ފީފާ ފެސްޓިވަލްގައި ޒުވާން ޓީމް މިއަދު ނިކުންނާނީ ދެކުނު އެފްރިކާ އާ ދެކޮޅަށްެ
އަޒަރުބައިޖާންގައި މިހާރު ކުރިއަށްދާ ފީފާ 15 އަހަރުން ދަށުގެ ވަރލްޑްކަޕް އެންޑް ފެސްޓިވަލްގެ ގްރޫޕް ސްޓޭޖުގައި ދިވެހިރާއްޖެ މިއަދު ދެކުނު އެފްރިކާ އާ ދެކޮޅަށް ނިކުންނާނެއެވެ.
މިއީ މި ފެސްޓިވަލްގައި ރާއްޖެ ވާދަކުރާ ފުރަތަމަ މެޗެވެ. މި ފެސްޓިވަލްގައި ދެކުނު އެފްރިކާގެ އިތުރުން ރާއްޖެ ހިމެނޭ ގްރޫޕްގައި ވަރުގަދަ ޓީމްތައް ހިމެނެއެވެ. އޭގެ ތެރޭގައި ފްރާންސް، އެސްޓޯނިއާ އަދި ކޮސޯވޯ ހިމެނެއެވެ.
މި މުބާރާތަކީ ފީފާގެ މެމްބަރު ގައުމުތަކަށް ދައުވަތު ދީގެން ބައްވާ މުބާރާތެކެވެ. މިދިޔަ ބްރާސްފަތިދުވަހު ފެށި މި މުބާރާތް މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް، ކުރިއަށްދާނެއެވެ.
މި މުބާރާތުގެ ކުޅުމުގެ ގަވާއިދު، އާންމު ފުޓްބޯޅަ މެޗުތަކާ ތަފާތެވެ. ކޮންމެ ޓީމަކުން ދަނޑުމަތީގައި ތިބޭނީ 8 ކުޅުންތެރިންނެވެ. ކޮންމެ މެޗެއްގައި ކުޅޭނީ 20 މިނެޓުގެ ދެ ހާފެވެ. އެހެންކަމުން، ކޮންމެ މެޗެއްގެ ޖުމްލަ ކުޅޭ ވަގުތަކީ 40 މިނެޓެވެ. ހާފްޓައިމް ބްރޭކަށް ލިބޭނީ 5 މިނެޓެވެ. ކޮންމެ ގައުމެއްގެ ސްކޮޑުގައި ތިބޭނީ ޖުމްލަ 15 ކުޅުންތެރިންނެވެ.
ރާއްޖޭގެ ޒުވާން ކުޅުންތެރިންނަށް ދުނިޔޭގެ ފެންވަރުގެ ގައުމުތަކާ ވާދަކުރުމުގެ ފުރުސަތު ލިބިގެންދިޔަ މި މުބާރާތަކީ، ދިވެހި ފުޓްބޯޅައިގެ ކުރިމަގަށް ވަރަށް މުހިންމު ތަޖުރިބާއެއް ހޯދޭނެ ފުރުސަތެއްކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް