އަލްޖަޒީރާ-
އަލްޖަޒީރާ-
ދުނިޔެ 16 Oct 2026 | 07:30

އިސްރާއީލުގެ އެޑް-ޓެކް ކުންފުންޏަކުން އަލްޖަޒީރާގެ ޑިވައިސްތަކަށް ޖާސޫސީ ސޮފްޓްވެއާއެއް އަޅަން އެހީވެދިންކަން ހާމަވެއްޖެ

އިސްރާއީލުގެ އިޝްތިހާރު ޓެކްނޮލޮޖީ ކުންފުންޏެއް ކަމަށްވާ "ޑިސްކަވާ-ޓެކް" އިން އަލްޖަޒީރާ މީޑިއާ ނެޓްވޯކާއި އެހެނިހެން ކުންފުނިތަކުގެ ގިނަ އަދަދެއްގެ ޑިވައިސްތަކަށް ޖާސޫސީ ސޮފްޓްވެއާ (ސްޕައިވެއާ) އެޅުމުގައި އެހީތެރިވެދީފައިވާކަން ހާމަވެއްޖެއެވެ.

މިކަމާ ގުޅިގެން އަލްޖަޒީރާއިން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނީ، އެ ކުންފުނީގެ މުވައްޒަފުންނަށް އަމާޒުކޮށް ދިން މި ސައިބާ ހަމަލާތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި ނޫސްވެރިންނަށް މިފަދަ ހަމަލާތައް ދިނުމަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް އަރައިގަތުން ކަމަށް ސިފަކޮށް، މި އަމަލު ހިންގި ފަރާތްތައް ޒިންމާދާރުކުރުވުމަށް އެ ނެޓްވޯކުން ވަނީ ގޮވާލާފައެވެ. މީގެއިތުރުން، އެ ކުންފުނީގެ މުވައްޒަފުންނާއި ނިޒާމުތައް ރައްކާތެރިކުރުމުގައި ދެމިތިބޭނެ ކަމުގެ ޔަގީންކަން ވެސް އަލްޖަޒީރާއިން ވަނީ ދީފައެވެ.

ކެނެޑާގެ ޔުނިވާސިޓީ އޮފް ޓޮރޮންޓޯގެ ސައިބާ ސެކިއުރިޓީ ދިރާސާކުރާ ޔުނިޓެއް ކަމަށްވާ "ސިޓިޒަން ލެބް" އިން ހެދި ތަހުގީގުން ދައްކާ ގޮތުގައި، މި ހަމަލާގައި ބޭނުންކޮށްފައިވަނީ އިސްރާއީލުގެ ކެންޑިރޫ (Candiru) ކުންފުނީގެ ޖާސޫސީ ސޮފްޓްވެއާއެކެވެ. މިއީ އެ ކުންފުނީގެ ނުރައްކާތެރި ސައިބާ ހަރަކާތްތަކާ ގުޅިގެން 2021 ވަނަ އަހަރު އެމެރިކާ ސަރުކާރުން ބްލެކްލިސްޓް ކޮށްފައިވާ ކުންފުންޏެކެވެ. މި ފަހަރު ސްޕައިވެއާ އަޅުވާފައިވަނީ ޑިވައިސްތަކަށް ޝައްކު ނުވާ ގޮތަށް އަމާޒުކޮށްގެން ފޮނުވާ އިޝްތިހާރުތައް މެދުވެރިކޮށް، "ޒީރޯ-ކްލިކް" ޓެކްނޮލޮޖީ ބޭނުންކޮށްގެންނެވެ.

މި ޓެކްނޮލޮޖީގެ ސަބަބުން، އިޝްތިހާރު ފެންނަ ވަގުތުން ފެށިގެން އެއްވެސް ލިންކަކަށް ފިތާނުލި ކަމުގައި ވިޔަސް ޑިވައިސް އިންފެކްޓްވެއެވެ. އަދި އޭގެ ފަހުން ޑިވައިސްގައި ހުންނަ ހުރިހާ މައުލޫމާތެއް ޖާސޫސުކުރާ ފަރާތްތަކަށް ލިބެމުންދެއެވެ. މި ނުރައްކާތެރި ސޮފްޓްވެއާ ފަރުމާކޮށްފައިވަނީ ފައިލްތަކާއި، ޑޮކިއުމަންޓްތަކާއި، ބްރައުޒާގެ ޑޭޓާ އާއި ޕާސްވޯޑްތައް ފަދަ ނާޒުކު މައުލޫމާތު ވަގަށް ނެގުމަށެވެ. މީގެއިތުރުން ސްކްރީންޝޮޓް ނެގުމާއި، ކީބޯޑުން ލިޔާ އެއްޗެހި ރެކޯޑުކުރުމާއި، މައިކްރޯފޯނާއި ވެބްކެމް މެދުވެރިކޮށް އަޑާއި މަންޒަރު ރެކޯޑުކޮށް، މެސެޖިން އެޕްތަކުން މެސެޖުތައް ނެގުމުގެ ގާބިލުކަން ވެސް މި ސޮފްޓްވެއާއަށް ލިބިފައިވެއެވެ.

