިވެހި ޕްރިމިއާލީގްގައި މިއަދު ހަވީރު ޓީސީ ސްޕޯޓްސް ކްލަބާއި މާޒިޔާ ބައްދަލުކުރިމެޗް ފަސޭހަކަމާއެކު މާޒުޔާ ކާމިޔާބުކޮށްފިއެވެ.

ގަލޮޅު ދަނޑުގައި ކުޅުނު މިމެޗް ޓީސީގެ މައްޗަށް މާޒިޔާ ކުރިހޯދާފައިވަނީ، 3-0 ގެ ނަތީޖާއިންނެވެ. މެޗްގައި މާޒިޔާއަށް ގޯލް ހުޅުވާލަދިނީ، 34 ވަނަ މިނެޓް ތެރޭގައި ސާނޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި އިބްރާހިމް މަހުދީ، ފޭދޫ އިއްބެއެވެ. މާޒިޔާއިން މޮޅު ކުޅުމެއް ދެއްކި މި މެޗްގައި އެޓީމްގެ ދެވަނަ ލަނޑު ޖަހައިދިނީ ސާބިއާގެ ނެމަންޏާ އެވެ. މާޒިޔާގެ ތިންވަނަ ލަނޑު ޖަހައިދިނީ ތޯމަސް ކުކޫއެވެ.

މި މެޗުން މާޒިޔާ މޮޅުވުމުން އެޓީމަށް ވަނީ ތާވަލްގެ ތިންވަނަ ލިިބިފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޒުވާން ޤައުމީޓީމް ތައިލެންޑަށް ފުރައިފި
05 Nov 2026 ކުޅިވަރު

ޒުވާން ޤައުމީޓީމް ތައިލެންޑަށް ފުރައިފި

މި މުބާރާތުގައި ރާއްޖެ ހިމެނެނީ ގްރޫޕް 'ބީ' ގައެވެ. މި ގްރޫޕުގައި ރާއްޖެއާއެކު ދެން ހިމެނެނީ މުބާރާތް ބާއްވާ ޤައުމު ކަމަށްވާ ތައިލެންޑުގެ އިތުރުން އިރާޤާއި، ހޮންގްކޮންގް އަދި ޗައިނީޒް ތައިޕޭއެވެ

ސާފް ޗެމްޕިއަންޝިޕަށް ރާއްޖޭގެ ޤައުމީ ޓީމް ބަންގްލަދޭޝްއަށް ފުރައިފި
04 Nov 2026 ކުޅިވަރު

ސާފް ޗެމްޕިއަންޝިޕަށް ރާއްޖޭގެ ޤައުމީ ޓީމް ބަންގްލަދޭޝްއަށް ފުރައިފި

ރާއްޖެ ކުޅޭ ފުރަތަމަ މެޗް އޮންނާނީ މިމަހުގެ 8 ވަނަ ދުވަހުއެވެ. އެމެޗްގައި ރާއްޖެ ނިކުންނާނީ ޕާކިސްތާނާ ދެކޮޅަށެވެ. އެއށްފަހު ދެން ރާއްޖެ ނިކުންނާނީ އިންޑިއާ އާ ދެކޮޅަށެވެ. މިއަދު ފުރި ޤައުމީޓީމްގެ ސްކޮޑްގައި ހިމެނެނީ 24 ކުޅުންތެރިންނެވެ.

ފަލަސްތީނުން މިފަހަރުވެސް ރާއްޖެ ބަލިކޮށްފި
31 Oct 2026 ކުޅިވަރު

ފަލަސްތީނުން މިފަހަރުވެސް ރާއްޖެ ބަލިކޮށްފި

މީގެ ކުރިންވެސް ކުރި ކޭމްޕް ދަތުރުގައިވެސް ފަލަސްތީނުން ވަނީ ރާއްޖެއާ ދެކޮޅަށް މެޗެއް ކުޅެފައެވެ. އެމެޗް ފަލަސްތީނުން ކާމިޔާބުކުރީ 6-0 ގެ ނަތީޖާއިންނެވެ.

ފަލަސްތީނު ފުޓްބޯޅަ ޓީމަށް ކ.ގުރައިދޫން ހޫނު މަރުހަބާއެއް
27 Oct 2026 ކުޅިވަރު

ފަލަސްތީނު ފުޓްބޯޅަ ޓީމަށް ކ.ގުރައިދޫން ހޫނު މަރުހަބާއެއް

ފަލަސްތީނުގެ ޓީމްގެ މި ދަތުރުގެ ތެރެއިން ރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ޓީމާ ދެކޮޅަށް އެކުވެރިކަމުގެ ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މި މެޗުތައް އޮންނާނީ މި މަހުގެ 30 ވަނަ ދުވަހާއި، އަންނަ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހު މާލޭގެ ގައުމީ ފުޓްބޯޅަ ދަނޑުގައެވެ.

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީޓީމް ރާއްޖޭގައި ކޭމްޕް ކުރަނީ
24 Oct 2026 ކުޅިވަރު

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީޓީމް ރާއްޖޭގައި ކޭމްޕް ކުރަނީ

މި ތަމްރީނު ކޭމްޕްގައި ފަލަސްތީނު ޓީމު ގާއިމުވެ ތިބުމަށް ހަމަޖެހިފައިވަނީ ކ. ގުރައިދޫގައެވެ.

ފީފާ ފެސްޓިވަލްގައި ޒުވާން ޓީމް މިއަދު ނިކުންނާނީ ދެކުނު އެފްރިކާ އާ ދެކޮޅަށްެ
24 Oct 2026 ކުޅިވަރު

ފީފާ ފެސްޓިވަލްގައި ޒުވާން ޓީމް މިއަދު ނިކުންނާނީ ދެކުނު އެފްރިކާ އާ ދެކޮޅަށްެ

މިއީ މި ފެސްޓިވަލްގައި ރާއްޖެ ވާދަކުރާ ފުރަތަމަ މެޗެވެ. މި ފެސްޓިވަލްގައި ދެކުނު އެފްރިކާގެ އިތުރުން ރާއްޖެ ހިމެނޭ ގްރޫޕްގައި ވަރުގަދަ ޓީމްތައް ހިމެނެއެވެ. އޭގެ ތެރޭގައި ފްރާންސް، އެސްޓޯނިއާ އަދި ކޮސޯވޯ ހިމެނެއެވެ.