ސެކިއުރިޓީ ސިސްޓަމްތަކަށް ފަޅާއެރުމެއް ނެތި މި ހުރިހާ މައުލޫމާތެއް ފޮނުވަނީ އެންކްރިޕްޓްކޮށް، ވަކިވަކި ބައިތަކަށް ބަހާލައިގެންނެވެ. މިފަދަ ޒަމާނީ ސޮފްޓްވެއާއެއް އުފައްދައި ބޭނުންކުރުމަށް އެތައް މިލިއަން ޑޮލަރެއް ޚަރަދުވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ސިޓިޒަން ލެބްގެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، އިސްރާއީލުގެ ޑިސްކަވާ-ޓެކް އިން ވަނީ މި ސްޕައިވެއާ ހިމެނޭ އިޝްތިހާރުތައް ގަނެ، އެ އިޝްތިހާރުތައް މެދުވެރިކޮށް ޑިވައިސްތައް ކެންޑިރޫގެ މެލްވެއާއަށް ޑައިރެކްޓް ކުރުވާފައެވެ. މި ހަމަލާ އަމާޒުވި ފަރާތްތަކުގެ ތެރޭގައި ހައްސާސީ މައުޟޫއުތަކަށް ރިޕޯޓުކުރާ އަލްޖަޒީރާގެ މަޝްހޫރު ނޫސްވެރިން ވެސް ހިމެނެއެވެ.

މި މައްސަލަ އެންމެ ފުރަތަމަ ފާހަގަކުރެވުނީ 2024 ވަނަ އަހަރު އަލްޖަޒީރާގެ ޓެކްނިކަލް ޓީމަށެވެ. އަދި 2025 އާ ހަމައަށް ވެސް މި އާދަޔާ ޚިލާފު ކަންތައްތައް ފެންނަމުން ދިއުމުން، އެކަން އިތުރަށް ތަހުގީގު ކުރުމަށް ސިޓިޒަން ލެބްގެ އެހީތެރިކަމަށް އެދުނީއެވެ. ސިޓިޒަން ލެބުން ވަނީ އަލްޖަޒީރާގެ ނެޓްވޯކް ލޮގްތައް ދިރާސާކުރުމަށްފަހު، މި ހަމަލާ ދީފައިވާ ގޮތުގެ ފުރިހަމަ ހެކި ހޯދާފައެވެ.

މީގެއިތުރުން، އެމެރިކާގެ ކޮންފިއަންޓް ކުންފުނިން ނެރުނު ވަކި ރިޕޯޓެއްގައި ބުނެފައިވަނީ، ޑިސްކަވާ-ޓެކްގެ މިފަދަ އިޝްތިހާރުތައް އެމެރިކާގެ ޕެންޓަގަން، އދ. ގެ އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އޭޖެންސީ (އައިއޭއީއޭ) އަދި ބައިނަލްއަގުވާމީ ޖިނާއީ ކޯޓު (އައިސީސީ) ފަދަ މުހިންމު އިދާރާތަކުގެ ނެޓްވޯކްތަކުން ވެސް ފެނިފައިވާ ކަމަށެވެ. މީގެ ކުރިން ވެސް ކެންޑިރޫގެ ސްޕައިވެއާ ބޭނުންކޮށްގެން ދުނިޔޭގެ އެކި ގައުމުތަކުގެ 100 އަށް ވުރެ ގިނަ ނޫސްވެރިންނާއި އިދިކޮޅު ފަރާތްތަކަށް ޖާސޫސުކޮށްފައިވާކަން ވަނީ ހާމަވެފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މަރުގެ އަދަބާ ދެކޮޅުހަދާ އެމެރިކާގައި މީހަކަށް މަރުގެ އަދަބު ދޭތަން ލައިވްކުރަން ނިންމައިފި؛ ޓްރަމްޕްވެސް ރުހުންދިން
16 Oct 2026 ދުނިޔެ

މަރުގެ އަދަބާ ދެކޮޅުހަދާ އެމެރިކާގައި މީހަކަށް މަރުގެ އަދަބު ދޭތަން ލައިވްކުރަން ނިންމައިފި؛ ޓްރަމްޕްވެސް ރުހުންދިން

އެމެރިކާގެ އަސްކަރީ މަރުކަޒެއްގައި ބަޑީގެ ހަމަލާތަކެއް ދީ ސިފައިންތަކެއް މަރާލި މީހަކަށް، ބަޑިޖަހައިގެން މަރުގެ އަދަބު ދޭ މަންޒަރު ވަގުތުން ދެއްކުމަށް، ލައިވްކުރުމަށް އެ ގައުމުގެ ސަރުކާރުން ނިންމައިފިއެވެ.

ޓެސްލާއިން ”އުދުހޭ ކާރެއް“ ދައްކާލައިފި
16 Oct 2026 ދުނިޔެ

ޓެސްލާއިން ”އުދުހޭ ކާރެއް“ ދައްކާލައިފި

މީގެ ކުރިން ހަމައެކަނި ސައިންސް ފިކްޝަން ފިލްމުތަކުންނާއި ކާޓޫނުތަކުން ފެންނަ ފަދަ އުދުހޭ ކާރެއް، ޓެސްލާ ކުންފުނީގެ ސީއީއޯ އީލޮން މަސްކް ބުރާސްފަތި ދުވަހު ދައްކާލައިފިއެވެ.

ކެނެޑާގެ ޚާރިޖީ ވަޒީރު އިންޑިއާގައި
15 Oct 2026 ދުނިޔެ

ކެނެޑާގެ ޚާރިޖީ ވަޒީރު އިންޑިއާގައި

އެމެރިކާ އާއި ކެނެޑާއާއި ދެމެދު އޮތް ޒަމާންވީ ގުޅުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރްމްޕްގެ ސިޔާސަތުތަކާއެކު ގޯސްވެފައިވާ މި ދަނޑިވަޅުގައި ކެނެޑާއިން އަންނަނީ އެހެން ގައުމުތަކާއެކު އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްތަކެއް ކުރަމުންނެވެ.

އިންޑޮނީޝިއާއިން ވައި ސާފުކުރުމަށް ޑްރައި އައިސް ބޭނުންކުރަނީ
15 Oct 2026 ދުނިޔެ

އިންޑޮނީޝިއާއިން ވައި ސާފުކުރުމަށް ޑްރައި އައިސް ބޭނުންކުރަނީ

ދިހަ އަހަރު ތެރޭ ކުރިމަތިވި އެންމެ ނުރައްކާތެރި ޖަންގަލީގެ އަލިފާނާ އެ ގައުމުން ހަނގުރާމަކުރަމުންދަނީ، އާދަޔާ ހިލާފަށް ވަރުގަދަ އެލް ނީނިއޯގެ ސަބަބުން ހިކި މޫސުމުގެ ހާލަތު ގޯސްވެ، އަލިފާން ނިއްވުން ދަތިވެފައި އޮތް ދަނޑިވަޅެއްގައެވެ. ވައިގެ ނުރައްކާ ކުޑަކުރުމަށް އިންޑޮނީޝިއާއާއި އަވައްޓެރި މެލޭޝިއާއިން ވެސް ކްލައުޑް ސީޑިން ފަދަ މޫސުން ބަދަލުކުރުމުގެ އެކި އުކުޅުތައް ބޭނުންކުރަމުން ގެންދެއެވެ. ކްލައުޑް ސީޑިންގައި ވިލާގަނޑުގެ ތެރޭގައި ފެން ގަނޑުވާ މިންވަރު އަވަސްކުރުމަށް ސިލްވާ އޮޔޮޑައިޑް ފަދަ މާއްދާތައް ވިލާ ތެރެއަށް ބުރުވައިލައެވެ. މި ބާވަތުގެ އޮޕަރޭޝަންތައް ހަފުތާތަކެއް ވަންދެން ކުރިއަށް ގެންގޮސްފައިވެއެވެ.

ޗައިނާ އާއި އުތުރު ކޮރެއާ ގުޅުވައިދޭ އާ ބްރިޖެއް ހުޅުވައިފި
15 Oct 2026 ދުނިޔެ

ޗައިނާ އާއި އުތުރު ކޮރެއާ ގުޅުވައިދޭ އާ ބްރިޖެއް ހުޅުވައިފި

ޗައިނާގެ ބޯޑަރު ސިޓީ ޑެންޑޮންގް އިން ފެށިގެން އުތުރު ކޮރެއާގެ ސިނޫއީޖޫ އާ ހަމައަށް ދެމިގެންދާ މި ބްރިޖު "ނިއު ޔާލޫ ރިވާ ބްރިޖް" ފުރަތަމަ ހުޅުވުމަށް ތާވަލުކޮށްފައި އޮތީ 2014 ވަނަ އަހަރަށެވެ.